އަބޫދާބީ އާއި ޔޫކޭ ފިޔަވާ ހުރިހާ ތަނެއްގައިވެސް ވޯޓުލުން ފެށިއްޖެ
(ޔޫއޭއީ)ގެ އަބޫދާބީ އާއި އިނގިރޭސިވިލާތް ފިޔަވާ ހުރިހާ ތަނެއްގައި ވޯޓުލުން ފަށާފައިގެން ކުރިއަށް ދާ ކަމުގައި އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
މިއަދު ހެނދުނު 8:00 ގައި ވޯޓުލުން ފެށިފައިވާއިރު ހަވީރު 5:00 ގެ ނިޔަލަށް ވޯޓުލުން ކުރިއަށް ދާނެ ކަމުގައި އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.
ރިޔާސީ އިންތިހާބުގެ މި ބުރުގައި ވޯޓުލުމުގެ ހައްގު 282،803 މީހަކަަށް ލިބިގެންވާއިރު، މި ފަހަރުގެ އިންތިހާބުގައި އިތުރު 408 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވާކަން ފާހަަގަކޮށްލެވެއެވެ.
އަދި ފުރަތަމަ ބުރާއި ހިލާފަށް އިބްތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް ރީރެޖިސްޓަރ ކުރި މީހުން އިތުުރުވެ، ރާއްޖެ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޖުމުލަ 586 ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފައެވެ.
މި އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ހައްގު 282،803 މީހަކަަށް ލިބިގެންވާއިރު، މި ފަހަރުގެ އިންތިހާބުގައި އިތުރު 408 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވާކަން ފާހަަގަކޮށްލެވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް