ރައީސް ޞާލިޙަށް ތާއީދު ހޯދުމަށް ބާއްވާ ސައިކަލު ބުރު މާދަމާ
ސެޕްޓެމްބަރު 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް ތާއީދު ހޯދުމަށް މާދަމާ ސައިކަލު ބުރެއް އޮންނާނެ ކަމަށް އެމްޑީޕީ އިން ބުނެފިއެވެ.
މި ސައިކަލު ބުރު ފެށުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ އެމްޑީޕީ ޖަގަހައިގެ ކުރިމަތިން މާދަމާ ހަވީރު 4:30 ގައެވެ.
ރިޔާސީ އިންތިޚާބު ގާތްވެފައި ވާއިރު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޞާލިޙް މިވަގުތު ހުންނެވީ ކެމްޕޭނު ދަތުރުފުޅެއްގައި ގދ.އަތޮޅުގައެވެ. ރައީސް ޞާލިޙްގެ ރަނިންގމޭޓް މުޙައްމަދު އަސްލަމް ހުންނެވީ ތ.އަތޮޅުގައެވެ.
އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ދަނީ ވަރަށް ޖޯޝާއި ފޯރިއާއި އެކު ކެމްޕޭނު ކުރައްވަމުންނެވެ. އެގޮތުން އިދިކޮޅު ކޯލިޝަނުންވެސް ދަނީ ފޯރި ގަދަ ހަރަކާތްތަކެއް ކުރިއަށް ގެންދަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް