ސްޓެލްކޯއިން އެޗްޑީސީ ބިލްޑިންގު ގައި ދެމުން އައި ޚިދުމަތް ދެން ދޭނީ އެޕޯލޯ ޓަވަރުން
ސްޓެލްކޯއިން ހުޅުމާލޭގައި ކަސްޓަމާ ސާރވިސް ފޯރުކޮށްދެމުން އައި ތަން ބަދަލުވެފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.
މީގެ ކުރިން ސްޓެލްކޯއިން ހުޅުމާލޭގައި ކަސްތަމާ ސާރވިސް ފޯރުކޮށްދެމުން ދިޔައީ އެޗްޑީސީގެ އިމާރާތުގައެވެ. އެހެން ނަމަވެސް މިހާރު އެތަނުގައި ދެމުން އައި ހުރިހާ ޚިދުމަތެއް ސްޓެލްކޯއިން ވަނީ އެޕޯލޯ ޓަވަރަށް ބަދަލުކޮށްފައެވެ.
އެއާއެކު ދެން ސްޓެލްކޯގެ ކަސްޓަމާ ސާވިސް ޚިދުމަތްތައް ލިބެން ހުންނާނީ އެޕޯލޯ ޓަވަރުގައެވެ.

ސްޓެލްކޯއިން ވަނީ ކަސްޓަމަރުން އެކަމަށް ސަމާލުވުމަށް އަންގާފައެވެ. އަދި ޚިދުމަތާއި ގުޅޭ އިތުރު މައުލޫމާތުތައް ހޯދުމަށް ސްޓެލްކޯގެ ނަންބަރު 7984949 ނަންބަރާއި ގުޅުއްވާ މައުލޫމާތު ސާފުކުރުމަށްވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް