"ދިވެހީންގެ ރާއްޖެ" ސައިކަލް ބުރަށް ހުޅުމާލެ ޒުވާނުން ނުކުންނަނީ
"ދިވެހިންގެ ރާއްޖެ" ޒުވާނުންގެ ސައިކަލު ބުރު ހުޅުމާލޭގައި ބޭއްވުމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން އިއުލާނު ކޮށްފިއެވެ.
މިސައިކުލު ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ 1 ސެޕްޓެމްބަރު ވާ ހުކުރު ދުވަހު އެވެ.
ސައިކަލު ބުރު ފެށުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ފެރީ ޓާމިނަލް ކުރިމަތިންނެވެ. މި ސައިކަލު ބުރުގައި ބައިވެރިވުމަށް ވީހާވެސް ގިނަ ޒުވާނުންނަށް އެކޯލިޝަނުން ވަނީ ދަޢުވަތު ދީފައެވެ.
ޒުވާނުންގެ ސައިކަލު ބުރެއް ބޭއްވުމަށް ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ނިންމާފައިވާއިރު ހޯމަ ދުވަހުގެރޭ މާލެއިން 130 ޒުވާނަކު ވަނީ ޕީޕީއެމްއަށް ސޮއިކޮށްފައެވެ.
އިންތިޚާބުގެ ދުވަސް ގާތްވަމުން އަންނަވަރަކަށް ކެންޑިޑޭޓުންގެ ކެމްޕޭނުގެ ފޯރި އަންނަނީ ގަދަވަމުންނެވެ. ޕާޓީތަކާއި މިނިވަން ކެންޑިޑޭޓުންވެސް ދަނީ ތަފާތު ހަރަކާތްތައް އިންތިޒާމް ކޮށް ހިންގަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް