މަހަށް ނުކުމެ އުޅުނު މީހަކު ހާލުދެރަވެގެން ނިޔާވެއްޖެ!
ގއ. ވިލިނގިލީން މަހަށް ނުކުމެ އުޅުނު މީހެއްގެ ހާލު ދެރަވެގެން ނިޔާވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ވިލިނގިލީން މަހަށް ނުކުމެ އުޅުނު ދޯންޏެއްގައި ހުރި މީހަކު ހާލު ދެރަވެގެން ދާންދޫ ހެލްތް ސެންޓަރަށް ގެންގޮސްފައިވާ ކަމަށް ރޭ 12:25 ހާއިރު ރިޕޯޓްކޮށްފައިވާ ކަަމަށެވެ.
އަދި އެ ސެންޓަރަށް އެ މީހާ ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ސެންޓަރާއި ހަވާލާދީ ފުލުހުން މައުލޫމާތު ދެއްވައެވެ.
މީޑިއާ އޮފިޝަލް އިތުރަށް ވިދާޅުވީ، މި ހާދިސާގައި ނިޔާވެފައި ވަނީ އުުމުރުން 35 އަހަރުގެ ބަންގްލަދޭޝް ފިރިހެނެެއް ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް