ފެނުނު ކަތުރު ކަށިގަނޑު- ފޮޓޯ/ ހުސައިން ޝާހު
ފެނުނު ކަތުރު ކަށިގަނޑު- ފޮޓޯ/ ހުސައިން ޝާހު
ހަބަރު 25 Oct 2026 | 06:02

ތ. އަތޮޅުގެ ފަޅުރަށެއްގެ ގޮނޑުދޮށުން ”އިންސާނެއްގެ ކަތުރު ކަށިގަނޑެއް“ ފެނިއްޖެ

ތ. އަތޮޅު ފަޅުރަށެއް ކަމަށްވާ ކަނޑުފުށީގެ ގޮނޑުދޮށަށް ލައްގާފައި އޮތް ކަތުރު ކަށިގަނޑެއް ފެނިއްޖެއެވެ.

މި ތަކެތި ފެނުނު މީހަކު ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، ކަނޑުފުށީ ގޮނޑުދޮށުން ރާޅު އަރާ ހިސާބުގައި އޮއްވައި އިއްޔެ ފެނުނީ އިންސާނެއްގެ ދަތްޕިލަ ނުވަތަ ކަތުރު ކަށިގަނޑެއް ކަމަށެވެ.

އަދި މި މައުލޫމާތު ފުލުހުންނަށް ހިއްސާކުރުމުން، ފުލުހުން އެ ރަށަށް ގޮސް މިހާރު އެ ކަށިގަނޑު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، ދަތުރު ގޮސް އުޅުނު ބަޔަކަށް ކަނޑުފުށިން ކަށިގަނޑެއް ކަމަށް ބެލެވޭ އެއްޗެއް ފެނިގެން ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

ނަމަވެސް، މިހާތަނަށް ބެލިބެލުމުން އެއީ އިންސާނެއްގެ ނުވަތަ ޖަނަވާރެއްގެ ކަށިގަނޑެއްކަން އަދި ކަށަވަރު ކުރެވިފައި ނުވާ ކަމަށާއި، މި މައްސަލައާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.

ތ. އަތޮޅުން އެންމެ ފަހުން ގެއްލިގެން ރިޕޯޓްކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ތ. އަތޮޅާއި ލ. އަތޮޅުގެ ރަށްތަކަށް މުދާ އުފުލާ "ހޮޅުދޫ ބޯޓު" ގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އެ ދޯނިން މޫދަށް ފުންމާލި އަލީ މުޝްފިގު މުހައްމަދެވެ. މުޝްފިގު ހޯދުމަށް ސިފައިން ވަނީ ކަނޑުގެ ބޮޑު ސަރަހައްދެއް ބަލައި ފާސްކޮށްފައެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އޭނާގެ އެއްވެސް ޚަބަރެއް ވެފައެއް ނުވެއެވެ.

ފަޅުރަށެއްގެ ގޮނޑުދޮށުން މި ފެނުނު ކަތުރު ކަށިގަނޑަކީ ގެއްލިގެން ހޯދަމުންދާ މުޝްފިގާ އެއްވެސް ގުޅުމެއް އޮތް އެއްޗެއް ކަމެއް އަދި ސާފެއް ނުވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފުނަދޫ އަލިފާނުގެ ހާދިސާ: އެއް ގެއެއް ވަރަށް ބޮޑަށް އަނދައި ބޮޑެތި ގެއްލުންތަކެއް؛ ދުމުގެ އަސަރު ކުރި މީހުންނަށް ފަރުވާދެނީ
25 Oct 2026 ހަބަރު

ފުނަދޫ އަލިފާނުގެ ހާދިސާ: އެއް ގެއެއް ވަރަށް ބޮޑަށް އަނދައި ބޮޑެތި ގެއްލުންތަކެއް؛ ދުމުގެ އަސަރު ކުރި މީހުންނަށް ފަރުވާދެނީ

އެންޑީއެމްއޭއިން އިތުރަށް ބުނީ ހާދިސާ ހިނގި ސަރަޙައްދުން އަދިވެސް އެއްޗެހި ގޮވާ އަޑު އިވެމުންދާތީ، ސަލާމަތީ ފިޔަވަޅެއްގެ ގޮތުން އެ ސަރަޙައްދުގައި ހުރި ގޭގޭގެ މީހުން މިހާރު ވަނީ ރައްކާތެރި އެހެން ގެތަކަށް ވަގުތީ ގޮތުން ބަދަލުކޮށްފައި ކަމަށެވެ.

އުފެއްދުންތެރިކަމުގެ މައުރަޒުގައި ސަރުކާރު ކުންފުނިތަކުގެ އެއްވަނަ އެޗްޑީސީއަށް
25 Oct 2026 ހަބަރު

އުފެއްދުންތެރިކަމުގެ މައުރަޒުގައި ސަރުކާރު ކުންފުނިތަކުގެ އެއްވަނަ އެޗްޑީސީއަށް

ގައުމީ އުފެއްދުންތެރިކަމުގެ އެވޯޑުގައި 30 އަށްވުރެ ގިނަ ސަރުކާރު ކުންފުނިތަކާ ވާދަކޮށް އެޗްޑީސީން އެއްވަނަ ހޯދައިފިއެވެ. މި ފަހަރު ޖުމްލަ 298 އެވޯޑު ދީފައިވެއެވެ.

ފުނަދޫ ޕެޓްރޯލް ޝެޑްގައި އަލިފާން ރޯވުން: އަލިފާންގަނޑު ކޮންޓްރޯލް ނުވެ، 4 ގެއަކާއި 5 ގަރާޖަކަށް އަސަރުކޮށްފި
25 Oct 2026 ހަބަރު

ފުނަދޫ ޕެޓްރޯލް ޝެޑްގައި އަލިފާން ރޯވުން: އަލިފާންގަނޑު ކޮންޓްރޯލް ނުވެ، 4 ގެއަކާއި 5 ގަރާޖަކަށް އަސަރުކޮށްފި

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ )އެންޑީއެމްއޭ( އިން މަޢުލޫމާތު ދިން ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު ގާތްގަނޑަކަށް 8:00 ހާއިރު އެވެ. އަދި މިހާތަނަށް އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައި ނުވާއިރު، އެ ސަރަޙައްދުގައި ހުރި 4 ގެއަކަށާއި 5 ވޯކްޝޮޕް/ގަރާޖަކަށް ވަނީ އަލިފާނުގެ އަސަރު ފޯރާފައެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ސަރަޙައްދުގެ ގެތަކުގައި ދިރިއުޅޭ މީހުން މިހާރު ވަނީ އެ ސަރަޙައްދުން ހުސްކޮށްފައެވެ.

ށ. ފުނަދޫ ޕެޓްރޯލް ޝެޑްގައި ރޯވެ އަނދަނީ
25 Oct 2026 ހަބަރު

ށ. ފުނަދޫ ޕެޓްރޯލް ޝެޑްގައި ރޯވެ އަނދަނީ

އެތަނުގައި ރޯވި ސަބަބެއް އަދި ނޭނގޭއިރު، އަލިފާން ރޯވުމުގެ ސަބަބުން ރަށު ތެރެއަށް ދުންގަނޑު ވަނީ ފެތުރިފައެވެ.

ކުދި ވިޔަފާރިތަކަށް ބީއެމްއެލް މެދުވެރިކޮށް ޑޮލަރު ލިބުމާއި، ސަބްސްކްރިޕްޝަން ދެއްކުން އަންނަ މަހުން ފެށިގެން ފަހިވާނެ: ރައީސް
25 Oct 2026 ހަބަރު

ކުދި ވިޔަފާރިތަކަށް ބީއެމްއެލް މެދުވެރިކޮށް ޑޮލަރު ލިބުމާއި، ސަބްސްކްރިޕްޝަން ދެއްކުން އަންނަ މަހުން ފެށިގެން ފަހިވާނެ: ރައީސް

ރާއްޖޭގެ އުފެއްދުންތެރިންނާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭންކް އޮފް މޯލްޑިވްސް )ބީއެމްއެލް( ގެ ގޭޓްވޭ މެދުވެރިކޮށް، ދުނިޔޭގެ ކޮންމެ ތަނަކުން ވެސް ޔޫއެސް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު އަންނަ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހަމަޖެހިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ.

ޓެކުހާ ގުޅޭ މުއާމަލާތްތަކުގައި އެސްއެމްއީ ވިޔަފާރިތަކަށް ވަރަށް އަވަހަށް ލުއިތަކެއް ލިބިގެންދާނެ: ރައީސް ޑރ. މުއިއްޒު
24 Oct 2026 ހަބަރު

ޓެކުހާ ގުޅޭ މުއާމަލާތްތަކުގައި އެސްއެމްއީ ވިޔަފާރިތަކަށް ވަރަށް އަވަހަށް ލުއިތަކެއް ލިބިގެންދާނެ: ރައީސް ޑރ. މުއިއްޒު

އެންމެ މުހިންމު ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ، ސަރުކާރުގެ މަސައްކަތްތައް ނަގައިގެން ކުރިއަށްގެންދާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ސަރުކާރުން ދޭންޖެހޭ ފައިސާ ނުދެވި ލަސްވުމުގެ ސަބަބުން ޓެކްސް ދެއްކުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމެވެ.

މީގެ ކުރިން ދުވަހަކު ވެސް ނުބޭއްވޭ ވަރުގެ ފުރިހަމަ ބޮޑު މައުރަޒެއް މިފަހަރު ބޭއްވިގެންދާނެ: ސައީދު
24 Oct 2026 ހަބަރު

މީގެ ކުރިން ދުވަހަކު ވެސް ނުބޭއްވޭ ވަރުގެ ފުރިހަމަ ބޮޑު މައުރަޒެއް މިފަހަރު ބޭއްވިގެންދާނެ: ސައީދު

ނިސްޓަރު ސައީދު ވިދާޅުވީ، މާދަމާ ރޭ ހުޅުވިގެންދާ މި މައުރަޒު ވެގެންދާނީ މިދިޔަ އަހަރާއި އަދި އޭގެ ކުރިން ބޭއްވުނު މައުރަޒުތަކާ އަޅާބަލާއިރު، ހުރިހާ ގޮތަކުން ވެސް އުފެއްދުންތެރިކަން އިތުރު މައުރަޒަކަށް ކަމަށެވެ.

އދ. ވާންޖެހޭނީ ޤާނޫނުތަކަށް ތަބާވާ، އިތުބާރާއި ޒިންމާދާރު މުއައްސަސާއަކަށް: ރައީސް ޑރ.މުއިއްޒު
24 Oct 2026 ހަބަރު

އދ. ވާންޖެހޭނީ ޤާނޫނުތަކަށް ތަބާވާ، އިތުބާރާއި ޒިންމާދާރު މުއައްސަސާއަކަށް: ރައީސް ޑރ.މުއިއްޒު

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، އދ. ގެ އިތުބާރު ދެމިއޮތުމުގެ އަސްލަކީ ޤައުމުތަކުގެ މެދުގައި އޮންނަ އިތުބާރާއި ޒިންމާދާރުކަން ފާހަގަކުރައްވައި ވިދާޅުވީ، އެކަން ޙަޤީޤަތަކަށް ހެދޭނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ހަމަތަކަށް އެންމެހައި ޤައުމުތަކުން ތަބާވެ، މުޢާހަދާތައް ފުރިހަމައަށް ތަންފީޛުކުރެވިގެންކަމަށް ވިދާޅުވިއެވެ.