ބުދަ، ބުރާސްފަތި ބަންދުވިޔަސް އައިޑީކާޑު ދޫކުރާނެ: ޑީއެންއާރް
ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ސަރުކާރު ބަންދަސް އައިޑީކާޑު ދޫކުރާނެ ކަމަށް ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރެޖިސްޓޭޝަނުން ބުނެފިއެވެ.
ޑީއެންއާރުން ނެރެފައިވާ އިޢްލާނެއްގައި ބުނެފައިވަނީ ބުދަ، ބުރާސްފަތި ދުވަހަކީ ރަސްމީކޮށް ސަރުކާރު ބަންދު ދެ ދުވަސް ކަމުގައިވިޔަސް، 18 އަހަރުން މަތީގެ އެންމެނަށް އައިޑީ ކާޑު ދޫކުރާނެ ކަމަށެވެ.
ޑީއެންއާރުން ބުނެފައިވަނީ ސަރުކާރު ބަންދު ދެ ދުވަހުގައި 18 އަހަރުން މަތީގެ މީހުންނަށް އައިޑީ ކާޑު ދޫކުރަން ނިންމާފައި ވަނީ ހޮނިހިރު ދުވަހު ރިޔާސީ އިންތިޚާބުގެ ވޯޓުލުން އޮންނާތީ، ވޯޓުލުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަށް ޓަކައި ކަމަށެވެ.
ޑީއެންއާރުން ބުނީ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ހެނދުނު 10:00 އިން ފެށިގެން ހަވީރު 4:00 އާއި ހަމައަށް އައިޑީ ކާޑު ދޫކުރުމުގެ ޚިދުމަތް އެ އޮފީހުން ދޭނެ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް