11 ޖެހުމާއި ހަމައަށް 97،220 މީހުން ވޯޓް ލައިފައިވޭ
11 ޖެހުމާއި ހަމައަސް 97،220 މީހުން ވޯޓް ލައިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އީސީ އިން ބުނެފައިވަނީ 11 ޖެހުމާއި ހަމައަސް 97،220 މީހުން ވޯޓު ލައިފައިވާ ކަމަށާއި، އެއީ 44،763 އަންހެކާއި، 52،457 ފިރިހެނެއް ކަމަށެވެ.
އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓް ލުމުގެ ހައްޤު 282،804 ދިވެހި ރައްޔިތަކަށް ލިބިފައިވެއެވެ.
އިންތިޚާބުގެ ދެވެނަ ބުރުގައި 586 ފޮއްޓެއް ބެހެއްޓިފައިވާއިރު ލަންޑަނާއި އަބޫދާބީގެ ވޯޓް ފޮށި ނޫން އެހެން ހުރިހާ ފޮއްޓެއްގެ ވޯޓު ލުން ވަނީ ހެނދުނު 8 ޖެހިއިރު ވަނީ ފެށިފައެވެ.
ވޯޓު ކިޔުއަށް އެރުމުގެ އެންމެ ފަހި ވަގުތަކީ 5:00 އެވެ. އީސީ އިން ބުނެފައިވަނީ ސަބަބެއް މެދުވެރިވެރިވެގެން ވޯޓުލުން މެދުކަނޑާލަން ޖެހުނަސް ވޯޓު ކިޔުއަށް އަރާ ވަގުތު އިތުރު ނުކުރާނެ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް