ކަނޑު ގަދަވާނެ ކަމަށް ލަފާކޮށް ބައެއް ސަރަހައްދު ތަކަަށް ހުދު ސަމާލު ނެރެފި
ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބައެއް ސަރަހައްދު ތަކަށް ހުދު ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން ހުދު ސަމާލު ނެރެފައި ވަނީ މިއަދު ހެނދުު 9:00 އިން 14:00 އަށް ހދ. އަތޮޅުން ފެށިގެން ކ. އަތޮޅަށެވެ.
މެޓް އޮފީހުން ބުނީ، އެ ވަގުތު ތަކުގައި އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށާ، އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށެވެ ލަފާކޮށްފައި ވެއެވެ.
ދުވަހުގެ މޫސުން ލަފާކޮށް މެޓް އޮފީހުން ބުނެފައިވާ ގޮތުގައި މިއަދު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެއެވެ.
އަދި ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާ، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވާނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް