ހިޔާފްލެޓް ތަކުގެ ޓަވަރުތައް
ހިޔާފްލެޓް ތަކުގެ ޓަވަރުތައް
ވިޔަފާރި 26 Feb 2023 | 12:24

ހިޔާފްލްޓްތަކަށް ފޯރުކޮށްދޭ ޚިދްމަތް ރަނގަޅުކުރުމަށް ސާވޭ އެއް ކުރަނީ

ހިޔާފްލެޓް ތަކަށް ފޯރުކޮށްދެމުންދާ ޚިދްމަތް ރަނގަޅުކުރުމަށް ދެނެގަންނަން ޖެހޭ ކަންކަން ދެނެގަތުމަށް ސާވޭ އެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީ އިން ވިދާޅުވެއްޖެއެވެ.

މިކަން ހާމަކޮށް އެޗްޑީސީ އިން ނެރުއްވާފައިވާ އިއްލާނުގައި ވަނީ ހިޔާފްލެޓް ތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ތަރައްޤީކޮށް ފެންވަރު ރަނގަޅު ކުރުމަށްޓަކައި ހިޔފްލެޓްތަކުގައި އުޅޭ ރައްޔިތުންގެ ހިޔާލު ހޯދުމަށް ސާވޭ އެއް ކުރުމަށް ހަމަޖެހިފައި ވާކަމަށެވެ.

އަދި މިސާވޭ ކުރިއަށްދާނީ 27 ފެބްރުއަރީ އިން ފެށިގެން މާރޗް މަހުގެ 6 ވަނަ ދުވަހާއި ހަމައަށް ކަމަށް ވެސް އެޗްޑީސީ އިން ހާމަކޮށްފައިވެއެވެ. ސާވޭ އަށް މައުލޫމާތު އެއްކުރާނީ އެޕާޓްމެންޓް ތަކަށް ޒިޔާރަތް ކޮށް އޮންލައިން ފޯމެއް ފުރައިގެން ކަމަށް ވެސް އެކުންފުނިން ހާމަކޮށްފައިވެއެވެ.

އެޗްޑީސީ އިން ވިދާޅުވެފައިވަނީ މި ސާވޭގައި އާމްދަނީ، ޚަރަދު، ކޭޝް ކާޑު އަދި ބޭންކް އެކައުންޓް ފަދަ އެއްވެސް ކަމަކާއި ގުޅޭ މައުލޫމާތެއް ނުނަގާނެ ކަމަށެވެ. ސާވޭ އަށް ބޭނުންވާ އިތުރު މައުލޫމާތެއް ވާނަމަ އެ މައުލޫމާތެއް ސާފު ކުރަން ގުޅާނީ އެކުންފުނީގެ ރަސްމީ ނަންބަރަކުން ކަންވެސް އެ ކުންފުނިން ފާހަގަ ކޮށްފައިވެއެވެ.

އެޗްޑީސީ އިން ވިދާޅުވީ ސާވޭ ގެ މަސައްކަތުގައި އުޅޭ މުވައްޒަފުން ތިބޭނީ އެކުންފުނީގެ މުވައްޒަފުންކަން އެނގޭނެ ގޮތައް ކާޑު އަޅައިގެން ކަމަށާއި އެއްވެސް ސުވާލެއް ނުވަތަ މައްސަލައެއް އުޅޭނަމަ އެކުންފުނީގެ ކޯލްސެންޓަރ 1516 އަށް ގުޅުއްވައި ހިއްސާ ކުރެއްވުމަށް ވިދާޅުވެފައިވެއެވެ. އަދި މި ސާވޭ ކުރިއަށް ގެންދިޔުމަށް އެންމެހާ ފަރާތްތަކުން އެއްބާރުލުން ދެއްވުމަށްވެސް އެދިފައިވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ހުޅުމާލޭ ކެފޭއެއްގައި ގޭސްފުޅިއެއް ގޮވައި އަލިފާނުގެ ހާދިސާއެއް؛ 5 މީހަކަށް އަނިޔާވި
01 Nov 2026 ހަބަރު

ހުޅުމާލޭ ކެފޭއެއްގައި ގޭސްފުޅިއެއް ގޮވައި އަލިފާނުގެ ހާދިސާއެއް؛ 5 މީހަކަށް އަނިޔާވި

ހުޅުމާލެ ރުއްގަނޑު 1 ކައިރީގައި ހުންނަ ކެފޭއެއްގައި ގޭސްފުޅިއެއް ގޮވައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.

ހުޅުމާލޭ ފިހާރައެއްގެ ބިލްބޯޑަކުން ބަރަހަނާ މަންޒަރު ދެއްކި މައްސަލައެއް ފުލުހުން ބަލަނީ
29 Oct 2026 ހަބަރު

ހުޅުމާލޭ ފިހާރައެއްގެ ބިލްބޯޑަކުން ބަރަހަނާ މަންޒަރު ދެއްކި މައްސަލައެއް ފުލުހުން ބަލަނީ

ރޭގެ ވަގުތެއްގައި ހުޅުމާލޭގެ ވިނަރެސް 3 ގައި ހުންނަ ފިހާރައެއްގެ ބިލްބޯޑަކުން ބަރަހަނާ މަންޒަރު ފެންނަ ފޮޓޯއެއް ވަނީ ދައްކާފައެވެ.

އުފެއްދުންތެރިކަމުގެ މައުރަޒުގައި ސަރުކާރު ކުންފުނިތަކުގެ އެއްވަނަ އެޗްޑީސީއަށް
25 Oct 2026 ހަބަރު

އުފެއްދުންތެރިކަމުގެ މައުރަޒުގައި ސަރުކާރު ކުންފުނިތަކުގެ އެއްވަނަ އެޗްޑީސީއަށް

ގައުމީ އުފެއްދުންތެރިކަމުގެ އެވޯޑުގައި 30 އަށްވުރެ ގިނަ ސަރުކާރު ކުންފުނިތަކާ ވާދަކޮށް އެޗްޑީސީން އެއްވަނަ ހޯދައިފިއެވެ. މި ފަހަރު ޖުމްލަ 298 އެވޯޑު ދީފައިވެއެވެ.

އެފްޑީސީ ފްލެޓްތަކުގެ ކުލި ދައްކައިގެން އެއް މަހުގެ ކުލި ހިލޭ
24 Oct 2026 ހަބަރު

އެފްޑީސީ ފްލެޓްތަކުގެ ކުލި ދައްކައިގެން އެއް މަހުގެ ކުލި ހިލޭ

ފަހި ދިރިއުޅުން ކޯޕަރޭޝަން )އެފްޑީސީ( ގެ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ހާއްސަކޮށްގެން، ދިރާގުޕޭ މެދުވެރިކޮށް ކުލި ދައްކައިގެން އެއް މަސްދުވަހުގެ ކުލި މުޅިން ހިލޭ ލިބޭ ހާއްސަ ޕްރޮމޯޝަނެއް ދިރާގު ފިންޓެކްއިން ތައާރަފުކޮށްފިއެވެ.

ވަޅުތަކަށް ފެން އަރާތީ، ހުޅުމާލޭގައި މައްޔިތުން ވަޅުލުން ވަގުތީ ގޮތުން މެދުކަނޑާލައި
24 Oct 2026 ހަބަރު

ވަޅުތަކަށް ފެން އަރާތީ، ހުޅުމާލޭގައި މައްޔިތުން ވަޅުލުން ވަގުތީ ގޮތުން މެދުކަނޑާލައި

މާލެ ސިޓީ ކައުންސިލުން މިއަދު އާންމުކުރި ޕޯސްޓެއްގައިވާގޮތުން ހުޅުމާލޭ ސަހަރާގައި ވަޅު ކޮނުމުން ގާތްގަނޑަކަށް 8 އިންޗިއާއި 9 އިންޗިއާ ދެމެދުގެ މިންވަރަކަށް ފެން ހަރުލާފައި ހުރެއެވެ. އެހެންކަމުން، މި ދަނޑިވަޅުގައި މައްޔިތުން ވަޅުލުމުގެ އެންމެހައި އިންތިޒާމުތައް ކުރިއަށް ގެންދާނީ މާލޭ އާސަހަރާގައެވެ

ހައުސިން ޔުނިޓްތަކުގެ އުޅޭމީހުންގެ ފަރާތުން 6،000 އަށްވުރެ ގިނަ މައްސަލަތައް މިހާތަނަށް ހުށަހަޅާފައިވޭ: އެފްޑީސީ
22 Oct 2026 ހަބަރު

ހައުސިން ޔުނިޓްތަކުގެ އުޅޭމީހުންގެ ފަރާތުން 6،000 އަށްވުރެ ގިނަ މައްސަލަތައް މިހާތަނަށް ހުށަހަޅާފައިވޭ: އެފްޑީސީ

އެފްޑީސީން މިކަން ހާމަކޮށްފައިވަނީ، އެ ކުންފުނިން މިއަދު ސޯޝަލް މީޑިއާގައި ނެރުނު ތަފާސްހިސާބުތަކުންނެވެ.