ވޯޓުލާ ކިޔު ބަންދު ކޮށްފި!
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލާ ކިޔުތައް ބަންދު ކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި ވޯޓުލާން ކިޔުގައި ޖެހެވޭނީ މިއަދު ހަވީރު 5:00 އާ ހަމައަށެވެ. އަދި އެއަށްފަހު ކިޔުތައް ބަންދުކުރާނެ ކަމަށާ، ނަމަވެސް ކިޔުގައި ޖެހިގެން ތިބި މީހުންނަށް ވޯޓު ލެވޭނެ އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިއަދު ހަތަރެއް ޖެހުމާ ހަމައަށް 221,496 މީހުން ވަނީ ވޯޓުލާ ފައެވެ. އެއީ ވޯޓުލެވޭ މީހުންގެ %78.32 މީހުން ކަމަށްވާއިރު މިހާރު ވޯޓު ނުލާ ތިބީ 61,308 މީހުންނެވެ. އެއީ %21.68 މީހުންނެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓްލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ޢަދަދަކީ 282،804 މީހުންނެވެ. ލަންޑަންގެ ވޯޓު ފޮއްޓާއި އަބޫދާބީގެ ފޮށިނޫން އެހެން ހުރިހާ ފޮއްޓެއްގެ ވޯޓް ލުން 8:00 ވަނީ ފެށިފަ އެވެ.
އީސީ އިން ބުނެފައިވައިވަނީ ސަބަބެއް މެދުވެރިވެގެން ވޯޓް ލުން ލަސްކޮށް ފެށުނު ނަމަވެސް ވޯޓް ކިޔު ބަންދު ކުރާ ވަގުތު ފަސް ނުކުރާނެ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް