ފޯރަމް އޮންނާނީ ނިވާ ކުރުމްބާ
ފޯރަމް އޮންނާނީ ނިވާ ކުރުމްބާ
ވިޔަފާރި 05 Jul 2026 | 20:00

ރީޖަނަލް ގްރީން އިކޮނޮމީ ފޯރަމް މި މަހު ބާއްވަނީ

ރީޖަނަލް ގްރީން އިކޮނޮމީ ފޯރަމް މި މަހު ބާއްވަން ނިންމައިފި އެވެ.

މިއީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ އާއި ވޯލްޑް ގްރީން އިކޮނޮމީ އޯގަނައިޒޭޝަން އަދި އޭއޯއެސްއައިއެސް ގުޅިގެން ބާއްވާ ފޯރަމެކެވެ.

އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓްރީން ބުނީ މި ފޯރަމްގެ މައިގަނޑު މަގުސަދަކީ އޭޝިއާ-ޕެސިފިކް ސަރަހައްދަށް ދެމެހެއްޓެނިވި އަދި ތަހައްމަލުކުރެވޭނެ މުސްތަގުބަލެއް ބިނާކުރުމަށްޓަކައި ބޭނުންވާ މުހިންމު އިސްތިރާޖީތަކާ ބެހޭގޮތުން މަޝްވަރާކޮށް، އެކަމަށް މަގުފަހިކުރުން ކަމަށެވެ.

ފޯރަމް އޮންނާނީ ނިވާ ކުރުމްބާ ގަ އެވެ. ދެ ދުވަހަށް މި ފޯރަމް ކުރިއަށް ދާނީ 29 އަދި 30 ވަނަ ދުވަހު އެވެ.

ފޯރަމްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އެލައިޑް އިންޝުއަރެންސްގެ "އައިފޯން ޑްރޮޕް" އަލުން ފަށައި، އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފި
22 Nov 2026 ވިޔަފާރި

އެލައިޑް އިންޝުއަރެންސްގެ "އައިފޯން ޑްރޮޕް" އަލުން ފަށައި، އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފި

ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރެންސް ކުންފުނި ކަމަށްވާ އެލައިޑް އިންޝުއަރެންސުން، 2026 ވަނަ އަހަރުގެ ދެވަނަ އައިފޯން ގިވްއަވޭ "އެލައިޑް އައިފޯން ޑްރޮޕް 2" ރަސްމީކޮށް ލޯންޗުކޮށްފިއެވެ. މި ޕްރޮމޯޝަންގެ ދަށުން ނަސީބުވެރި އެއް ފަރާތަކަށް މުޅިން އާ އައިފޯން 18 ޕްރޯ މެކްސް އެއް ލިބިގެންދާނެއެވެ.

ސިއްހަތަށް ނުރައްކާވާ މިންވަރަށް ވައި ނުސާފުވެ ރާއްޖޭގެ އެކިކަންކޮޅަށް ރަތް ސަމާލު
21 Nov 2026 ހަބަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް ވައި ނުސާފުވެ ރާއްޖޭގެ އެކިކަންކޮޅަށް ރަތް ސަމާލު

މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ވެބްސައިޓުން ދައްކާ ގޮތުގައި، ވިލިމާލޭގެ އޭކިއުއައި (ވައިގެ ކޮލިޓީ އިންޑެކްސް) ހުރީ 160 ގައެވެ. މާލެ ސަރަހައްދުގެ އޭކިއުއައި 160 ގައި ހުރިއިރު، ފޮނަދޫގެ އޭކިއުއައި ވެސް ހުރީ ސިއްހަތަށް ނުރައްކާވާ މިންވަރުގައެވެ. އެގޮތުން، ފޮނަދޫގެ އޭކިއުއައި ހުރީ 151 ގައެވެ. އަދި ހަމައެއާއެކު ކުޅުދުއްފުށީގެ އޭކިއުއައި ހުރީ މާލޭ ސަރަހައްދަށްވުރެ ގޯސްކޮށް 168 ގައެވެ.

އިއާދަކުރަނިވި ހަކަތަ އުފެއްދުމާއި ރައްކާކުރާ ނިޒާމުތަކަށް ރާއްޖެއަށް އިންވެސްޓްމަންޓްތައް ބޭނުންވޭ: ރައީސް
11 Nov 2026 ހަބަރު

އިއާދަކުރަނިވި ހަކަތަ އުފެއްދުމާއި ރައްކާކުރާ ނިޒާމުތަކަށް ރާއްޖެއަށް އިންވެސްޓްމަންޓްތައް ބޭނުންވޭ: ރައީސް

ރައީސްގެ ވާހަކަފުޅުގައި، 2023 ވަނަ އަހަރު ރާއްޖޭގެ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓު ކަމުގައި ހެދުމަށް ރާއްޖެއިން ކަނޑައެޅި ލަނޑުދަނޑި ހަނދާންކޮށްދެއްވިއެވެ

އިލެކްޓްރިކް އުޅަނދުތައް މަރާމާތުކުރުމުގެ ޤާބިލުކަން އިތުރުކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި
06 Nov 2026 ހަބަރު

އިލެކްޓްރިކް އުޅަނދުތައް މަރާމާތުކުރުމުގެ ޤާބިލުކަން އިތުރުކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

ރާއްޖޭގައި އިލެކްޓްރިކް އުޅަނދުތަކާއި ޗާޖިންގ ސްޓޭޝަންތައް ބެލެހެއްޓުމާއި މަރާމާތުކުރުމުގެ ފަންނީ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑާ ދެމެދު އިއްޔެ ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

ޖީ.ސީ.އެފްގެ ޑައިރެކްޓް އެކްސެސް އެންޓިޓީއެއްގެ ގޮތުގައި އެމް.އެފް.އެލް.ސީ ފާސްކޮށް، ރާއްޖެއިން ތާރީޚީ ކާމިޔާބީއެއް ހާސިލުކޮށްފި
28 Oct 2026 ވިޔަފާރި

ޖީ.ސީ.އެފްގެ ޑައިރެކްޓް އެކްސެސް އެންޓިޓީއެއްގެ ގޮތުގައި އެމް.އެފް.އެލް.ސީ ފާސްކޮށް، ރާއްޖެއިން ތާރީޚީ ކާމިޔާބީއެއް ހާސިލުކޮށްފި

މިއީ ދިވެހިރާއްޖެއިން މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށާއި، ޖައްވަށް ބޭރުވާ ވިހަ ގޭހުގެ މިންވަރު ކުޑަކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ބައިނަލްއަޤްވާމީ ފަންޑުތަކުން ސީދާގޮތެއްގައި މާލީ އެހީތެރިކަން ހޯދުމަށް ކުރަމުންދާ މަސައްކަތުގައި ތާރީޚީ މުހިއްމު ކާމިޔާބީއެއްކަން ފާހަގަކޮށްލެވެއެވެ.

ފެނަކައިން ވަކިކުރި އަފީފު ތިމާވެއްޓާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރުކަމަށް
15 Oct 2026 ހަބަރު

ފެނަކައިން ވަކިކުރި އަފީފު ތިމާވެއްޓާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރުކަމަށް

ފެނަކައިގެ އެމްޑީގެ މަގާމުން އޭނާ ވަކިކޮށްފައިވަނީ އެ ކުންފުނި އުވައިލުމަށް ސަރުކާރުން ނިންމެވުމާ ގުޅިގެންނެވެ.

ސައޫދީގެ ވެރިރަށް ރިޔާދުގައި ބޭއްވި 17 ވަނަ އެނަރޖީ ފޯރަމްގައި ރާއްޖެއިން ބައިވެރިވެއްޖެ
14 Oct 2026 ހަބަރު

ސައޫދީގެ ވެރިރަށް ރިޔާދުގައި ބޭއްވި 17 ވަނަ އެނަރޖީ ފޯރަމްގައި ރާއްޖެއިން ބައިވެރިވެއްޖެ

މި ފޯރަމްގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ހަކަތައިގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ދައުރު ދެމެހެއްޓެނިވި ގޮތެއްގައި ފުޅާކުރުމާއި، ތިމާވެއްޓާ ރައްޓެހި ގޮތްތައް ބޭނުންކޮށްގެން ކަރަންޓު އުފެއްދުމުގެ އިތުރުން، ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރެވިދާނެ ހަރުދަނާ ސިޔާސަތުތަކާ ގުޅޭގޮތުންނެވެ