ތެޔޮ އުފުލާ ބޯޓެއްގައި އަލިފާން ރޯވެއްޖެ
ކ ތިލަފުށީ ފަޅުތެރޭގައި އޮތް ތެޔޮ އުފުލާ ދޯންޏެއްގައި އަލިފާން ރޯވެއްޖެއެވެ.
އަލިފާން ރޯވެފައި ވަނީ ވާއިލާ-7 ނަމަކަށް ކިޔާ ތެޔޮ ބޯޓެއްގައެވެ.
އެމްއެންޑީއެފް އިން ބުނީ އެ ދޯނީގައި ހުޅު ހިފީ ތިލަފުށިން 20,000 ލީޓަރުގެ ތެޔޮ އަޅައިގެން އިންޖީނު ސްޓާޓް ކޮށްލި ވަގުތު ސްޕާކެއް ވެގެން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެ ހާދިސާގައި ދޯނީގައި ތިބި ތިން މީހުންގެ ތެރެއިން ކެޕްޓަންގެ މޫނާއި ކަނާތު އަތް ކޮންމެވެސް ވަރަކަށް ފިހިގެން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށްވެސް ބުންޏެވެ.

މީގެ އިތުރުން އެމްއެންޑީއެފުން ބުނީ, ރޯވި ދޯނި މިހާރު އަޑިއަށް ގޮސްފައިވާ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް