އިންތިހާބު އޮބްޒާވް ކުރާ ބޭރުގެ އޮބްޒާވަރުން ރާއްޖެ އަންނަން ފަށައިފި
ރިޔާސީ އިންތިހާބު 2023 ގެ ދެވަނަބުރުގެ ވޯޓުލުން އޮބްޒާވް ކުރުމުގައި ހަރަކާތްތެރިވާ ބޭރުގެ އޮބްޒާވަރުން މިއަދު ރާއްޖެ ޢަންނަން ފަށައިފިއެވެ.
މިކަން ހާމަކޮށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރިޔާސީ އިންތިޮހާބު 2023 ގެ ދެވަނަބުރުގެ ވޯޓުލުން އޮބްޒާވް ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ޚާއްޞަ ދައުވަތު ފޮނުވައިގެން ވަޑައިގަންނަވާ ބޭރުގެ އޮބްޒާވަރުން ރާއްޖެ ވަޑައިގަންނަވަން މިއަދު ފަށްޓަވައިފައިވާކަމަށެވެ.
ރިޔާސީ އިންތިހާބުގެ ފުރަަތަމަ ބުރު އޮބްޒާވްކުރުމަށްވެސް ރާއްޖެއިން ބޭރުގެ އޮބްޒާވަރުން ވަނީ ރާއްޖެ އައިސް ހަރާކާތެރިވެފައެވެ.
އެގޮތުން އިންތިހާބުގެ ފުރަތަމަ ބުރު އޮބްޒާވްކުރުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން އެ ފަރާތުންވަނީ މިއަހަރުގެ އިންތިހާބުގެ ފުރަތަމަ ބުރުގެ އެންމެހައި ކަންތައްތަކެއްވެސް ޖުމުލަ ގޮތެއްގައި ގޮސްފައިވަނީ ރަނގަޅަށްކަމުގައި ފާހަގަކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް