ބާޒާރުމަތީ ފިހާރައެއްގައި ވިއްކަންހުރި ލުނބޯތަކެއް...
ބާޒާރުމަތީ ފިހާރައެއްގައި ވިއްކަންހުރި ލުނބޯތަކެއް...
ވިޔަފާރި 02 Jun 2025 | 09:30

ލުނބޯ ކިލޯއެއްގެ އަގު 75 ރުފިޔާއަށް އަރައިފި

އަބްދުﷲ ހުސައިން

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

މާލޭ ބާޒާރުގައި ލުނބޯ ކިލޯއެއްގެ އަގު 75 ރުފިޔާއަށް އުފުލިއްޖެއެވެ.

ބާޒާރުގައި އެންމެފަހުން ލުނބޯގެ އަގު އުފުލިފައިވަނީ މިދިޔަ ރޯދައަށް ތައްޔާރުވަމުންދަނިކޮށެވެ. އެގޮތުން މިއަހަރުގެ ފެބުރުއަރީމަހުގެ ތެރޭގައި ލުނބޯ ކިލޯއެއްގެ އަގު ވަނީ 80 ރުފިޔާއަށް އަރައިގެން ގޮސްފައެވެ. އޭރު ލުނބޯގެ އަގު ވެއްޓުނީ އެސްޓީއޯއިން ލުނބޯ އެތެރެކޮށް ވިއްކަން ފެށުމުންނެވެ. ބާޒާރުގައި ލުނބޯގެ އަގު އުފުލިފައިވާއިރު، މީގެ ހަފްތާއެއްހާ ދުވަސްކުރިން ބާޒާރުގައި ލުނބޯ ކިލޯއެއް އެންމެ އަގުބޮޑުވެގެންވެސް 30 ރުފިޔާއަށް ލިބެންހުއްޓެވެ.

ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކުގައި ތަކެތި ވިއްކާ ބައެއް ފަރާތްތަކުން ބުނީ، ލުނބޯ ވިއްކާއަގު ބޮޑުވީ، ގަންނަން ލިބޭ އަގު މިހާރު ބޮޑުވުމުގެ އިތުރުން ހޯލްސޭލްކޮށް ލުނބޯ ގަންނަން ލިބޭ އަދަދުވެސް މަދުވުމުން ކަމަށެވެ. މީގެ އިތުރުން މިދުވަސްވަރު ޑޮލަރު ގަންނަން ލިބޭ އަގު ބޮޑުވުމަކީވެސް ލުނބޯގެ އަގު އުފުލެން ދިމާވި އެއް ސަބަބުކަމަށް ލުނބޯ އެތެރެކުރާ ބައެއް ވިޔަފާރިވެރިން ފާހަގަކުރިއެވެ.

ބާޒާރުމަތީގައި ލުނބޯ ކިލޯއެއްގެ އަގު 75 ރުފިޔާގައި ހުރިއިރު، ހުޅުމާލޭގެ ބައެއް ފިހާރަތަކުގައި ލުނބޯ ކިލޯއެއް 80 ރުފިޔާއަށްވެސް ލިބެން އެބަހުއްޓެވެ. މާލޭ ބާޒާރުގައި މިދިޔަ އަހަރުގެ އޮގަސްޓްމަހު ލުނބޯ ކިލޯއެއްގެ އަގު 140 ރުފިޔާއަށްވެސް އަރައިގެންދިޔައެވެ. އެފަހަރު ލުނބޯގެ އަގު އުފުލިގެންދިޔައީ މޫސުންގޯސްވުމާއެކު ކަނޑުމަގުން ލުނބޯ ގެނައުމުގައި ދަތިތަކެއް ހުރުމުންނެވެ.

ލުނބޯ ހިމެނެނީ ދިވެހިން އާއްމު ދިރިއުޅުމުގަައި އެންމެ ގިނައިން ބޭނުންކުރާ އެއްޗެހީގެ ތެރެއިންނެވެ. ދިވެހިންނަކީ ކާބޯތަކެތި ހެދުމުގައި އާއްމުކޮށް ލުނބޯ ބޭނުންކުރާ ބައެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އޮގަސްޓް މަހު ބާޒާރުގެ އަގުތައް 1.15 އިންސައްތަ ދަށަށް ގޮސްފި
28 Sep 2026 ވިޔަފާރި

އޮގަސްޓް މަހު ބާޒާރުގެ އަގުތައް 1.15 އިންސައްތަ ދަށަށް ގޮސްފި

ކަރަންޓާއި ވައިގެ ދަތުރުފަތުރުގެ ޚަރަދުތައް ދަށަށްދިއުމާ ގުޅިގެން މިދިޔަ އޮގަސްޓް މަހު ރާއްޖޭގެ ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ޖުލައި މަހާ އަޅާބަލާއިރު 1.15 އިންސައްތަ ދަށަށް ގޮސްފައިވާ ކަމ...

ބާޒާރުގެ އަގުތައް ފެންނަ "އަގުމަގު" އެޕްލިކޭޝަން ތައާރަފްކޮށްފި
16 Jul 2026 ހަބަރު

ބާޒާރުގެ އަގުތައް ފެންނަ "އަގުމަގު" އެޕްލިކޭޝަން ތައާރަފްކޮށްފި

ބާޒާރުގެ އަގުތައް އެއްތަނަކުން ފަސޭހައިން އެނގޭގޮތަށް އިކޮނޮމިކް މިނިސްޓްރީން ވުޖޫދަށް ގެނައި "އަގުމަގު" އެޕްލިކޭޝަން ލޯންޗުކޮށްފިއެވެ. އަގުމަގު އެޕްލިކޭޝަނަކީ މާލޭ ބާޒާރުގެ އަގުތަކުގެ އިތުރުން އަތޮޅު...

ބާޒާރުގައި ލުނބޯ ކިލޯއެއްގެ އަގު 110 ރުފިޔާއަށް އަރައިފި
15 Apr 2026 ހަބަރު

ބާޒާރުގައި ލުނބޯ ކިލޯއެއްގެ އަގު 110 ރުފިޔާއަށް އަރައިފި

މާލޭ ބާޒާރުގައި ލުނބޯ ކިލޯއެއްގެ އަގު 110 ރުފިޔާއަށް އަރައިފިއެވެ. ބާޒާރުމަތީގެ ފިހާރަތަކުގެ އިތުރުން ދަތުރުވެރިންގެ މާރުކޭޓުގައިވެސް ލުނބޯގެ އަގު ވަރަށް ބޮޑެވެ. ތަކެތި ވިއްކާ ފަރާތްތަކުން ބުނީ ލުނބޫގ...

މެދުއިރުމަތީގެ މަސްރަހަށް އައި ނުތަނަވަސްކަމާއެކު، ރޯކަދުރުގެ އަގު ރެކޯޑް އަގަކަށް އުފުލިއްޖެ
24 Mar 2026 ވިޔަފާރި

މެދުއިރުމަތީގެ މަސްރަހަށް އައި ނުތަނަވަސްކަމާއެކު، ރޯކަދުރުގެ އަގު ރެކޯޑް އަގަކަށް އުފުލިއްޖެ

ބާޒާރުގައި މިއިން އަހަރަކު އަގު ނުއުފުލޭވަރަށް ރޯކަދުރުގެ އަގު އުފުލިއްޖެއެވެ. ބާޒާރުގައި ރޯކަދުރު ކިލޯއެއްގެ އަގު މިހާރު 400 ރުފިޔާއަށް އަރާފައިވާއިރު، ބައެއް ފިހާރަތަކުން ބުނީ މިއީ މިހާތަނަށް ރޯ ކަދ...

ބާޒާރުގައި ދިވެހި ކަރާ ކިލޯއެއްގެ އަގު 35 ރުފިޔާއަށް އަރައިފި
09 Mar 2026 ހަބަރު

ބާޒާރުގައި ދިވެހި ކަރާ ކިލޯއެއްގެ އަގު 35 ރުފިޔާއަށް އަރައިފި

މާލޭ ބާޒާރުގައި ދިވެހި ކަރާ ކިލޯއެއްގެ އަގު 35 ރުފިޔާއަށް އަރައިފިއެވެ. ދަތުރުވެރިންގެ މާރުކޭޓުގައި މިއަދު ތޮއްޑޫ ކަރާ ކިލޯއެއްގެ އަގު 35 ރުފިޔާގައި ހުރިއިރު، ލ.އަތޮޅުގެ އިތުރުން ކަނޑޫދޫ ކަރާ ކިލޯއެއް...

މާލޭ ބާޒާރުގައި އޮރެންޖުގެ އަގު 6 ރުފިޔާއަށް ދަށަށް ހިނގައްޖެ
26 Feb 2026 ހަބަރު

މާލޭ ބާޒާރުގައި އޮރެންޖުގެ އަގު 6 ރުފިޔާއަށް ދަށަށް ހިނގައްޖެ

އަގުއަރައިގެންދިޔަ އޮރެންޖުގެ އަގު މާލޭ ބާޒާރުގައި ވަރަށްބޮޑަށް ދަށަށް ހިނގައްޖެއެވެ. މިފަހަރުގެ ރަމަޟާންމަސް ފެށުނުއިރު އަދި އޭގެ ކުރިންވެސް ބާޒާރުގައި އެންމެ އަގުބޮޑު ބާވަތެއްގެ ގޮތުގައި ފާހަގަކުރެވ...