އަޤްސާ މިސްކިތް ސަރަހައްދުގައި އިސްރާއީލުގެ ފުލުހުން
އަޤްސާ މިސްކިތް ސަރަހައްދުގައި އިސްރާއީލުގެ ފުލުހުން
ދުނިޔެ 27 Oct 2023 | 11:53

އިޒްރޭލު ފުލުހުން ހުރަސް އެޅުމާއެކު، އަޤްޞާ މިސްކިތަށް ހުކުރު ކުރަން ވަދެވުނީ މަދު ބަޔަކަށް!

ހައްދުފަހަނައަޅާފައިވާ އިސްރާއީލުގެ ޔަހޫދީ ސިފައިން، ފަލަސްޠީނުގައިވާ މުގައްދަސް ބިނާ ކަމުގައިވާ އަލް މަސްޖިދުލް އަޤުޞާ އަށް ހުކުރު ކުރަން މުސްލިމުން ވަނަ ނުދީ ހުރަސް އަޅައިފިއެވެ.

މަސްޖިދުލް އަގްސާ ހުންނަ ސަރަހައްދުން، އަލްޖަޒީރާއަށް އެ ނޫހުގެ ރިޕޯޓަރ މައުލޫމާތު ދީފައިވާ ގޮތުގައި ކޮންމެ ހަފްތާއެއްގެވެސް ހުކުރު ދުވަހުގެ ހުކުރު ނަމާދު ކުރާ ވަގުތަކީ އަޤްޞާ މިސްކިތް އެއްކޮށް ފުރާލާފައި އޮންނަ ވަގުތެކެވެ. އެހެން ނަމަވެސް މިއަދުގެ މެންދުރުގެ އެވަގުތުގައި، އަޤްޞާ މިސްކިތަށް ހުކުރު ކުރަން ވަދެވުނީ ވަރަށް މަދު މީހުންނަށް ކަމަށާ، އެހެން އެކަންވީ އެ މިސްކިތަށް ވަންނަ ގޭޓްތައް ކައިރީ ތިބި އިސްރާއީލުގެ ފުލުހުން ހުކުރަށް ދިޔަ މީހުންނަށް އަނިޔާކޮށް، އެމީހުންނަށް ހުރަސް އެޅުމުން ކަމަށްވެސް އެ ރިޕޯޓަރު ވަނީ ބުނެފަ އެވެ.

"އަޤްޞާ މިސްކިތަށް އާއްމުކޮށް ވަދެ އުޅޭ ގޭޓުން ވަންނަން ދިޔަ ފަލަސްތީނުގެ ރައްޔިތެއް ގައިގައި ޖަހައި އިސްރާއީލުގެ ފުލުހުން ވަނީ އަނިޔާ ކޮށްފައި. އެ ނޫން މީހެއް ގައިގައިވެސް އެ ފުލުހުން ޖަހާފައި ވާއިރު އޭނާ ބުނަމުން ދިޔައީ އޭނާ މިސްކިތަށް ވަންނަން ދިޔައީ ނަމާދު ކުރަން ކަމަށް. މިއަދު އެއްވެސް މީހަކަށް މިސްކިތާއި ކައިރިވެލަންވެސް އުނދަގޫ ހާލަތެއްގައި ކަންކަން އޮތީ. އެހެން ނޫނީ މި ގަޑި އަކީ އެތައް ހާސް މީހަކު މިސްކިތަށް އަންނަ ވަގުތެއް. ހުޅަނގު އައްސޭރީގެ މަގުތައް ބަންދުކޮށް، މީހުން މިސްކިތާއި ކައިރިވިޔަވެސް މިއަދަކު ނުދިން." އަލްޖަޒީރާގެ ނޫސްވެރިޔާ ބުނެފައިވެއެވެ.

ފަލަސްޠީނުގެ މިނިވަންކަމަށްޓަމައި ޖިހާދުކުރަމުންދާ ހަމާސް ޖަމާއަތުން މިމަހު 7 ވަނަ ދުވަހު އިސްރާއީލަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ފަލަސްތީނާ ދެކޮޅަށް ހަނގުރާމަ އިއުލާން ކޮށްފައެވެ.

އެއާއެކު، އިސްރާއީލްގެ ޖައްބާރު ސިފައިން، ހުއްޓުމެއްނެތި ފަލަސްޠީނުގެ އާއްމުންނަށް އަމާޒުކޮށް، ހުއްޓުމެއްނެތި ވަރުގަދަ ހަމަލާތައް ދެމުންދާއިރު، އެ ހަމަލާތަކުގައި 7000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އަދި އެތައް ހާސް ބަޔަކު ވަނީ ޒަހަމްވެސް ކޮށްލައިފައެވެ. އޭގެ ތެރެއިންވެސް އެންމެ ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

ޣައްޒާއަށް އިސްރާއީލުން ދެމުން އަންނަ ހަމަލާތަކުގެ އިތުރުން އިންސާނިއްޔަތު ކަމެއް ނުބަހައްޓާ، ޣައްޒާގެ ރައްޔިތުންނަށް ބޯފެނާއި، އެހެނިހެން ތަކެތި ދިނުމަށް އިސްރާއީލުގެ ޔަހޫދީން ވަނީ ހުރަސް އަޅާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި
31 Oct 2026 ކުޅިވަރު

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި

މީގެ ކުރިންވެސް ކުރި ކޭމްޕް ދަތުރުގައިވެސް ފަލަސްތީނުން ވަނީ ރާއްޖެއާ ދެކޮޅަށް މެޗެއް ކުޅެފައެވެ. އެމެޗް ފަލަސްތީނުން ކާމިޔާބުކުރީ 6-0 ގެ ނަތީޖާއިންނެވެ.

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް
27 Oct 2026 ކުޅިވަރު

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް

ފަލަސްތީނުގެ ޓީމްގެ މި ދަތުރުގެ ތެރެއިން ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މި މެޗުތައް އޮންނާނީ މި މަހުގެ 30 ވަނަ ދުވަހާއި، އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު މާލޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.

އިޒްރޭލާ ހެދި ފަލަސްޠީނު ދަރިވަރުންގެ ތަޢުލީމީ ހައްޤަށް ބޮޑެތި ހުރަސްތަކެއް
27 Oct 2026 ދުނިޔެ

އިޒްރޭލާ ހެދި ފަލަސްޠީނު ދަރިވަރުންގެ ތަޢުލީމީ ހައްޤަށް ބޮޑެތި ހުރަސްތަކެއް

އެ ޖަމިއްޔާއިން ބުނީ ހުޅަނގު އައްސޭރީގައި ދިރިއުޅޭ އެތައް ހާސް ކުޑަކުދިންނަށް ތަޢުލީމު ޙާޞިލުކުރުމުގެ ޙައްޤުން މަޙްރޫމުވެ، ސްކޫލަށް ދިއުމަކީ ނުރައްކާތެރި ކަމަކަށް ވެފައިވާ ކަމަށެވެ

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ
24 Oct 2026 ކުޅިވަރު

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ

މި ތަމްރީނު ކޭމްޕްގައި ފަލަސްތީނު ޓީމު ގާއިމުވެ ތިބުމަށް ހަމަޖެހިފައިވަނީ ކ. ގުރައިދޫގައެވެ.

އިސްރާއީލުގެ ޤަތުލުއާންމު؛ ގައްޒާގައި ޝަހީދުވި މީހުންގެ އަދަދު 74،494 އަށް
21 Oct 2026 ދުނިޔެ

އިސްރާއީލުގެ ޤަތުލުއާންމު؛ ގައްޒާގައި ޝަހީދުވި މީހުންގެ އަދަދު 74،494 އަށް

އެ މިނިސްޓްރީން ހާމަކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން މިހާތަނަށް އިސްރާއީލުގެ ހަމަލާތަކުގައި 175،604 މީހަކަށް އަނިޔާވެފައިވެއެވެ.

އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް އިޒްރޭލުގެ ކުޅުންތެރިއަކު ކުޅުޖެހި މައްސަލަ ޔުއެފާއިން ބަލަން ފަށައިފި
07 Oct 2026 ކުޅިވަރު

އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް އިޒްރޭލުގެ ކުޅުންތެރިއަކު ކުޅުޖެހި މައްސަލަ ޔުއެފާއިން ބަލަން ފަށައިފި

ޔޫއެފާ ނޭޝަންސް ލީގުގައި ރިޕަބްލިކް އޮފް އަޔަލެންޑާއި އިޒްރޭލު ބައްދަލުކުރި މެޗުގެ ހާފްޓައިމްގައި، އިޒްރޭލުގެ ކުޅުންތެރިއަކު އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް ކުޅުޖެހި ކަމަށް ބުނާ މައްސަލައެއް ޔޫރަޕ...