ރިޔާސީ އިންތިހާބުގެ ވޯޓުލުން ކުރިއަށްދަނީ
ރިޔާސީ އިންތިހާބުގެ ވޯޓުލުން ކުރިއަށްދަނީ
ހަބަރު 30 Sep 2023 | 08:30

ވޯޓުލުން ފެށުމުގެ ކަންކަން ދިޔައީ ރަނގަޅަށް: ޓްރާންސްޕޭރެންސީ

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ވޯޓުލުން ފެށުމުގެ އެންމެހައި ކަންކަން ކުރިއަށް ދިޔައީ ޖުމްލަކޮށް ރަނގަޅަށް ކަމުގައި ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފިއެވެ.

އެގޮތުން އިންތިހާބުގައި ވޯޓުލާން ބަހައްޓާފައި ހުރި ހުރިހާ ފޮއްޓެއް ވެސް 9:00 ގެ ކުރިން ހުޅުވި ކަމަށާއި ވޯޓު ފޮށި ހުޅުވަން ކަނޑައެޅި ވަގުތުގެ 10 މިނެޓް ތެރޭގައި 94 ޕަސެންޓް ފޮށި ހުޅުވާފައިވާކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. މީގެ އިތުރުން 8:10 އިން 8:30 އާ ދެމެދު 54 ޕަސެންޓު ވޯޓު ފޮށި ހުޅުވި ކަމަށްވެސް ޓްރާންސްޕޭރެންސީން އިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ޓްރާންސްޕޭރެންސީން ބުނީ، ވޯޓުލާން ފެށި އިރު ވޯޓުލާ ހުރިހާ މަރުކަޒެއްގައި ވެސް އޮފިޝަލުން ގަޑިއަށް ހާޒިރުވެ ތިބި ކަމަށާއި ވޯޓު ލާން ފެށުމުގެ ކުރިން ވޯޓު ކަރުދާސްތައް ގުނާ ހަމަކުރެވުނު ކަމަށެވެ.ހަމަ އެޔާއެކު ވޯޓު ލާ ފޮށިތަކުގެ 96 ޕަސެންޓު ފޮށިތައް ތައްޔާރުކޮށްފައިވަނީ ލާ ވޯޓުގެ ސިއްރުކަން ކަށަވަރުވާ ގޮތަށް ކަމުގައި ފާހަގަކޮށް އެ ޖަމިއްޔާއިން ބުނެފައިވަނީ ބާކީ ހަތަރު ޕަސެންޓު ފޮށިތަކުން ވޯޓުގެ ސިއްރުކަން ކަށަވަރު ނުކުރެވޭ ކަމަށެވެ.

މިފަހަރުގެ ރިޔާސީ އިންތިހާބުގައި ޓްރާންސްޕޭރެންސީގެ 490 އޮބްޒާވަރުން/ވޮލަންޓިއަރުން 297 ވޯޓު ފޮއްޓެއް ކައިރީގައި ހަރަކާތްތެރިވެ އެވެ.ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި މާލެ ސަރަހައްދާއި އަތޮޅުތެރެ އާއި ރިސޯޓުތަކާއި ސިނާއީ ސަރަހައްދުތަކާއި ޖަލާއި ބޭރުގެ ފަސް ގައުމެއްގައި 586 ވޯޓު ފޮށި ބަހައްޓާފައިވެ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ވެމްކޯއަށް 2022 ވަނަ އަހަރު އެކަނިވެސް 127.9 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނު: އޮޑިޓް
15 Oct 2026 ހަބަރު

ވެމްކޯއަށް 2022 ވަނަ އަހަރު އެކަނިވެސް 127.9 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބުނު: އޮޑިޓް

އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ އެ ކުންފުނީގެ މާލީ ބަޔާންތަކުގެ އޮޑިޓް ރިޕޯޓަށް ބަލާއިރު، 2021 ވަނަ އަހަރުވެސް ވެމްކޯއަށް ވަނީ 82 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުން ވެފައެވެ.

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާ ލިބޭނެ ގޮތް ހަދަނީ
15 Oct 2026 ހަބަރު

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާ ލިބޭނެ ގޮތް ހަދަނީ

އެމަނިކުފާނު މިހެން ވިދާޅުވީ "ރައްޔިތުންގެ އަޑު" ސިލްސިލާގެ 10 ވަނަ ޕްރަގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އާ ހޮސްޕިޓަލް އަޅާތީ، ވިލިމާލޭ ހޮސްޕިޓަލްގެ ހިދުމަތްތައް އަމާން ހިޔާއަށް ބަދަލުކޮށްފި
15 Oct 2026 ހަބަރު

އާ ހޮސްޕިޓަލް އަޅާތީ، ވިލިމާލޭ ހޮސްޕިޓަލްގެ ހިދުމަތްތައް އަމާން ހިޔާއަށް ބަދަލުކޮށްފި

ކުއްލި ފަރުވާގެ ޚިދުމަތާއި އާންމު ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމުގެ އިންތިޒާމު މިހާރު އެ އިމާރާތުގައި ހަމަޖެހިފައި

ރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް އައި ކުރިއެރުން އައިއެމްއެފުން ފާހަގަކޮށްފި
15 Oct 2026 ހަބަރު

ރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް އައި ކުރިއެރުން އައިއެމްއެފުން ފާހަގަކޮށްފި

އައިއެމްއެފްގެ އަހަރީ ބައްދަލުވުމުގެ ހަވާސާގައި، އެ އިދާރާގެ އެގްޒެކެޓިވް ޑިރެކްޓަރު ޑރ. މުޙައްމަދު މާއިތު، ރާއްޖޭގެ މާލީ ވަޒީރު ހަސަން ޒަރީރާ ބައްދަލުކުރައްވައި، ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ޙާލަތު ހަމަމަގަށް އެޅުވުމަށް ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވާފައިވާކަމަށެވެ. އަދި ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކަށް ތައުރީފްކޮށް އެންމެފަހުން މޫޑީސްއިން ރާއްޖޭގެ ރޭޓިންނަށް އައި ހެޔޮބަދަލު ފާހަގަކުރެއްވިކަމަށް މާލީ ވުޒާރާއިން ބުންޏެވެ.

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނަގައިފި
15 Oct 2026 ހަބަރު

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނަގައިފި

ވުޒާރާއިން ބުނީ ލާމަރުކަޒީ ޤާނޫނުގެ ދަށުން މި ބިންތައް ސަރުކާރުގެ ކަމާބެހޭ ވުޒާރާގެ ބެލުމުގެ ދަށަށް ގެނައުމަށް ނިންމީ، ރައްޔިތުންނަށް ބޭނުންވާ ޢުމްރާނީ ތަރައްޤީގެ މުހިންމު މަޝްރޫޢުތައް ހިންގުމަށާއި އަސާސީ ޚިދުމަތްތައް ހަރުދަނާކަމާއެކު ފޯރުކޮށްދީ ބެލެހެއްޓުމުގެ މަޤްޞަދުގައި ކަމަށެވެ.

ކަނޑުވި މީހުން ސަލާމަތްކުރި ތިން ފުލުހަކަށް ރަން މެޑަލް އަރުވައިފި
15 Oct 2026 ހަބަރު

ކަނޑުވި މީހުން ސަލާމަތްކުރި ތިން ފުލުހަކަށް ރަން މެޑަލް އަރުވައިފި

ކ. ގާފަރު ކައިރިން ބަންޑުންޖެހި ކޮޅުވެއްޓިން ކަނޑުވި އަށް މީހެއްގެ ފުރާނަ ސަލާމަތްކުރި ތިން ފުލުހަކަށް ފުރާނަ ސަލާމަތްކުރުމުގެ ރަން މެޑަލް ކޮމިޝަނަރ އޮފް ޕޮލިސް އަރުވައިފިއެވެ.

އިންޑިއާގެ މަސްބޯޓުތަކާއި މަސްވެރިން މިނިވަންކުރުމުގެ މަސައްކަތް ފަށައިފި
15 Oct 2026 ހަބަރު

އިންޑިއާގެ މަސްބޯޓުތަކާއި މަސްވެރިން މިނިވަންކުރުމުގެ މަސައްކަތް ފަށައިފި

އިންޑިއާގެ ބައެއް މީޑިއާތަކުން ބުނެފައިވަނީ، މިދިޔަ އަންގާރަ ދުވަހުގެ ރޭ ރާއްޖޭގެ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނައި އެޤައުމުގެ ތިން މަސް ބޯޓާއި 26 މަސްވެރިން މިނިވަންކުރުމަށްޓަކައި ދިވެހި ސަރުކާރާ ގުޅިގެން ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް ކުރަމުންދާކަމަށެވެ. އެގޮތުން އެމީހުން ދޫކޮށްލުމަށް ކުރަންޖެހޭ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަމިލް ނާޑޫ ސްޓޭޓްގެ ޗީފް މިނިސްޓަރު ވިޖޭ، އެ ގައުމުގެ ހާރިޖީ ވަޒީރު، ޖައިޝަންކަރުގެ ކިބައިން އެދިވަޑައިގެންފައިވާކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

މަންމައަށް އަނިޔާކޮށް މަރުގެ އިންޒާރުދިން މައްސަލާގައި ދަރިއަކު ހައްޔަރުކޮށްފިކޮށްފި
22 Oct 2024 ހަބަރު

މަންމައަށް އަނިޔާކޮށް މަރުގެ އިންޒާރުދިން މައްސަލާގައި ދަރިއަކު ހައްޔަރުކޮށްފިކޮށްފި

ހިޔާ ޓަވަރުގެ އެޕާޓްމަންޓެއްގައި މަޔަކަށް އަނިޔާކޮށް މަރުގެ އިންޒާރުދިން މައްސަލައެއްގައި ދަރިއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މިކަމެއް ހިނގާފައިވަނީ ހިޔާ 13 ވަނަ ފްލެޓްގެ އެޕާޓްމަންޓެއ...