ހުކުރު ނަމާދެއްގެ ތެރެއިން ---ފޮޓޯ/ ސަން
ހުކުރު ނަމާދެއްގެ ތެރެއިން ---ފޮޓޯ/ ސަން
ދީން 27 Oct 2023 | 08:37

މުއުމިނުންނަކީ ބަސްމަގު ރިވެތި، ހިތްސާފު މީހުން: ޚުތުބާ

މުއުމިނުންނަކީ ބަސްމަގު ރިވެތި، ހިތްސާފު މީހުން ކަމުގައި މިއަދުގެ ހުތުބާގައި ބުނެފި އެވެ.

''މުއާމަލާތް ކުރުމުގެ އަހްލާގު'' މި މައުޟޫއަށް އިއްވި ހުކުރު ޚުތުބާގައި ބުނީ މުސްލިމުންނަކީ ހިތްތިރި، މުއާމަލާތް ކުރުން ރިވެތި މީސްތަކުންނަށް އެމީހުންގެ ކަންތައްތައް ލުއިކޮށްދޭ ސާދާ ބައެއް ކަމަށެވެ.

"މުސްލިމުންނަކީ ހިތްތިރި، މުއާމަލާތު ކުރުން ރިވެތި، މީސްތަކުންނަށް އެމީހުންގެ ކަންތައްތައް ލުއިކޮށްދޭ ސާދާ ބައެކެވެ. އެމީހުންނަކީ މީސްތަކުންނާ ގުޅިގެން އުޅޭ ބައެކެވެ. މީސްތަކުން ދެކެ ލޯބިވާ އަދި މީސްތަކުން އެބަޔަކުދެކެ ލޯބިވާ ބައެކެވެ. މި ސިފަތަކުގެ ވެރި މުއުމިނުންނަސް މާތް الله ނަރަކަ ހަރާމް ކުރެއްވި،" ހުތުބާގައި ބުނެފައިވެ އެވެ.

"ކީރިތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ހަދީޘް ކުރައްވާއިވެއެވެ. ''މާނައީ: އޭނާގެ މައްޗަށް ނަރަކަ ހަރާމް ކުރައްވާފައިވާ މީހަކީ ކާކުކަން ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ބަޔާކޮށް ދެއްވަން ހެއްޔެވެ؟ އެބޭކަލުން ދެންނެވިއެވެ. އާދަހެވެ! އޭ الله ގެ ރަސޫލާއެވެ. އެކަލާގެފާނު ހަދީސް ކުރެއްވިއެވެ. އެއީ ހިތްތިރި މުއާމަލާތު ރިވެތި މީސްތަކުންނާ ގާތް މީސްތަކުންގެ ބޭނުންތައް ފުއްދައިދީ އެމީހުންގެ ކަންތައް ލުއި ފަސޭހަކޮށްދޭ މީހެކެވެ."

ޚުތުބާގައި އިތުރަށް ބުނީ، މީސްތަކުންނާއެކު ސުލްހަވެރި އަމާން ދިރިއުޅުމެއް އުޅެން ބޭނުންވާ މީހާ މީސްތަކުންނަށް ހެޔޮ ފޯރުވާން ޖެހޭނެ ކަމަށާއި، އެމީހުންގެ ފުށުން ފެންނަ އިހުމާލުތަކަށް ކެތްތެރިވެ، އެމީހުންގެ އައިބުތައް ވަންހަނާކޮށް، އެމީހުންގެ ކުށް ހޯދައި އެމީހުން ބޭޒާރުކޮށްގެން ނުވާނެ ކަމަށެވެ.

"މުއުމިނުންނަކީ ބަސްމަގު ރިވެތި، ހިތްސާފު މީހުންނެވެ،" ހުތުބާގައި ބުނެފައިވެ އެވެ.

މިއާއެކު ޚުތުބާގައި ބުނީ، އެއްވެސް ގައުމަކަށް ކުރިއަށް ދެވޭނީ އެގައުމުގެ ރައްޔިތުންގެ ސަފުތައް އެކަތިގަނޑަކަށް ވެގެން ކަމަށާއި، ތަރައްގީއާއި ތަހުޒީބުގެ މައިދާނުގައި ކުރިއެރުން ހޯދޭނީ ރައްޔިތުންގެ މެދުގައި ގުޅުންތައް ހަރުދަނާ ކޮށްގެންް ކަމަށެވެ.

އަދި އިސްލާމް ދީން ބިނާވެފައިވަނީ މުއާމަލާތުގެ ރިވެތިކަމުގެ މައްޗަށް ކަމަށާއި، އަޅުކަންތައް އަދާކުރުމުގެ އިތުރަށް ދޭދޭ އަފްރާދުންގެ މެދުގައި ކުރެވޭ މުއާމަލާތު ރަނގަޅުނުކޮށް އާހިރަތް ބާއްޖަވެރިއެއްނުވާނެ ކަން ފާހަގަކޮށް ޚުތުބާގައި ވަނީ މުއާމަލާތު ކުރުމުގައި އަޚުލާގީ މިންގަނޑުތަކަށް އިސްލާމް ދީނުގައިވާ ގޮތަށް ތަބާވުމަށް ގޮވާލާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ރަޙިމު ގުޅުން ކަނޑައިލުމަކީ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަމެއް؛ އެމީހަކު ސުވަރުގެ ނުވަންނާނެ: ޚުތުބާ
30 Oct 2026 ދީން

ރަޙިމު ގުޅުން ކަނޑައިލުމަކީ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަމެއް؛ އެމީހަކު ސުވަރުގެ ނުވަންނާނެ: ޚުތުބާ

ޚުތުބާގައި ފާހަގަކުރި ގޮތުގައި، އިންސާނީ މުޖުތަމަޢެއް އުފެދެނީ ޢާއިލާތަކަކުން ކަމަށްވާތީ، ހަރުދަނާ މުޖުތަމަޢެއް ބިނާކުރެވޭނީ ޢާއިލާތައް ހަރުދަނާކުރެވިގެންނެވެ. ނަމަވެސް މިއަދު މުޖުތަމަޢުގެ އަޚުލާޤީ ފެންވަރު ދަށަށް ގޮސް، ޢާއިލާތައް ރޫޅި ވިއްސިވިހާލިވަމުންދާ ކަމުގެ ޝަކުވާ ބޮޑުވެފައިވާކަން ޚުތުބާގައި ބަޔާންކުރިއެވެ. މީގެ އެންމެ ބޮޑު އެއް ސަބަބަކީ ބޮޑުވަމުން އަންނަ ދަރިން ތަރުބިޔަތުކުރެވޭ ގޮތާއި އެ ކުދިންނަށް ދެވޭ ތަޢުލީމު ކަމަށް ޚުތުބާގައި ބުންޏެވެ.

”އިސްލާމް ދީން ޤަބޫލުކުރެއްވުމުން އަލިފާންގަނޑެއްގެ މަތީގައި ހަށިކޮޅު ދެމުމުންވެސް ސާބިތުވެ ހުންނެވި“
23 Oct 2026 ދީން

”އިސްލާމް ދީން ޤަބޫލުކުރެއްވުމުން އަލިފާންގަނޑެއްގެ މަތީގައި ހަށިކޮޅު ދެމުމުންވެސް ސާބިތުވެ ހުންނެވި“

އިސްލާމްދީން ޤަބޫލުކުރެއްވުމުން މައްކާގެ މުޝްރިކުން އަލިފާންގަނޑެއް ރޯކޮށް، އޭގެ މަތީގައި ހަށިކޮޅު ދެމުމުން ވެސް ޞަޙާބީ ޚައްބާބު ބިން އަލްއަރައްތު ރަޟިޔަالله ޢަންހު ދީނުގެ މަތީގައި ސާބިތުވެ ހުންނެވި ޢިބުރަތްތެރި ޙާދިސާ މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.

ޙަޤީޤީ މުސްލިމުންނަކީ ކޮންމެ ފަދަ ޤުރުބާނީއެއް ވާން ޖެހުނަސް ދީނާއި އަޤީދާގައި ސާބިތުވާ މީހުން: ޚުތުބާ
23 Oct 2026 ދީން

ޙަޤީޤީ މުސްލިމުންނަކީ ކޮންމެ ފަދަ ޤުރުބާނީއެއް ވާން ޖެހުނަސް ދީނާއި އަޤީދާގައި ސާބިތުވާ މީހުން: ޚުތުބާ

ޙަޤީޤީ މުސްލިމަކީ ކޮންމެ ފަދަ ޤުރުބާނީއެއް ވާން ޖެހުނަސް ނުވަތަ ކިތަންމެ ބޮޑު އަނިޔާއެއް ލިބުނަސް، އިސްލާމްދީން ނޫން އެހެން ދީނެއް ނޭދޭނެ މީހެއް ކަމަށާއި، ކޮންމެ ފަދަ ފިތުނައެއް ކުރިމަތިވި ނަމަވެސް އޭނާ ހުންނާނީ ދީނާއި އަޤީދާގައި ސާބިތުވެގެން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

"މީސްތަކުން ބޯކޮޅު ވަތަށް ނަރަކައަށް އެއްލައިލެވެނީ އެބައިމީހުން ދައްކާ ވާހަކަތަކުގެ ސަބަބުން ނޫންހެއްޔެވެ؟"
16 Oct 2026 ދީން

"މީސްތަކުން ބޯކޮޅު ވަތަށް ނަރަކައަށް އެއްލައިލެވެނީ އެބައިމީހުން ދައްކާ ވާހަކަތަކުގެ ސަބަބުން ނޫންހެއްޔެވެ؟"

"މުސްލިމުންގެ އަބުރާއި ޢިއްޒަތް" މި މައުޟޫޢަށް ޚާއްޞަކޮށްގެން މިއަދު އިއްވި ޚުތުބާގައި ބުނީ، މާތް الله އިންސާނާ މާތްކުރައްވައި، އޭނާގެ ޤަދަރާއި ޢިއްޒަތް ގެއްލިދާނެ ކޮންމެ ކަމެއް ނަހީކުރައްވާފައިވާ ކަމަށެވެ. އަދި އިސްލާމީ ޝަރީޢަތުގެ މައިގަނޑު ފަސް މަޤުޞަދުގެ ތެރޭގައި އިންސާނާގެ އަބުރު ރައްކާތެރިކުރުން ހިމެނޭކަން ޚުތުބާގައި ފާހަގަކުރިއެވެ.

އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން: ޚުތުބާ
09 Oct 2026 ދީން

އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން: ޚުތުބާ

އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތު...

ދިރިއުޅުމުގެ ދަތިތަކާއި ތަކުލީފުތަކަކަށް އޮތް އެންމެ ފުރިހަމަ ފަރުވާއަކީ ގިނަގިނައިން މާތް الله ހަނދުމަކުރުން: ޚުތުބާ
02 Oct 2026 ދީން

ދިރިއުޅުމުގެ ދަތިތަކާއި ތަކުލީފުތަކަކަށް އޮތް އެންމެ ފުރިހަމަ ފަރުވާއަކީ ގިނަގިނައިން މާތް الله ހަނދުމަކުރުން: ޚުތުބާ

މިއަދުގެ ދިރިއުޅުމުގައި ކުރިމަތިވާ ހާސްކަމާއި، ނަފުސާނީ އެކި ގޮންޖެހުންތަކާއި ތަކުލީފުތަކަށް އޮތް އެންމެ މަތިވެރި އަދި އެންމެ ފުރިހަމަ ފަރުވާއަކީ ގިނަގިނައިން މާތް الله ހަނދުމަކުރުން ކަމަށް މިއަދުގެ ހ...