ޢަލީ ރަމީޒު-- ފޮޓޯ/ ދާރިސް ޓީވީ
ޢަލީ ރަމީޒު-- ފޮޓޯ/ ދާރިސް ޓީވީ
ހަބަރު 30 Aug 2023 | 07:52

"ވަކި މީހަކު ނަމާދު ކުރީމާ ފުރައްސާރަ ކޮށްފައި, އަނެކާ ކުރީމާ ސަނާ ކިޔަނީ އަދުލުވެރި ނޫންވީމާ"

ވަކި މީހަކު ނަމާދު ކުރީމާ އެ ކަން ކުރާ މީހާއަށް ފުރައްސާރަ ކޮށްފައި, ތިމާ ތާއީދު ކުރާ މީހާ ނަމާދު ކުރީމާ އެމީހާއަށް ސަނާ ކިޔުމުން އެނގެނީ އެމީހާގެ އަދުލުވެރި ކަމެެއް ނެތްކަން ކަމަށް ދާރިސް ޓީގެ ސްޓޭޝަން މެނޭޖަރ ޢަލީ ރަމީޒު ވިދާޅުވެއްޖެއެވެ.

ޢަލީ މިއަދު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވަކި މީހަކު ނަމާދުކުރާ މަންޒަރު ފެނުނީމާ އޭނާ އަށް ފާޑުކިޔައި، ފުރައްސާރަ ކޮށްފައި، ތިމާ ސަޕޯޓުކުރާ މީހާ ނަމާދުކުރާ މަންޒަރު ފެނުނީމާ، މާތް الله އަށް ހަމްދުކޮށް، އޭނާއަށް މަދަހަ ސަނާ ކިޔާ މީހާގެ އެއްވެސް އަދުލުވެރިކަމެއް ނެތް ކަމަށެވެ. އަދި އެފަދަ މީހަކު ދައްކާ އެއްވެސް ވާހަކައެއް ގަބޫލުކުރަން ހެޔޮވެސް ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޢަލީ ރަމީޒު މިފަދައިން ވިދާޅުވެފައި މިވަނީ، އިދިކޮޅު ޕީޕިއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު އިމާމުވެ ބަޔަކާއިއެކު ނަމާދުކުރައްވާތަން ފެންނަ ފޮޓޯ އެއް ޓުވީޓާގައި ހިއްސާކުރައްވަމުން، އަދާލާތު އިލްމްވެރިންގެ މަޖިލީހުގެ ނާއިބް ރައީސް ޑރ.މުޙައްމަދު އިޔާޒު އާއި އަދިވެސް އެޕާޓީ އަށް ނިސްބަތްވާ ބައެއް އެކްޓިވިސްޓުން މުޢިއްޒަށް ފާޑުކިޔައި ވާހަކަދައްކާފައިވާ ދަނޑިވަޅެއްގަ އެވެ.

އެގޮތުން، މުޢިއްޒަށް ފާޑުވިދާޅުވެ އިޔާޒު ކުރެއްްވި ޓުވީޓެއްގައި ވިދާޅުވީ، 2023 ސެޕްޓެމްބަރު 9 ވަނަ ދުވަހު އޮންނަ އިންތިޚާބަކީ ދިވެހި ރައްޔިތުން ގޮވައިގެން އިމާމްވެ ނަމާދުކުރާނީ ކާކުތޯ ބަލަން ބާއްވާ އިންތިޚާބެއް ނޫން ކަމަށެވެ. އަދި އެއީ ކުރިޔަށް އޮތް ފަސް އަހަރު ދުވަހު ޤައުމުގެ ހުރިހާކަމެއް ބަލަހައްޓާ ހިންގުމުގެ ހުންގާނު ޙަވާލުކުރާނީ ކާކާތޯ ބަލަން ބާއްވާ އިންތިޚާބެއް ކަމަށް ޑރ.އިޔާޒު ވިދާޅުވިއެވެ.

"ނަމާދުގެ އިމާމްގެ ކިބައިގާ ހުންނަންޖެހޭ ޝަރްޠުތަކަކީ ތަފާތުކަމެއް" އިޔާޒު ވިދާޅުވި އެވެ.

މީގެ އިތުރުން އިޔާޒު ކުރެއްވި އެހެން ޓުވީޓެއްގައިވެސް އެކަމަށް ފާޑުވިދާޅުވަމުން، އިމާމްވެ ނަމާދު ކުރަން ޖެހޭނީ އެޖަމާޢަތަކަށް ޙާޟިރުވެހުރި އެންމެ ބޮޑަށް ޤުރްއާން ހިތުދަސް، އަދި ނަމާދުގެ ފިޤްހީ މައްސަލަތައް އެންމެ ބޮޑަށް ދަންނަމީހަކު ކަމަށް ވަނީ ވިދާޅުވެފަ އެވެ. އަދި އެއީ ފޮޓޯ ނަގަން ކުރަންޖެހޭ ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.

އިޔާޒުގެ މިފަދައިން ވިދާޅުވެފައި ވާއިރު، އޭނާ އާއި އަދާލަތު ޕާޓީއަށް ނިސްބަތްވާ ދީނީ އިލްމުވެރިންގެ ނަމުގައި ތިބި ސިޔާސީ އެކްޓިވިސްޓުންނަކީ މި ސަރުކާރު ގެނައުމަށާ، ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ސަނާ ކިޔުމާއި، ތައުރީފް ކުރުމުގައި އަބަދުހެން އުޅުއްވާ ބޭފުޅުން ކަން ފާހަގަކޮށްލަންޖެހެއެވެ. ނަމަވެސް މިސަރުކާރު އައި ފަހުން ފާހިޝް ކަންކަން އިންތިހާއަށް އިތުރުވެ، އެޑިޔުކޭޝަން ސިސްޓަމްގެ ތެރެއިން ދަރިވަރުން ދުރުހެލިކުރުވުމަށް ކުރާ ކަންކަމާއި ދެކޮޅަށް އެފަދައިން އަޑު އުފުލާފައި ނުވާކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އާ ހޮސްޕިޓަލް އަޅާތީ، ވިލިމާލޭ ހޮސްޕިޓަލްގެ ހިދުމަތްތައް އަމާން ހިޔާއަށް ބަދަލުކޮށްފި
15 Oct 2026 ހަބަރު

އާ ހޮސްޕިޓަލް އަޅާތީ، ވިލިމާލޭ ހޮސްޕިޓަލްގެ ހިދުމަތްތައް އަމާން ހިޔާއަށް ބަދަލުކޮށްފި

ކުއްލި ފަރުވާގެ ޚިދުމަތާއި އާންމު ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމުގެ އިންތިޒާމު މިހާރު އެ އިމާރާތުގައި ހަމަޖެހިފައި

ރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް އައި ކުރިއެރުން އައިއެމްއެފުން ފާހަގަކޮށްފި
15 Oct 2026 ހަބަރު

ރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް އައި ކުރިއެރުން އައިއެމްއެފުން ފާހަގަކޮށްފި

އައިއެމްއެފްގެ އަހަރީ ބައްދަލުވުމުގެ ހަވާސާގައި، އެ އިދާރާގެ އެގްޒެކެޓިވް ޑިރެކްޓަރު ޑރ. މުޙައްމަދު މާއިތު، ރާއްޖޭގެ މާލީ ވަޒީރު ހަސަން ޒަރީރާ ބައްދަލުކުރައްވައި، ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ޙާލަތު ހަމަމަގަށް އެޅުވުމަށް ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވާފައިވާކަމަށެވެ. އަދި ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކަށް ތައުރީފްކޮށް އެންމެފަހުން މޫޑީސްއިން ރާއްޖޭގެ ރޭޓިންނަށް އައި ހެޔޮބަދަލު ފާހަގަކުރެއްވިކަމަށް މާލީ ވުޒާރާއިން ބުންޏެވެ.

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނަގައިފި
15 Oct 2026 ހަބަރު

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނަގައިފި

ވުޒާރާއިން ބުނީ ލާމަރުކަޒީ ޤާނޫނުގެ ދަށުން މި ބިންތައް ސަރުކާރުގެ ކަމާބެހޭ ވުޒާރާގެ ބެލުމުގެ ދަށަށް ގެނައުމަށް ނިންމީ، ރައްޔިތުންނަށް ބޭނުންވާ ޢުމްރާނީ ތަރައްޤީގެ މުހިންމު މަޝްރޫޢުތައް ހިންގުމަށާއި އަސާސީ ޚިދުމަތްތައް ހަރުދަނާކަމާއެކު ފޯރުކޮށްދީ ބެލެހެއްޓުމުގެ މަޤްޞަދުގައި ކަމަށެވެ.

ކަނޑުވި މީހުން ސަލާމަތްކުރި ތިން ފުލުހަކަށް ރަން މެޑަލް އަރުވައިފި
15 Oct 2026 ހަބަރު

ކަނޑުވި މީހުން ސަލާމަތްކުރި ތިން ފުލުހަކަށް ރަން މެޑަލް އަރުވައިފި

ކ. ގާފަރު ކައިރިން ބަންޑުންޖެހި ކޮޅުވެއްޓިން ކަނޑުވި އަށް މީހެއްގެ ފުރާނަ ސަލާމަތްކުރި ތިން ފުލުހަކަށް ފުރާނަ ސަލާމަތްކުރުމުގެ ރަން މެޑަލް ކޮމިޝަނަރ އޮފް ޕޮލިސް އަރުވައިފިއެވެ.

އިންޑިއާގެ މަސްބޯޓުތަކާއި މަސްވެރިން މިނިވަންކުރުމުގެ މަސައްކަތް ފަށައިފި
15 Oct 2026 ހަބަރު

އިންޑިއާގެ މަސްބޯޓުތަކާއި މަސްވެރިން މިނިވަންކުރުމުގެ މަސައްކަތް ފަށައިފި

އިންޑިއާގެ ބައެއް މީޑިއާތަކުން ބުނެފައިވަނީ، މިދިޔަ އަންގާރަ ދުވަހުގެ ރޭ ރާއްޖޭގެ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނައި އެޤައުމުގެ ތިން މަސް ބޯޓާއި 26 މަސްވެރިން މިނިވަންކުރުމަށްޓަކައި ދިވެހި ސަރުކާރާ ގުޅިގެން ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް ކުރަމުންދާކަމަށެވެ. އެގޮތުން އެމީހުން ދޫކޮށްލުމަށް ކުރަންޖެހޭ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަމިލް ނާޑޫ ސްޓޭޓްގެ ޗީފް މިނިސްޓަރު ވިޖޭ، އެ ގައުމުގެ ހާރިޖީ ވަޒީރު، ޖައިޝަންކަރުގެ ކިބައިން އެދިވަޑައިގެންފައިވާކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައި އޮތް އެލްޖީއޭގެ ބޯޑް އިންތިހާބު މި މަހުގެ 31 ގައި
15 Oct 2026 ހަބަރު

މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައި އޮތް އެލްޖީއޭގެ ބޯޑް އިންތިހާބު މި މަހުގެ 31 ގައި

ވޯޓް ނެގުން އޮންނާނީ އެ ދުވަހުގެ ހެނދުނު 10:00 އިން ހަވީރު 4:00 އަށެވެ.

ބަރު އުޅަނދާއި މުދާ އުފުލާ އުޅަނދު ދުއްވުން މަނާ ގަޑިތަކެއް ކަނޑައަޅައިފި
15 Oct 2026 ހަބަރު

ބަރު އުޅަނދާއި މުދާ އުފުލާ އުޅަނދު ދުއްވުން މަނާ ގަޑިތަކެއް ކަނޑައަޅައިފި

ހެނދުނު 11:30 އިން މެންދުރު 1:30 އަށް، ބޮޑުތަކުރުފާނު މަގު ފިޔަވައި މާލޭގެ އެހެން މަގުތަކުގައާއި ބުރިޖު އަދި ހައިވޭގައި މިފަދަ އުޅަނދުތައް ދުއްވުން ވަނީ މަނާކޮށްފަ އެވެ.

މަންފާއިން މާފުށީގައި ޑިޖިޓަލް އިސްލާމިކް އިންފޮމޭޝަން ބޫތުތަކެއް ބަހައްޓަނީ، އެއްބަސްވުން ގާއިމުކޮށްފި
04 Oct 2026 ހަބަރު

މަންފާއިން މާފުށީގައި ޑިޖިޓަލް އިސްލާމިކް އިންފޮމޭޝަން ބޫތުތަކެއް ބަހައްޓަނީ، އެއްބަސްވުން ގާއިމުކޮށްފި

ދިވެހީންގެ ދީނީ ހޭލުންތެރިކަމަށް ވަރަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރާ މަންފާއިން ރާއްޖޭގައި ރަށު ފަތުރުވެރިކަން ފުޅާ ރަށްރަަށުގައި ޑިޖިޓަލް އިސްލާމިކް އިންފޮމޭޝަން ބޫތުތަކެއް ބަހައްޓަން ނިންމާފަ...