ޔޮޓެއްގައި އަލިފާާން ރޯވެއްޖެ
ޔޮޓެއްގައި އަލިފާން ރޯވެ އެމްއެންޑިއެފުން އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެއްއެންޑީއެފުން ބުނެފައިވަނީ ރިޒްކާލްޓަން ފަރި ރިސޯޓް ކައިރީގައި އޮތް ޔެޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގިކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.

އަދި މިކަމުގެ މައުލޫމާތު ލިބި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ޓީމުން ހަރަކާތް ތެރިވާން ފަށައިފައިވާ ކަމަށްެވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.
އެމްއެންޑީއެފުން ބުނީ މިހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 7:37 ހާއިރު ކަމަށެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް