ސަންޓާރާ ގްރޭންޑް ސްޕާ --- ފޮޓޯ: ސަންޓާރާ ގްރޭންޑް
ސަންޓާރާ ގްރޭންޑް ސްޕާ --- ފޮޓޯ: ސަންޓާރާ ގްރޭންޑް
ވިޔަފާރި 27 May 2023 | 10:42

ރަށްރަށުގައި ސްޕާ ހިންގޭނީ ކައުންސިލުން އެއްބަސްވުމުންކަމަށް ކަނޑައަޅައިފި

ރަށްރަށުގައި ސްޕާ ހިންގޭނީ ކައުންސިލުން އެއްބަސްވުމުންކަމަށް ކަނޑައަޅައި، "ސްޕާގެ ވިޔަފާރި ހަރަކާތް ރަޖިސްޓްރީކޮށް ހިންގުމުގެ ގަވާއިދު" އިސްލާހު ކޮށްފިއެވެ.

މި ހަވާއިދަށް ގެނައި ދެވަނަ އިސްލާހުގައި ވާގޮތުން، މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ޓޫރިސްޓް ގެސްޓަހައުސް ތަކާއި ޓޫރިސްޓް ހޮޓާތަކުގައި ހިންގާ ސްޕާގެ ހިދުމަތްދޭ ތަންތަނއް ފިޔަވައި ވަކި ރަށެއްގައި ސްޕާގެ ހިދުމަށް ދޭނަމަ އެކަމށް އެދި އިކޮނޮމިކް މިނިސްޓްރީއަށް ހުށަހަޅަން ޖެހެއެވެ.

އަދި އެއަށްފަހު މިނިސްޓްރީން އެ ރަށެއްގެ ރަށު ކައުންސިލަށް ސިޓީ ފޮނުވައި، އެރަށަކީ ސްޕާ ހިންގޭނެ ރަށެއްތޯޯ ކަނޑައަޅައި ދިނުމަށް އެދެއެވެ. މިނިސްޓްރީން ވަކިގޮތެއް ނިންމާނީ ކައުންސިލުން ދޭ ޖަވާބެއްގެ މައްޗަށް ބިނާކޮށް ކަމަށް ގަވާއިދުގައި ވެއެވެ.

މި ގަވާއިދުގައި ވާގޮތުން، ސްޕާގެ ހިދުމަތަށް އެދި ހުށަހަޅަން ޖެހޭނީ އޮންލައިން ކޮށެވެ.

ސްޕާގެ ވިޔަފާރި ހިންގާ ތަންތަނުގައި، ގަވާއިދުތަކާއި ޝަރުތުތައް ފުރިހަމަ ވޭތޯ އިންސްޕެކްޝަންއެއް ކުރިއަށް ގެންދާނެ ކަމަށާއި އެ އިންސްޕެކްޝަންއަށް 2000 ރުފިޔާގެ ފީއެއް ނަގާނެ ކަމަށް އާ އިސްލާހުގައި ވެއެވެ.

އާ ގަވާއިދާ އެއްގޮތަށް، ރިސޯޓް ނުވަތަ ގެސްޓްހައުސް ސްޕާތައް މޮނިޓަރ ކުރާނީ އިކޮނޮމިކް މިނިސްޓްރީގެ ފަރާތުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކުދި ވިޔަފާރިތަކަށް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު ހަމަޖައްސައި، އެ ފުރުސަތު ހުޅުވާލައިފި
02 Nov 2026 ހަބަރު

ކުދި ވިޔަފާރިތަކަށް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު ހަމަޖައްސައި، އެ ފުރުސަތު ހުޅުވާލައިފި

ދިވެހިރާއްޖޭގެ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭރު ޤައުމުތަކުގެ ކަސްޓަމަރުންގެ އަތުން އެމެރިކާ ޑޮލަރުން ފައިސާ ބަލައިގަނެވޭނެ މަގު ފަހިކޮށްދީ، އެ ޚިދުމަތަށް އެދުމުގެ ފުރުސަތު ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން އިއްޔެ ހުޅުވާލައިފިއެވެ.

ފޯރަމްގައި ސޮއިކުރެވޭ އެއްބަސްވުންތަކުގެ ސަބަބުން އިގްތިސާދީ ގުޅުން އިތުރަށް ބަދަހިވެގެންދާނެ: ޗައިނާ ސަފީރު
28 Oct 2026 ހަބަރު

ފޯރަމްގައި ސޮއިކުރެވޭ އެއްބަސްވުންތަކުގެ ސަބަބުން އިގްތިސާދީ ގުޅުން އިތުރަށް ބަދަހިވެގެންދާނެ: ޗައިނާ ސަފީރު

ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު މީގެކުރިން ސޮއިކުރެވުނު އެއްބަސްވުންތަކާއި، "ޗައިނާ–މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް" ގެ ތެރެއިން ސޮއިކުރެވޭ އެއްބަސްވުންތަކުގެ ސަބަބުން ދެ ގައުމުގެ އިގްތިސާދީ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާ ވިދާޅުވެއްޖެއެވެ.

ޗައިނާ-ރާއްޖެ އިންވެސްޓްމަންޓް ފޯރަމް ފަށައިފި
28 Oct 2026 ހަބަރު

ޗައިނާ-ރާއްޖެ އިންވެސްޓްމަންޓް ފޯރަމް ފަށައިފި

ޤައުމީ އުފެއްދުންތެރިކަމުގެ މައުރަޒުގެ ހަވާސާގައި ބާއްވާ ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް ރައީސް ޑރ. މުޢިއްޒު ފައްޓަވައިދެއްވައިފިއެވެ. ޗައިނާގެ 40 އަށް ވުރެ ގިނަ ކުންފުނި ބައިވެރިވެ، ފަސް އެމްއޯޔޫއެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޤަވާއިދާ އެއްގޮތަށް އަގު ޖަހާފައި ނުވާތީ، 17 ފިހާރައަކަށް އިޞްލާޙީ ނޯޓިސް
22 Oct 2026 ހަބަރު

ޤަވާއިދާ އެއްގޮތަށް އަގު ޖަހާފައި ނުވާތީ، 17 ފިހާރައަކަށް އިޞްލާޙީ ނޯޓިސް

މާލެ ސަރަޙައްދުގައި ވިއްކަން ބަހައްޓާފައި ހުންނަ މުދަލުގައި އަގު ޖަހާފައި ހުރިތޯ ބެލުމަށް މިދިޔަ ހަފުތާގެ ތެރޭގައި ކުރިއަށްގެންދިޔަ ޚާއްޞަ އިންސްޕެކްޝަނެއްގައި، އަގު ނުޖަހައި ހުރި 17 ފިހާރައަކަށް އިޞްލާޙުވުމަށް އަންގައި ނޯޓިސް ދީފިއެވެ.

މުދާ އުފުލުމުގައި ދިމާވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ލޮރީ ޑްރައިވަރުން ސަޢީދުއާ ބައްދަލުކޮށްފި
19 Oct 2026 ހަބަރު

މުދާ އުފުލުމުގައި ދިމާވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ލޮރީ ޑްރައިވަރުން ސަޢީދުއާ ބައްދަލުކޮށްފި

މި ބައްދަލުވުމާ ބެހޭގޮތުން އިކޮނޮމިކް މިނިސްޓަރު އެކްސްގައި ވިދާޅުވީ، ބައްދަލުވުން ބޭއްވުނީ ޑްރައިވަރުންގެ އެދުމުގެ މަތިންނެވެ.

ވިއްކާ މުދަލުގައި އަގު ޖަހަން އަންގައިފި؛ ނުޖަހާނަމަ ފިޔަވަޅުއަޅާނެ
14 Oct 2026 ވިޔަފާރި

ވިއްކާ މުދަލުގައި އަގު ޖަހަން އަންގައިފި؛ ނުޖަހާނަމަ ފިޔަވަޅުއަޅާނެ

ވިޔަފާރިކުރާ ތަންތަނުގައި ވިއްކަން ބަހައްޓާފައި ހުންނަ މުދަލުގައި ސާފުކޮށް އެނގޭނޭހެން އަގު ޖެހުމަށާއި، އެގޮތަށް އަގު ނުޖަހާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން އަންގައިފިއެވެ.