ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު/ ފޮޓޯ: އިންޓަނެޓް
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު/ ފޮޓޯ: އިންޓަނެޓް
ހަބަރު 30 Aug 2023 | 14:09

އާރަށު މުއާމަލާތަކީ ޚިޔާނާތެއްކަން ސާބިތުކުރަން ދައުލަތުން ދެއްކީ މާ ކުރީގެ މާލީ ބަޔާނެއް!

ވ އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތް ހިންގުމުގައި ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމު ޚިޔާނާތްތެރިވެފައިވާކަން ސާބިތުކުރުމަށް ދައުލަތުން ކޯޓަށް ހުށައެޅީ އެ މުއާމަލާތް ހިނގުމުގެ ކުރީގެ މާ ކުރީގެ މާލީ ބަޔާނެއްކަން ހާމަވެއްޖެ އެވެ.

ވ އާރަށުގެ މުއާމަލާތާއި ގުޅުވާ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ކޮށްފައިވާ ހުކުމް، އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، މިއަދު ވަނީ އެ މައްސަލައިގެ އަޑުއެހުމެއް ހައި ކޯޓުގައި ބާއްވާފަ އެވެ.

މިއަދުގެ އަޑުއެހުމުގައި އޮތީ ރައީސް ޔާމިނުގެ ފަރާތްޕުޅުން ހުށައަޅާފައިވާ އިސްތިއުނާފީ ނުކުތާތަކަށް ދައުލަތުގެ ފަރާތުން ޖަވާބުދިނުމެވެ. އެގޮތުން މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވަނީ ރައީސް ޔާމިނުގެ އެޗްއެސްބީސީ އެކައުންޓަށް ޖަމާކުރި 1 މިލިއަން ޑޮލަރަކީ ޔޫސުފް ނައީމް އަތުން ބައްލަވައިގަތް ޑޮލަރުކަމަށް ބުނާ ބުނުން ދޮގުކޮށް، އެ 1 މިލިއަން ޑޮލަރަށްވާ 15 މިލިއަން ރުފިޔާއަކީ ވުޖޫދުގައިވާ ފައިސާކަން އެނގޭނެ މާލީ އެއްވެސް ހެތްކެއް ނެތްކަން ސާބިތުކުރުމަށް މަސައްކަތްކޮށްފަ އެވެ.

އެ މައުލޫގައި ދައުލަތުގެ ވަކީލު ވިދާޅުވީ 1 މިލިއަން ޑޮލަރަށްވާ 15 މިލިއަން ރުފިޔާއަކީ ވުޖޫދުގައިވާ ފައިސާއެއްކަން މާލީ ބަޔާންތަކާއި އެނޫންވެސް ރެކޯޑުތަކުން ފެންނަން ނެތް ކަމަށެވެ. އެހެންކަމުން ޑޮލަރު މާރުކުރިކަމަށް ބުނާ ވާހަކައަކީ ބުއްދީގެ ހަމަތަކުން ބަލާއިރު ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ފަނޑިޔާރު ހުކުމް ކުރެއްވުމުގައި ވެސް އެކަމަށް ބައްލަވާފައިވަނީ ރަނގަޅަށްކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

އެހެން ނަމަވެސް އެކަން ސާބިތުކޮށްދިނުމަށް ދައުލަތުން ހުށައަޅާފައިވަނީ 2013 ވަނަ އަހަރުގެ މާލީ ބަޔާނެކެވެ. އެއީ އާރަށުގެ މުއާމަލާތް ހިނގުމުގެ މާ ކުރީގެ މާލީ ބަޔާނެކެވެ. އާރަށުގެ މުއާމަލާތް ހިނގާފައިވަނީ 2015 ވަނަ އަހަރުގައެވެ.

އެކަން މިއަދުގެ ޝަރީއަތުގައި ފަނޑިޔާރުންގެ ބެންޗުން ވެސް ފާހަގަކުރެއްވި އެވެ. ޑޮލަރުމާރުކުރުމަށް ފައިސާ ހުރިތޯ ނުވަތަ ނެތް ތޯ ޔަގީންކުރުމަށް ބަލަންޖެހޭނީ 2014 ވަނަ އަހަރުން 2018 ވަނަ އަހަރުގެ ނިޔަލަށް އެކުލަވާލާފައިވާ މާލީ ބަޔާންތައް ނޫން ތޯ އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ހުޒައިފާ މުހައްމަދު ވަނީ ދައުލަތުގެ ވަކީލާއި ސުވާލުވެސް ކޮށްފަ އެވެ.

ސާފު ޖަވާބެއް ނުދެއްވާ ދައުލަތުގެ ވަކީލު ވިދާޅުވީ އެ މާލީ ބަޔާނަށް ބަލާއިރު، 15 މިލިއަން ރުފިޔާ ރައީސް ޔާމިނުގެ އެކައުންޓުގައި ނެތުމަކީ، އެއީ ޑޮލަރު އެކްސްޗޭންޖު މުއާމަލާތެއް ނޫންކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ. އަދި އެއީ ރިޝްވަތުގެ ގޮތުގައި ލިބުނު ފައިސާކަމަށް ކްރިމިނަލް ކޯޓުން މައްސަލަ ބެއްލެވި ފަނޑިޔާރު ޝަކީލު ނިންމެވި ނިންމުމަކީ ރަނގަޅު ނިންމުމެއްކަމަށް ބާރުލިބޭ ކަމެއް ކަމަށެވެ.

އާރަށު މައްސަލައިގައި މިހާރު ކުރިއަށް ދަނީ ދައުލަތުގެ ފަރާތުން އިސްތިއުނާފީ ނުކިތާތަކަށް ޖަވާބުދާރީވުމުގެ ފަހު ފުރުސަތެވެ. އާރަށު މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ނުނިމި ވަރަށް ބޮޑަށް ދިގުލައިގެންދާކަން ފާހަގަކޮށްލެވެއެވެ.

މިވަގުތު އާރަށު މުއާމަލާތާއި ގުޅިގެން ރައީސް ޔާމިނުގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމް ތަންފީޒު އެމަނިކުފާނު ކުރައްވަމުންދާއިރު، މި މައްސަލަ ލަސްވުމަކީ ރައީސް ޔާމިނުގެ ވަރަށް ގިނަ ހައްގުތަކަށް ހުރަސްއެޅޭ ކަމެއްކަން ފާހަގަކޮށް ގާނޫނީ ވަކީލުންނާއި އިދިކޮޅު ލީޑަރުންގެ އިތުރުން ރައީސް ޔާމިނުގެ ސަޕޯޓަރުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުން ނެވެ. ޗ

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އާ ހޮސްޕިޓަލް އަޅާތީ، ވިލިމާލޭ ހޮސްޕިޓަލްގެ ހިދުމަތްތައް އަމާން ހިޔާއަށް ބަދަލުކޮށްފި
15 Oct 2026 ހަބަރު

އާ ހޮސްޕިޓަލް އަޅާތީ، ވިލިމާލޭ ހޮސްޕިޓަލްގެ ހިދުމަތްތައް އަމާން ހިޔާއަށް ބަދަލުކޮށްފި

ކުއްލި ފަރުވާގެ ޚިދުމަތާއި އާންމު ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމުގެ އިންތިޒާމު މިހާރު އެ އިމާރާތުގައި ހަމަޖެހިފައި

ރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް އައި ކުރިއެރުން އައިއެމްއެފުން ފާހަގަކޮށްފި
15 Oct 2026 ހަބަރު

ރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް އައި ކުރިއެރުން އައިއެމްއެފުން ފާހަގަކޮށްފި

އައިއެމްއެފްގެ އަހަރީ ބައްދަލުވުމުގެ ހަވާސާގައި، އެ އިދާރާގެ އެގްޒެކެޓިވް ޑިރެކްޓަރު ޑރ. މުޙައްމަދު މާއިތު، ރާއްޖޭގެ މާލީ ވަޒީރު ހަސަން ޒަރީރާ ބައްދަލުކުރައްވައި، ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ޙާލަތު ހަމަމަގަށް އެޅުވުމަށް ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވާފައިވާކަމަށެވެ. އަދި ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކަށް ތައުރީފްކޮށް އެންމެފަހުން މޫޑީސްއިން ރާއްޖޭގެ ރޭޓިންނަށް އައި ހެޔޮބަދަލު ފާހަގަކުރެއްވިކަމަށް މާލީ ވުޒާރާއިން ބުންޏެވެ.

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނަގައިފި
15 Oct 2026 ހަބަރު

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނަގައިފި

ވުޒާރާއިން ބުނީ ލާމަރުކަޒީ ޤާނޫނުގެ ދަށުން މި ބިންތައް ސަރުކާރުގެ ކަމާބެހޭ ވުޒާރާގެ ބެލުމުގެ ދަށަށް ގެނައުމަށް ނިންމީ، ރައްޔިތުންނަށް ބޭނުންވާ ޢުމްރާނީ ތަރައްޤީގެ މުހިންމު މަޝްރޫޢުތައް ހިންގުމަށާއި އަސާސީ ޚިދުމަތްތައް ހަރުދަނާކަމާއެކު ފޯރުކޮށްދީ ބެލެހެއްޓުމުގެ މަޤްޞަދުގައި ކަމަށެވެ.

ކަނޑުވި މީހުން ސަލާމަތްކުރި ތިން ފުލުހަކަށް ރަން މެޑަލް އަރުވައިފި
15 Oct 2026 ހަބަރު

ކަނޑުވި މީހުން ސަލާމަތްކުރި ތިން ފުލުހަކަށް ރަން މެޑަލް އަރުވައިފި

ކ. ގާފަރު ކައިރިން ބަންޑުންޖެހި ކޮޅުވެއްޓިން ކަނޑުވި އަށް މީހެއްގެ ފުރާނަ ސަލާމަތްކުރި ތިން ފުލުހަކަށް ފުރާނަ ސަލާމަތްކުރުމުގެ ރަން މެޑަލް ކޮމިޝަނަރ އޮފް ޕޮލިސް އަރުވައިފިއެވެ.

އިންޑިއާގެ މަސްބޯޓުތަކާއި މަސްވެރިން މިނިވަންކުރުމުގެ މަސައްކަތް ފަށައިފި
15 Oct 2026 ހަބަރު

އިންޑިއާގެ މަސްބޯޓުތަކާއި މަސްވެރިން މިނިވަންކުރުމުގެ މަސައްކަތް ފަށައިފި

އިންޑިއާގެ ބައެއް މީޑިއާތަކުން ބުނެފައިވަނީ، މިދިޔަ އަންގާރަ ދުވަހުގެ ރޭ ރާއްޖޭގެ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނައި އެޤައުމުގެ ތިން މަސް ބޯޓާއި 26 މަސްވެރިން މިނިވަންކުރުމަށްޓަކައި ދިވެހި ސަރުކާރާ ގުޅިގެން ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް ކުރަމުންދާކަމަށެވެ. އެގޮތުން އެމީހުން ދޫކޮށްލުމަށް ކުރަންޖެހޭ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަމިލް ނާޑޫ ސްޓޭޓްގެ ޗީފް މިނިސްޓަރު ވިޖޭ، އެ ގައުމުގެ ހާރިޖީ ވަޒީރު، ޖައިޝަންކަރުގެ ކިބައިން އެދިވަޑައިގެންފައިވާކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައި އޮތް އެލްޖީއޭގެ ބޯޑް އިންތިހާބު މި މަހުގެ 31 ގައި
15 Oct 2026 ހަބަރު

މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައި އޮތް އެލްޖީއޭގެ ބޯޑް އިންތިހާބު މި މަހުގެ 31 ގައި

ވޯޓް ނެގުން އޮންނާނީ އެ ދުވަހުގެ ހެނދުނު 10:00 އިން ހަވީރު 4:00 އަށެވެ.

ބަރު އުޅަނދާއި މުދާ އުފުލާ އުޅަނދު ދުއްވުން މަނާ ގަޑިތަކެއް ކަނޑައަޅައިފި
15 Oct 2026 ހަބަރު

ބަރު އުޅަނދާއި މުދާ އުފުލާ އުޅަނދު ދުއްވުން މަނާ ގަޑިތަކެއް ކަނޑައަޅައިފި

ހެނދުނު 11:30 އިން މެންދުރު 1:30 އަށް، ބޮޑުތަކުރުފާނު މަގު ފިޔަވައި މާލޭގެ އެހެން މަގުތަކުގައާއި ބުރިޖު އަދި ހައިވޭގައި މިފަދަ އުޅަނދުތައް ދުއްވުން ވަނީ މަނާކޮށްފަ އެވެ.

ވެރިކަމުގައި ހުންނައިރު، ހެޔޮއެދޭ ފަރާތްތަކުންދޭ ފައިސާގައި ހިފުމަކީ މަނާކަމެއް ނޫން: ރައީސް ޔާމީން
14 Oct 2026 ހަބަރު

ވެރިކަމުގައި ހުންނައިރު، ހެޔޮއެދޭ ފަރާތްތަކުންދޭ ފައިސާގައި ހިފުމަކީ މަނާކަމެއް ނޫން: ރައީސް ޔާމީން

ވެރިކަމުގައި ހުންނަވާ ބޭފުޅަކަށް ހެޔޮއެދޭ ފަރާތްތަކުން ފައިސާ ދިނުން މަނާ ނޫން ކަމަށާއި މައްސަލައަކަށް ވަނީ އެ ފައިސާގެ ބަދަލެއްގެ ގޮތުގައި ނާޖާއިޒު ފައިދާ ހޯދައިދިނުން ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމް ކުރިމިނަލް ކޯޓުގައި ވިދާޅުވެއްޖެއެވެ.