ގަމުގައި ބޭއްވި ޖަލްސާގައި އިޔާދް ވާހަކަދައްކަވަނީ. ފޮޓޯ:އެމްޑީޕީ
ގަމުގައި ބޭއްވި ޖަލްސާގައި އިޔާދް ވާހަކަދައްކަވަނީ. ފޮޓޯ:އެމްޑީޕީ
ހަބަރު 29 Aug 2023 | 06:38

ރައީސް ޞާލިޙް ހުންނެވީ ތަރައްޤީގެ މަޝްރޫޢުތައް ހިންގެވުމުގައި ބޮޑުތަނުން ކުރީގަ: އިޔާދް

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ހުންނެވީ ތަރައްޤީގެ މަޝްރޫޢުތައް ހިންގެވުމުގައި ބޮޑުތަނުން ކުރީގައި ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަދި ޢަދާލަތު ޕާޓީގެ ނައިބު ރައީސް މުހައްމަދު އިޔާދް ވިދާޅުވެއްޖެ އެވެ.

އިޔާދް މިހެން ވިދާޅުވީ ރޭ ލ ގަމުގައި ބޭއްވުނު ރައީސް ޞާލިޙްގެ ރިޔާސީ ކެމްޕޭނުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

"ނިމިދިޔަ ސަރުކާރާއި އަޅާބަލާއިރުގަ މިސަރުކާރުން މަގުހެދުމުގެ މަޝްރޫޢުތައް ދެގުނަ އިތުރަށް ކުރިއަށްގެނަދަމުން މިގެންދަނީ، ބިން ހިއްކުމުގެ މަޝަރޫޢުތައް ދެގުނައަށްވުރެ އިތުރަށް ކުރިއަށް ގެންދަމުން އެގެންދަނީ، އެސްއެމްއީ ލޯނު ހަތްގުނަ އިތުރަށް މިސްރުކާރުން ދޫކޮށްފި، ދިހަ ގުނަ އިތުރަށް ކްލާސްރޫމްތައް އަޅައިފި، އާދެ މިގޮތައް އަޅުގަނޑަށް ވަރަށް ދިގުލިސްޓެއް ދަންނަވާލެވިދާނެ، ތަރައްޤީގެ މަޝްރޫޢޫތައް ހިންގުމުގައި ބޮޑުތަނުން ކުރީގައި ރައީސް ޞާލިޙް ހުންނެވީ" އިޔާދުގެ ވާހަކައިގައި ވިދާޅުވިއެވެ.

އިޔާދް ވިދާޅުވީ ދިވެހިން މިއަދު ބޭނުންވަނީ ކަންކަން ކުރަން ކެރޭ ކަންކަން ކުރަން ދަންނަ ނަތީޖާ ނެރެދެއްވާ ލީޑަރެއް ކަމަށެވެ. އަދި އެބޭފުޅަކީ ރައީސް ޞާލިޙް ކަމަށް އިޔާދްވިދާޅުވިއެވެ. މީގެ އިތުރުން ދިވެހިން މިއަދު ބޭނުންވަނީ އަތޮޅުތެރޭގެ ރަށްތައް ބާކީ ނުކޮށް މުޅި ރާއްޖެ ތަރައްޤީކުރާނެ ކުރައްވާނެ ކެންޑިޑޭޓެއް ކަމަށާއި އެކެންޑިޑޭޓަކީ ރައީސް ޞާލިޙް ކަމަށް އިޔާދް ވިދާޅުވިއެވެ.

މިވޭތުވެދިޔަ 40 އަހަރު ނުހިންގޭވަރަށް މިފާއިތުވި ފަސް އަހަރު ރަށްރަށުގައި ތަރައްޤީގެ މަޝްރޫޢުތައް ހިންގަމުންދާކަމަށް ކެމްޕޭނު ދަތުރުތަކުގައި ރަށްރަށަށް ދިއުމުން އެރަށްރަށުން ބުނަމުންދާ ކަމަށް އިޔާދް ވިދާޅުވިއެވެ. އަދި ރަށްރަށުގެ ރައްޔިތުން ރައީސް ޞާލިޙަށް ތާއީދު ކުރައްވާ ސަބަބަކީއެއީ ކަމަށްވެސް އިޔާދް ވިދާޅުވިއެވެ.

ލ.ގަމުގައި ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްވެސް ވަނީ ވާހަކަފުޅުދައްކަވައިފައެވެ. މިޖަލްސާގައި ގަމު ދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު ވިސާމްވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އާ ހޮސްޕިޓަލް އަޅާތީ، ވިލިމާލޭ ހޮސްޕިޓަލްގެ ހިދުމަތްތައް އަމާން ހިޔާއަށް ބަދަލުކޮށްފި
15 Oct 2026 ހަބަރު

އާ ހޮސްޕިޓަލް އަޅާތީ، ވިލިމާލޭ ހޮސްޕިޓަލްގެ ހިދުމަތްތައް އަމާން ހިޔާއަށް ބަދަލުކޮށްފި

ކުއްލި ފަރުވާގެ ޚިދުމަތާއި އާންމު ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމުގެ އިންތިޒާމު މިހާރު އެ އިމާރާތުގައި ހަމަޖެހިފައި

ރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް އައި ކުރިއެރުން އައިއެމްއެފުން ފާހަގަކޮށްފި
15 Oct 2026 ހަބަރު

ރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް އައި ކުރިއެރުން އައިއެމްއެފުން ފާހަގަކޮށްފި

އައިއެމްއެފްގެ އަހަރީ ބައްދަލުވުމުގެ ހަވާސާގައި، އެ އިދާރާގެ އެގްޒެކެޓިވް ޑިރެކްޓަރު ޑރ. މުޙައްމަދު މާއިތު، ރާއްޖޭގެ މާލީ ވަޒީރު ހަސަން ޒަރީރާ ބައްދަލުކުރައްވައި، ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ޙާލަތު ހަމަމަގަށް އެޅުވުމަށް ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވާފައިވާކަމަށެވެ. އަދި ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކަށް ތައުރީފްކޮށް އެންމެފަހުން މޫޑީސްއިން ރާއްޖޭގެ ރޭޓިންނަށް އައި ހެޔޮބަދަލު ފާހަގަކުރެއްވިކަމަށް މާލީ ވުޒާރާއިން ބުންޏެވެ.

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނަގައިފި
15 Oct 2026 ހަބަރު

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނަގައިފި

ވުޒާރާއިން ބުނީ ލާމަރުކަޒީ ޤާނޫނުގެ ދަށުން މި ބިންތައް ސަރުކާރުގެ ކަމާބެހޭ ވުޒާރާގެ ބެލުމުގެ ދަށަށް ގެނައުމަށް ނިންމީ، ރައްޔިތުންނަށް ބޭނުންވާ ޢުމްރާނީ ތަރައްޤީގެ މުހިންމު މަޝްރޫޢުތައް ހިންގުމަށާއި އަސާސީ ޚިދުމަތްތައް ހަރުދަނާކަމާއެކު ފޯރުކޮށްދީ ބެލެހެއްޓުމުގެ މަޤްޞަދުގައި ކަމަށެވެ.

ކަނޑުވި މީހުން ސަލާމަތްކުރި ތިން ފުލުހަކަށް ރަން މެޑަލް އަރުވައިފި
15 Oct 2026 ހަބަރު

ކަނޑުވި މީހުން ސަލާމަތްކުރި ތިން ފުލުހަކަށް ރަން މެޑަލް އަރުވައިފި

ކ. ގާފަރު ކައިރިން ބަންޑުންޖެހި ކޮޅުވެއްޓިން ކަނޑުވި އަށް މީހެއްގެ ފުރާނަ ސަލާމަތްކުރި ތިން ފުލުހަކަށް ފުރާނަ ސަލާމަތްކުރުމުގެ ރަން މެޑަލް ކޮމިޝަނަރ އޮފް ޕޮލިސް އަރުވައިފިއެވެ.

އިންޑިއާގެ މަސްބޯޓުތަކާއި މަސްވެރިން މިނިވަންކުރުމުގެ މަސައްކަތް ފަށައިފި
15 Oct 2026 ހަބަރު

އިންޑިއާގެ މަސްބޯޓުތަކާއި މަސްވެރިން މިނިވަންކުރުމުގެ މަސައްކަތް ފަށައިފި

އިންޑިއާގެ ބައެއް މީޑިއާތަކުން ބުނެފައިވަނީ، މިދިޔަ އަންގާރަ ދުވަހުގެ ރޭ ރާއްޖޭގެ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނައި އެޤައުމުގެ ތިން މަސް ބޯޓާއި 26 މަސްވެރިން މިނިވަންކުރުމަށްޓަކައި ދިވެހި ސަރުކާރާ ގުޅިގެން ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް ކުރަމުންދާކަމަށެވެ. އެގޮތުން އެމީހުން ދޫކޮށްލުމަށް ކުރަންޖެހޭ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަމިލް ނާޑޫ ސްޓޭޓްގެ ޗީފް މިނިސްޓަރު ވިޖޭ، އެ ގައުމުގެ ހާރިޖީ ވަޒީރު، ޖައިޝަންކަރުގެ ކިބައިން އެދިވަޑައިގެންފައިވާކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައި އޮތް އެލްޖީއޭގެ ބޯޑް އިންތިހާބު މި މަހުގެ 31 ގައި
15 Oct 2026 ހަބަރު

މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައި އޮތް އެލްޖީއޭގެ ބޯޑް އިންތިހާބު މި މަހުގެ 31 ގައި

ވޯޓް ނެގުން އޮންނާނީ އެ ދުވަހުގެ ހެނދުނު 10:00 އިން ހަވީރު 4:00 އަށެވެ.

ބަރު އުޅަނދާއި މުދާ އުފުލާ އުޅަނދު ދުއްވުން މަނާ ގަޑިތަކެއް ކަނޑައަޅައިފި
15 Oct 2026 ހަބަރު

ބަރު އުޅަނދާއި މުދާ އުފުލާ އުޅަނދު ދުއްވުން މަނާ ގަޑިތަކެއް ކަނޑައަޅައިފި

ހެނދުނު 11:30 އިން މެންދުރު 1:30 އަށް، ބޮޑުތަކުރުފާނު މަގު ފިޔަވައި މާލޭގެ އެހެން މަގުތަކުގައާއި ބުރިޖު އަދި ހައިވޭގައި މިފަދަ އުޅަނދުތައް ދުއްވުން ވަނީ މަނާކޮށްފަ އެވެ.

މިނިވަން ވިޔަފާރީގެ ފުރުސަތުތައް އިތުރަށް ހުޅުވައިލުމަށް ހަރުދަނާ އުސޫލުތަކުން ކުރާ ކޮންމެ ކަމަކަށް ތަރުހީބުދޭނަން: އެމްޑީޕީ
15 Oct 2026 ހަބަރު

މިނިވަން ވިޔަފާރީގެ ފުރުސަތުތައް އިތުރަށް ހުޅުވައިލުމަށް ހަރުދަނާ އުސޫލުތަކުން ކުރާ ކޮންމެ ކަމަކަށް ތަރުހީބުދޭނަން: އެމްޑީޕީ

ރާއްޖޭގައި މިނިވަން ވިޔަފާރީގެ ފުރުސަތުތައް ފުޅާކުރުމަށް ހަރުދަނާ އުސޫލުތަކުގެ ތެރެއިން ކުރާ ކޮންމެ ކަމަކަށް ތަރުހީބުދޭ ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.