ޝަމީމް އަށަ މަގާމުގެ ލިޔުން ހަވާލު ކުރައްވަނީ-- ފޮޓޯ/ ރައީސް އޮފީސް
ޝަމީމް އަށަ މަގާމުގެ ލިޔުން ހަވާލު ކުރައްވަނީ-- ފޮޓޯ/ ރައީސް އޮފީސް
ހަބަރު 27 Sep 2023 | 07:02

ސަރުކާރުގެ ދައުރު ނިމުނަސް ޕީޖީގެ މަގާމުން ވަތްކެއް ނުކުރެވޭނެ: ޕީޖީ ޝަމީމް

ރައީސުލްޖުމްހޫރިއްޔާއަކަށް ޕްރޮސިކިއުޓަރ ޖެނެރަލް ވަތްކެއް ނުކުރެވޭނެ ކަމަށާއި، އަދި ސަރުކާރުގެ ދައުރު ނިމުނަސް ޕްރޮސިކިއުޓަރ ޖެނެރަލްގެ ދައުރު ނިމުމަކަށް ނާންނާނެ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ އޮފީހުގެ ނިއުސް ލެޓަރ "އުންސުރު"ގެ އެންމެ ފަހު އަދަދުގައި އިއްޔެ ޝަމީމް ލިޔުއްވާފައިވާ އާޓިކަލްގައި ވިދާޅުވެފައިވާ ގޮތުގައި 2008 ވަނަ އަހަރު ޤާނޫނުއަސާސީއާއެކު، ޕީޖީ އޮފީހެއްވެސް އުފެދި ބާރުތައް ވަކިވެފައިވާ ޖިނާއީ ޢަދުލުގެ ނިޒާމެއް އުފަންވި ކަމަށެވެ. އެއާއެކު ޖިނާއީ މައްސަލަތަކުގައި ދައުވާކުރުމުގެ ބާރު، ބަންޑާރަ ނައިބުގެ އަތުން ނަގައި، އަލަށް އުފެދުނު ޕްރޮސިކިއުޓަރ ޖެނެރަލާ ޙަވާލުވި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަކީ ސަރުކާރުގެ އިދާރާއެއް ނޫނެވެ. ދައުލަތުގެ މިނިވަން މުސްތަޤިއްލު މުއައްސަސާއެކެވެ. މާނައަކީ މި އޮފީހުން ނިންމާ ނިންމުމަކީ އެހެން އެއްވެސް ފަރާތެއްގެ ބާރެއް ނުފޫޒެއް ނެތި ޤާނޫނުތަކާއި ގަވާއިދުތައް ދައްކައިދޭ މަގުން ނިންމާ ނިންމުންތަކެކެވެ." ޝަމީމް ވިދާޅުވެފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާއަކަށް ޕްރޮސިކިއުޓަރ ޖެނެރަލް ވަތްކެއް ނުކުރެވޭނެއެވެ. އަދި ސަރުކާރުގެ ދައުރު ނިމުނަސް ޕްރޮސިކިއުޓަރ ޖެނެރަލްގެ ދައުރު ނިމުމަކަށް ނާންނާނެއެވެ.

ޕީޖީ ޝަމީމް

ޕީޖީ ޝަމީމް އިތުރަށް ވިދާޅުވީ، ރައްޔިތުންގެ ވޯޓާއެކު، ސަރުކާރެއް އެކުލަވާލަނީ ވަކި ގޮތަކަށް ޢަމަލުކުރުމަށް ރައްޔިތުންނަށް ވަޢުދުތަކެއް ވެގެން ކަމަށްވާތީ، އެކަންކަން ދައުލަތުގެ ތެރެއިން ޙާޞިލުކޮށްދިނުމަކީ، ދައުލަތުގެ ހުރިހާ މުއައްސަސާއެއްގެ ޒިންމާއެއް ކަމަށެވެ.

"މިސާލަކަށް، ސަރުކާރުގެ ސިޔާސަތު، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހަރުކަށި އުޞޫލަކުން ޢަމަލުކުރުންކަމަށް އޮއްވާ، ޕްރޮސިކިއުޓަރ ޖެނެރަލްގެ ސިޔާސަތު އެނޫން ގޮތަކަށް ބައްޓަންކުރުމަކީ ހަމަޖެހޭ ގޮތަކަށް ނުވާނެއެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސައްކަތްތައް ބައްޓަންކުރަންޖެހޭ ޢާންމު ސިޔާސަތުތައް ބަންޑާރަނާއިބު ކަނޑައެޅިނަމަވެސް، އެ ސިޔާސަތު ޤާނޫނަކާ ޚިލާފުވާނަމަ ޕްރޮސިކިއުޓަރ ޖެނެރަލް ޢަމަލުކުރަންޖެހޭނީ ޤާނޫނަށެވެ." ޝަމީމް ވިދާޅުވި އެވެ.

ޝަމީމް މިހެން ވިދާޅުވެފައި ވާއިރު، މި ސަރުކާރަށް މި ސަރުކާރުގެ މަގާމު ތަކުގައި ތިބި ބޭފުޅުންގެ ތެރެއިން އެންމެ ގިނަ ފަރާތްތަކުގެ ނުރުހުން އަމާޒުވެފައިވާ އެއް ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް، ޝަމީމު އައްޔަން ކުރައްވާފައިވަނީ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ވެރިކަމުގެ ދެވަނަ އަހަރުގެ ތެރޭގައެވެ. އެއީ، 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ވެމްކޯއަށް 2022 ވަނަ އަހަރު އެކަނިވެސް 127.9 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނު: އޮޑިޓް
15 Oct 2026 ހަބަރު

ވެމްކޯއަށް 2022 ވަނަ އަހަރު އެކަނިވެސް 127.9 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނު: އޮޑިޓް

އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ އެ ކުންފުނީގެ މާލީ ބަޔާންތަކުގެ އޮޑިޓް ރިޕޯޓަށް ބަލާއިރު، 2021 ވަނަ އަހަރުވެސް ވެމްކޯއަށް ވަނީ 82 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުން ވެފައެވެ.

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާ ލިބޭނެ ގޮތް ހަދަނީ
15 Oct 2026 ހަބަރު

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާ ލިބޭނެ ގޮތް ހަދަނީ

އެމަނިކުފާނު މިހެން ވިދާޅުވީ "ރައްޔިތުންގެ އަޑު" ސިލްސިލާގެ 10 ވަނަ ޕްރަގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އާ ހޮސްޕިޓަލް އަޅާތީ، ވިލިމާލޭ ހޮސްޕިޓަލްގެ ހިދުމަތްތައް އަމާން ހިޔާއަށް ބަދަލުކޮށްފި
15 Oct 2026 ހަބަރު

އާ ހޮސްޕިޓަލް އަޅާތީ، ވިލިމާލޭ ހޮސްޕިޓަލްގެ ހިދުމަތްތައް އަމާން ހިޔާއަށް ބަދަލުކޮށްފި

ކުއްލި ފަރުވާގެ ޚިދުމަތާއި އާންމު ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމުގެ އިންތިޒާމު މިހާރު އެ އިމާރާތުގައި ހަމަޖެހިފައި

ރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް އައި ކުރިއެރުން އައިއެމްއެފުން ފާހަގަކޮށްފި
15 Oct 2026 ހަބަރު

ރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް އައި ކުރިއެރުން އައިއެމްއެފުން ފާހަގަކޮށްފި

އައިއެމްއެފްގެ އަހަރީ ބައްދަލުވުމުގެ ހަވާސާގައި، އެ އިދާރާގެ އެގްޒެކެޓިވް ޑިރެކްޓަރު ޑރ. މުޙައްމަދު މާއިތު، ރާއްޖޭގެ މާލީ ވަޒީރު ހަސަން ޒަރީރާ ބައްދަލުކުރައްވައި، ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ޙާލަތު ހަމަމަގަށް އެޅުވުމަށް ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވާފައިވާކަމަށެވެ. އަދި ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކަށް ތައުރީފްކޮށް އެންމެފަހުން މޫޑީސްއިން ރާއްޖޭގެ ރޭޓިންނަށް އައި ހެޔޮބަދަލު ފާހަގަކުރެއްވިކަމަށް މާލީ ވުޒާރާއިން ބުންޏެވެ.

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނަގައިފި
15 Oct 2026 ހަބަރު

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނަގައިފި

ވުޒާރާއިން ބުނީ ލާމަރުކަޒީ ޤާނޫނުގެ ދަށުން މި ބިންތައް ސަރުކާރުގެ ކަމާބެހޭ ވުޒާރާގެ ބެލުމުގެ ދަށަށް ގެނައުމަށް ނިންމީ، ރައްޔިތުންނަށް ބޭނުންވާ ޢުމްރާނީ ތަރައްޤީގެ މުހިންމު މަޝްރޫޢުތައް ހިންގުމަށާއި އަސާސީ ޚިދުމަތްތައް ހަރުދަނާކަމާއެކު ފޯރުކޮށްދީ ބެލެހެއްޓުމުގެ މަޤްޞަދުގައި ކަމަށެވެ.

ކަނޑުވި މީހުން ސަލާމަތްކުރި ތިން ފުލުހަކަށް ރަން މެޑަލް އަރުވައިފި
15 Oct 2026 ހަބަރު

ކަނޑުވި މީހުން ސަލާމަތްކުރި ތިން ފުލުހަކަށް ރަން މެޑަލް އަރުވައިފި

ކ. ގާފަރު ކައިރިން ބަންޑުންޖެހި ކޮޅުވެއްޓިން ކަނޑުވި އަށް މީހެއްގެ ފުރާނަ ސަލާމަތްކުރި ތިން ފުލުހަކަށް ފުރާނަ ސަލާމަތްކުރުމުގެ ރަން މެޑަލް ކޮމިޝަނަރ އޮފް ޕޮލިސް އަރުވައިފިއެވެ.

އިންޑިއާގެ މަސްބޯޓުތަކާއި މަސްވެރިން މިނިވަންކުރުމުގެ މަސައްކަތް ފަށައިފި
15 Oct 2026 ހަބަރު

އިންޑިއާގެ މަސްބޯޓުތަކާއި މަސްވެރިން މިނިވަންކުރުމުގެ މަސައްކަތް ފަށައިފި

އިންޑިއާގެ ބައެއް މީޑިއާތަކުން ބުނެފައިވަނީ، މިދިޔަ އަންގާރަ ދުވަހުގެ ރޭ ރާއްޖޭގެ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނައި އެޤައުމުގެ ތިން މަސް ބޯޓާއި 26 މަސްވެރިން މިނިވަންކުރުމަށްޓަކައި ދިވެހި ސަރުކާރާ ގުޅިގެން ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް ކުރަމުންދާކަމަށެވެ. އެގޮތުން އެމީހުން ދޫކޮށްލުމަށް ކުރަންޖެހޭ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަމިލް ނާޑޫ ސްޓޭޓްގެ ޗީފް މިނިސްޓަރު ވިޖޭ، އެ ގައުމުގެ ހާރިޖީ ވަޒީރު، ޖައިޝަންކަރުގެ ކިބައިން އެދިވަޑައިގެންފައިވާކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ޖިނާއީ ކުށެއް ނުފެނުނު, ކުރީގެ ފަނޑިޔާރު މަހާޒުގެ މައްސަލަ ވެސް ފައިލްކޮށްފި
08 Oct 2026 ހަބަރު

ޖިނާއީ ކުށެއް ނުފެނުނު, ކުރީގެ ފަނޑިޔާރު މަހާޒުގެ މައްސަލަ ވެސް ފައިލްކޮށްފި

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރެއްވި ކަމަށް ތުހުމަތުކޮށް ހިންގި ތަހުގީގުން ޖިނާއީ ކުށެއް ފެންނަން ނެތުމުން، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)...