އެމްޖީ ސްޕޯޓްސް އެކަޑަމީ
އެމްޖީ ސްޕޯޓްސް އެކަޑަމީ
ކުޅިވަރު 27 Jul 2024 | 13:33

އެމްޖީ ސްޕޯޓްސް އެކަޑެމީގެ ހޭންޑްބޯލް ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުސަތު އަލުން ހުޅުވާލައިފި

އެމްޖީ ސްޕޯޓްސް ކުލަބުގެ ފަރާތުން އިންތިޒާމްކޮށްގެން ކ.ކާށިދޫގައި ކުރިއަށް ގެންދާ އަންހެން ހޭންޑްބޯލް ޓްރެއިނިންގ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު އެކުލަބުން އަލުން ހުޅުވާލައިފި އެވެ.

އެމްޖީ ސްޕޯޓްސް ކުލަބުގެ ފަރާތުން އޮފިޝަލަކު ވޮއިސް ސްޕޯޓްސްއަށް މައުލޫމާތު ދިންގޮތުގައި ހޭންޑްބޯލް ޓްރެއިނިންގ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު އަލުން ހުޅުވާލީ ގިނަ ބެލެނިވެރިންތަކެއް އެކަމަށް އެދެމުންދާތީއެވެ.

މީހަރުވެސް އެމްޖީ ސްޕޯޓްސް އެކަޑަމީގެ ހޭންޑްބޯޅަ ޕްރޮގުރާމުގައި 43 ކުއްޖަކު ތަމްރީނު ހަދަމުންދާއިރު، މި ޕްރޮގުރާމް ކުރިއަށްދަނީ  ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އޭގެތެރެއިން ފުރަތަމަ ކެޓަގަރީގައި ގުރޭޑް އެކަކުން ފެށިގެން ފަހަކާއި ދެމެދުގެ 23 ކުދިން ހިމެނޭއިރު، ދެވަނަ ކެޓަގަރީގައި ހިމެނެނީ ގުރޭޑް ހަޔަކުން ފެށިގެން ދިހައަކާއި ދެމެދުގެ 20 ކުދިންނެވެ.

ވީމާ މި ޕްރޮގްރާމްގައި ދަރިވަރުން ބައިވެރިކުރުމަށް ޝައުގުވެރިވެލައްވާ ބެލެނިވެރިން " އެމްޖީ ސްޕޯޓްސް ކްލަބުގެ އެކަޑަމީގައި ރަޖިސްޓަރީ ވުމަށް އެދޭ ފޯމު" ފުރިހަމަ ކުރެއްވުމަށްފަހު 31 ޖުލައި 2024 ވާ ބުދަދުވަހުގެ 18:00 ގެ ކުރިން އެކުލަބަށް ހުށަހެޅުއްވުމަށް ވަނީ އެދިފައެވެ.

މިޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފޯމު ނެގުމާއި ހުށަހެޅުއްވުމުގެ ކަންކަން ކުރިއަށް ގެންދެވުމަށް ކުލަބުގެ އިވެންޓް ކޯޑިނޭޓަރު އައިމަން މުހައްމަދު ( ފޯން ނަންބަރު : 7864088 / 9391646 ) އާއި ގުޅުއްވައިގެން ކުރިއަށް ގެންދިއުމަށް ކުލަބުން އެދިފައި ވެއެވެ.

މީގެ އިތުރުން އޮންލައިންކޮށް ފޯމު ހުށަހެޅުއްވުމަށް ބޭނުންފުޅުވާ ފަރާތްތަކަށް ކުލަބުގެ ރަސްމީ ފޭސްބުކު ޕޭޖުން އަދި އިންސްޓަގްރާމް އެކައުންޓުން ފޯމުގެ ލިންކް ލިބިވަޑައިގަންނަވާނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި
31 Oct 2026 ކުޅިވަރު

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި

މީގެ ކުރިންވެސް ކުރި ކޭމްޕް ދަތުރުގައިވެސް ފަލަސްތީނުން ވަނީ ރާއްޖެއާ ދެކޮޅަށް މެޗެއް ކުޅެފައެވެ. އެމެޗް ފަލަސްތީނުން ކާމިޔާބުކުރީ 6-0 ގެ ނަތީޖާއިންނެވެ.

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް
27 Oct 2026 ކުޅިވަރު

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް

ފަލަސްތީނުގެ ޓީމްގެ މި ދަތުރުގެ ތެރެއިން ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މި މެޗުތައް އޮންނާނީ މި މަހުގެ 30 ވަނަ ދުވަހާއި، އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު މާލޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ
24 Oct 2026 ކުޅިވަރު

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ

މި ތަމްރީނު ކޭމްޕްގައި ފަލަސްތީނު ޓީމު ގާއިމުވެ ތިބުމަށް ހަމަޖެހިފައިވަނީ ކ. ގުރައިދޫގައެވެ.

ފީފާ ފެސްޓިވަލްގައި ޒުވާން ޓީމް މިއަދު ނިކުންނާނީ ދެކުނު އެފްރިކާ އާ ދެކޮޅަށްެ
24 Oct 2026 ކުޅިވަރު

ފީފާ ފެސްޓިވަލްގައި ޒުވާން ޓީމް މިއަދު ނިކުންނާނީ ދެކުނު އެފްރިކާ އާ ދެކޮޅަށްެ

މިއީ މި ފެސްޓިވަލްގައި ރާއްޖެ ވާދަކުރާ ފުރަތަމަ މެޗެވެ. މި ފެސްޓިވަލްގައި ދެކުނު އެފްރިކާގެ އިތުރުން ރާއްޖެ ހިމެނޭ ގްރޫޕްގައި ވަރުގަދަ ޓީމްތައް ހިމެނެއެވެ. އޭގެ ތެރޭގައި ފްރާންސް، އެސްޓޯނިއާ އަދި ކޮސޯވޯ ހިމެނެއެވެ.

ޓީސީ އާ މާޒިޔާ ބައްދަލުކުރިމެޗް މާޒިޔާއަށް
15 Oct 2026 ކުޅިވަރު

ޓީސީ އާ މާޒިޔާ ބައްދަލުކުރިމެޗް މާޒިޔާއަށް

ދިރާގް ދިވެހި ޕްރިމިއާލީގްގައި މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބާއި މާޒިޔާ ބައްދަލުކުރިމެޗް ފަސޭހަކަމާއެކު މާޒުޔާ ކާމިޔާބުކޮށްފިއެވެ.

ބިސްބުރު ބަލިކުރުމަށްފަހު ވިކްޓްރީ ތާވަލްގެ އެއްވަނައަށް
14 Oct 2026 ކުޅިވަރު

ބިސްބުރު ބަލިކުރުމަށްފަހު ވިކްޓްރީ ތާވަލްގެ އެއްވަނައަށް

މި މެޗުން ލިބުނު މޮޅާއެކު ވިކްރީ މިހާރު އުޅެނީ ކުޅުނު 4 މެޗުން ލުބުނު 10 ޕޮއިންޓާއެކު ތާވަލްގެ އެއްވަނާގައެވެ. މެޗުން ބަލިބި ބިސްބުރު އުޅެނީ ތާވަލްގެ ފަސްވަނާގައެވެ.