ފަލަސްތީނުގެ ކުޑަ ކުއްޖެއް
ފަލަސްތީނުގެ ކުޑަ ކުއްޖެއް
ދުނިޔެ 29 Oct 2023 | 11:52

ފަލަސްޠީނު އިސްރާއީލު ހަނގުރާމަ: ޝަހީދުވި މީހުންގެ އަދަދު 8000 އިން މައްޗަށް؛ ދެބައިކުޅަ އެއްބަޔަކީ ކުޑަކުދިން!

ހައްދުފަހަނައަޅާފައިވާ އިޒްރާއިލުގެ ޔަހޫދީ ސިފައިން، މެދުކެނޑުމެއް ނެތި ފަލަސްތީނަށް ދެމުންދާ ހަމަލާތަކިގައި ޝަހީދުކޮށްލި މީހުންގެ ޢަދަދު 8000 އިން މައްޗަށް އަރައިފިއެވެ.

ފަލަސްޠީނުގެ ހެލްތު މިނިސްޓްރީން މިއަދު އާއްމު ކޮށްފައިވާ މައުލޫމާތު ތަކުގައި ބުނެފައިވާ ގޮތުން، މި އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޒަޔަނިސްޓް ޔަހޫދީން ފަލަސްތީނަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 8000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އަދި އޭގެ ތެރެއިންވެސް ދެބައި ކުޅަ އެއްބަޔަކީ ކުށެއް ނެތް މައުސޫމް ކުޑަ ކުޑަކުދިން ކަމަށް އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

މި އަދަދަކީ ޝަހީދުވެފައިވާކަން ކަށަވަރުވެފައިވާ މީހުންގެ އަދަދަށް ވާއިރު، އިމާރާތް ތަކުގެ ދަށުވެފައިވާ މީހުންނާއި ކުދިން ނެގެމުންދާ ވަރަކަށް ޝަހީދުވި މީހުންގެ އަދަދު އެތައް ގުނައެއް މަތިވެގެން ދާނެ ކަމަށް ލަފާކުރެވެއެވެ.

ހެލްތު މިނިސްޓްރީން އިތުރަށް ބުނެފައިވާ ގޮތުގައި، ޣައްްޒާގެ ހާލަތު މިހާރުވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އަދި އެތަނުގެ ހޮސްޕިޓަލު ތަކުގައި މިވަގުތު ހުރި އެ އެމްބިއުލާންސްތައް އެންމެ ބޮޑަށް ހަލާކުވެ ގެއްލުންވެފައި ހުރި ސަރަހައްދު ތަކުގައި ބޭނުން ކުރަމުންދާ އިރު, އެ އެމްބިއުލާންސްތަކަށްވެސް ޔަހޫދީން އަންނަނީ ހުއްޓުވައި ހުރަސް އަޅަމުންނެވެ. އަދި ތެޔޮ ހުސްވަމުންދާތީ އެތަކެތި ދުއްވުމަށް ވަރަށް ބޮޑަށް ދަތިތަކާއި ކުރިމަތިވަމުންދާ ކަމަށް ބުނެފައިވެއެވެ. މިވަގުތު އެމްބިއުލެންސްތައް ދުއްވަމުން ދަނީ އާއްމުންގެ އެހީއާއެކު ލިބެމުންދާ ތެލުން ކަން ވެސް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

ހެލްތު މިނިސްޓްރީން އިތުރަށް ބުނީ، ހުކުރު ދުވަހުގެރޭ މުވާސަލާތީ ޚިދުމަތްތައް މެދުކަނޑާލުމަށްފަހު ހަރުކަށި ޔަހޫދީން ދިން ވަރުގަދަ ހަމަލާތަކަށްފަހު، އަލުން މުވާސަލާތީ ޚިދުމަތްތައް ދޭން ފަށާފައިވާއިރު، ލިބެމުންދަނީ ވަރަށް ހިތްދަތި، އަދި ހިތް ނުތަނަވަސް ކުރުވާ ޚަބަރުތައް ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ހުކުރު ދުވަހުގެ ރޭގެ ހަމަލާތަކުގައި މީހުން ދިރިއުޅޭ 100 ޢިމާރާތެއް ބިމާއި ހަމަވެފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ޣައްޒާއަށް އިސްރާއީލުން ދެމުން އަންނަ ހަމަލާތަކުގެ އިތުރުން އިންސާނިއްޔަތު ކަމެއް ނުބަހައްޓާ، ޣައްޒާގެ ރައްޔިތުންނަށް ބޯފެނާއި، އެހެނިހެން ތަކެތި ދިނުމަށް އިސްރާއީލުގެ ޔަހޫދީން ވަނީ ހުރަސް އަޅާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި
31 Oct 2026 ކުޅިވަރު

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި

މީގެ ކުރިންވެސް ކުރި ކޭމްޕް ދަތުރުގައިވެސް ފަލަސްތީނުން ވަނީ ރާއްޖެއާ ދެކޮޅަށް މެޗެއް ކުޅެފައެވެ. އެމެޗް ފަލަސްތީނުން ކާމިޔާބުކުރީ 6-0 ގެ ނަތީޖާއިންނެވެ.

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް
27 Oct 2026 ކުޅިވަރު

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް

ފަލަސްތީނުގެ ޓީމްގެ މި ދަތުރުގެ ތެރެއިން ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މި މެޗުތައް އޮންނާނީ މި މަހުގެ 30 ވަނަ ދުވަހާއި، އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު މާލޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.

އިޒްރޭލާ ހެދި ފަލަސްޠީނު ދަރިވަރުންގެ ތަޢުލީމީ ހައްޤަށް ބޮޑެތި ހުރަސްތަކެއް
27 Oct 2026 ދުނިޔެ

އިޒްރޭލާ ހެދި ފަލަސްޠީނު ދަރިވަރުންގެ ތަޢުލީމީ ހައްޤަށް ބޮޑެތި ހުރަސްތަކެއް

އެ ޖަމިއްޔާއިން ބުނީ ހުޅަނގު އައްސޭރީގައި ދިރިއުޅޭ އެތައް ހާސް ކުޑަކުދިންނަށް ތަޢުލީމު ޙާޞިލުކުރުމުގެ ޙައްޤުން މަޙްރޫމުވެ، ސްކޫލަށް ދިއުމަކީ ނުރައްކާތެރި ކަމަކަށް ވެފައިވާ ކަމަށެވެ

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ
24 Oct 2026 ކުޅިވަރު

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ

މި ތަމްރީނު ކޭމްޕްގައި ފަލަސްތީނު ޓީމު ގާއިމުވެ ތިބުމަށް ހަމަޖެހިފައިވަނީ ކ. ގުރައިދޫގައެވެ.

އިސްރާއީލުގެ ޤަތުލުއާންމު؛ ގައްޒާގައި ޝަހީދުވި މީހުންގެ އަދަދު 74،494 އަށް
21 Oct 2026 ދުނިޔެ

އިސްރާއީލުގެ ޤަތުލުއާންމު؛ ގައްޒާގައި ޝަހީދުވި މީހުންގެ އަދަދު 74،494 އަށް

އެ މިނިސްޓްރީން ހާމަކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން މިހާތަނަށް އިސްރާއީލުގެ ހަމަލާތަކުގައި 175،604 މީހަކަށް އަނިޔާވެފައިވެއެވެ.

އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް އިޒްރޭލުގެ ކުޅުންތެރިއަކު ކުޅުޖެހި މައްސަލަ ޔުއެފާއިން ބަލަން ފަށައިފި
07 Oct 2026 ކުޅިވަރު

އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް އިޒްރޭލުގެ ކުޅުންތެރިއަކު ކުޅުޖެހި މައްސަލަ ޔުއެފާއިން ބަލަން ފަށައިފި

ޔޫއެފާ ނޭޝަންސް ލީގުގައި ރިޕަބްލިކް އޮފް އަޔަލެންޑާއި އިޒްރޭލު ބައްދަލުކުރި މެޗުގެ ހާފްޓައިމްގައި، އިޒްރޭލުގެ ކުޅުންތެރިއަކު އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް ކުޅުޖެހި ކަމަށް ބުނާ މައްސަލައެއް ޔޫރަޕ...