އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ
އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ
ވިޔަފާރި 25 Sep 2022 | 05:43

އެމްޕީއެލް ފްލެޓްތަކަށް ފައިސާ ދައްކަން ލުއި ގޮތްތަކެއް ހަމަޖައްސައިދީފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ ފުލެޓްތަކަށް ފައިސާ ދެއްކުމަށް ލުއި ގޮތްތަކެއް ހަމަޖައްސާފައިވާ ކަމަށް އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.

އެމްޕީއެލްގެ 36 ވަނަ އަހަރީ ދުވަހުގެ ޚާއްސަ ޖަލްސާގައި އެމްޕީއެލް ފްލެޓާއި ގުޅިގެން ވާހަކަ ދައްކަމުން ޝާހިދު ވިދާޅުވީ، އެ ކުންފުނީގެ މުވައްޒަފުންނަށް ފްލެޓް ފައިސާ ދެއްކުމަށް ގިނަ ގޮތްތަކެއް ހަމަޖައްސާފައިވާ ކަމަށެވެ.

އެގޮތުން ކުރިން އެއްފަހަރާ ފައިސާ ދައްކަން އޮތް ނަމަވެސް އެ ގޮތް ބަދަލުކޮށް 20 އަހަރަށް ބަހާލައިގެން ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ. ޝާހިދު ވިދާޅުވީ، ފްލެޓްތަކުގެ ޑައުން ޕޭމަންޓް ދެއްކުމަށްވެސް ލުއި ގޮތްތަކެއް ހަމަޖައްސާފައިވާ ކަމަށެވެ.

"މެއިންޓެނަންސް ފީ ކުޑަކުރުމާއެކު ބުކިން ފީއަކީ ޑައުންޕޭމަންޓްގެ ބައެއްގެ ގޮތުގައި މިހާރު މިވަނީ ހެދިފަ. ކުންފުނީގެ މާލީ ގާބިލުކަމަށް ރިއާޔަތްކޮށް އަދި ކުރިއަށް އޮތްނުގައިވެސް ދެވެން އޮތް ލުއިތަކެއް ދިނުމަށް މަސައްކަތްކުރާނެ ކަމުގެ ވާހަކަދަންނަވަން," ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، އެކުންފުނީގެ ފްލެޓްތައް އަންނަ އަހަރުގެ ކުރީކޮޅު ނިންމާލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މޯލްޑިވިއަންއިން ލަގްޒަރީ ދަތުރުތައް ފަށަނީ؛ "ކިންގް އެއާ 360" ގެ ބޯޓެއް ގެނެސްފި
02 Nov 2026 ވިޔަފާރި

މޯލްޑިވިއަންއިން ލަގްޒަރީ ދަތުރުތައް ފަށަނީ؛ "ކިންގް އެއާ 360" ގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އިން ބުނީ 8 ފަސިންޖަރުން އުފުލޭ މި ބޯޓަކީ ލަގްޒަރީ ދަތުރުތަކަށް ހާއްސަ ބޯޓެއް ކަމަށެވެ.

މިދިޔަ ހަފުތާގައި އެމްޕީއެލްއިން 41 ހާހަށްވުރެ ގިނަ ފްރައިޓް ޓަނުގެ މުދާ ކްލިއާކޮށްފި
02 Nov 2026 ހަބަރު

މިދިޔަ ހަފުތާގައި އެމްޕީއެލްއިން 41 ހާހަށްވުރެ ގިނަ ފްރައިޓް ޓަނުގެ މުދާ ކްލިއާކޮށްފި

އެމްޕީއެލް އިން އާންމުކޮށްފައިވާ މިދިޔަ އޮކްޓޫބަރު މަހުގެ ފަހު ހަފުތާގެ ތަފާސްހިސާބުތައް ދައްކާގޮތުން، އެ މުއްދަތުގެ ތެރޭގައި ޖުމުލަ 1،958 ކޮންޓެއިނަރު ވަނީ ކްލިއާ ކޮށްފައެވެ. މީގެ ތެރޭގައި ކޮންޓެއިނަރު އުފުލާ ބޯޓުފަހަރުން ގެނައި 1،472 ކޮންޓެއިނަރާއި، އާންމު މުދާ އުފުލާ ބޯޓުފަހަރުން ގެނައި 486 ކޮންސައިންމަންޓް ހިމެނެއެވެ.

އެމް.އެސް.އެމް.އީތަކަށް ޕޯސްޓްގެ ވިއުގަ މެދުވެރިކޮށް ބާޒާރު ފަހިކޮށްދިނުމުގެ ދިރާސީ މަސައްކަތްތަކެއް ފަށައިފި
01 Nov 2026 ހަބަރު

އެމް.އެސް.އެމް.އީތަކަށް ޕޯސްޓްގެ ވިއުގަ މެދުވެރިކޮށް ބާޒާރު ފަހިކޮށްދިނުމުގެ ދިރާސީ މަސައްކަތްތަކެއް ފަށައިފި

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް (އެމް.އެސް.އެމް.އީ) ޕޯސްޓަލް ވިއުގައިގެ ތެރެއިން އައު ބާޒާރުތައް ހޯދައިދިނުމަށާއި، ޑިޖިޓަލް ފައިނޭންސިންގެ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކުރިއަށްގެންދާ ދިރާސީ މަސައްކަތްތަކެއް މޯލްޑިވްސް ޕޯސްޓް ލިމިޓެޑާއި ބައިނަލްއަޤުވާމީ އިދާރާތައް ގުޅިގެން މިއަދު ފަށައިފިއެވެ.

މިއަހަރު ކްރޫޒް ލައިނާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެ
28 Oct 2026 ހަބަރު

މިއަހަރު ކްރޫޒް ލައިނާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެ

މި ބޯޓު މާލެއަށް ކުރި ފުރަތަމަ ދަތުރާއެކު، އެމްޕީއެލް އިން ވަނީ ބޯޓަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ.

ފުލް ކޮންޓެއިނަރު ކާގޯ ކްލިއަރެންސްގެ ޚިދުމަތް ތިލަފުށީގައި ފަށައިފި
27 Oct 2026 ހަބަރު

ފުލް ކޮންޓެއިނަރު ކާގޯ ކްލިއަރެންސްގެ ޚިދުމަތް ތިލަފުށީގައި ފަށައިފި

ތިލަފުށީގައި މި ޚިދުމަތް ފަށާފައިވަނީ އެމްޓީސީސީއާ ހަވާލުކޮށްގެން ހަދާފައިވާ 100 މީޓަރުގެ ކީ ވޯލްގެ ސަރަހައްދުގައެވެ

ބަރުމަރުކާ ނެތް އުޅަނދުތައް ޓީ-ޖެޓީއަށް ނުވަދެވޭގޮތް ހަދަނީ
14 Oct 2026 ހަބަރު

ބަރުމަރުކާ ނެތް އުޅަނދުތައް ޓީ-ޖެޓީއަށް ނުވަދެވޭގޮތް ހަދަނީ

އެމްޕީއެލުން ވަނީ އުޅަނދުތަކުގެ މުއްދަތު ހަމަވެފައިވާ ސެޓްފިކެޓްތައް އައުކުރުމަށާއި، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އުޅަނދުގައި ނިޝާން ޖެހުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް، އުޅަނދުފަހަރުގެ ވެރިންނަށާއި ކެޕްޓަނުންނަށް އިލްތިމާސްކޮށްފައެވެ.

އެމްޕީއެލުން އިންތިޒާމްކުރާ "މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް 2026" ފަށައިފި
05 Oct 2026 ހަބަރު

އެމްޕީއެލުން އިންތިޒާމްކުރާ "މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް 2026" ފަށައިފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) އިން އިންތިޒާމު ކުރާ "މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް 2026"  މިއަދު ފަށައިފިއެވެ. ވިލާ ނޯޓިކާގައި އެއް ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މޯލްޑިވްސް މެރިޓައި...