ފަތުރުވެރިން ފައިބަނީ
ފަތުރުވެރިން ފައިބަނީ
ވިޔަފާރި 31 Dec 2022 | 06:38

އަންނަ މަހުން ފެށިގެން ޗައިނާއިން ޓޫރިސްޓުން ރާއްޖެ އަންނަނީ

އަންނަ މަހުން ފެށިގެން ޗައިނާއިން ޓޫރިސްޓުން ރާއްޖެ އަންނަން ފަށާނެ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ވަންގް ލިޒިން ވިދާޅުވެއްޖެއެވެ.

ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު ޗައިނާއިން ރާއްޖެއަށް ފަތުރުވެރިން އަންނަން ފަށާއިރު، ދަތުރު ކުރުމުގައި ވަކި ގޮތްތަކެއްގެ މަތިން އެ ގައުމުގެ ރައްޔިތުންނަށް ލުއި ދޭނެ ކަމަށް ވަންގް ވިދާޅުވިއެވެ. އެހެން ނަމަވެސް ދެ ޤައުމުގެ ދެމެދުގައި ސީދާ ދަތުރުތައް ފެށުމަށް އަދި ވަގުތު ނަގާނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮވިޑް-19 އާ ގުޅިގެން ޗައިނާގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް، ޖެނުއަރީ މަހުގެ އަށް ވަނަ ދުވަހު އެގައުމުގެ ބޯޑަރު އަލުން ހުޅުވަން ވަނީ ނިންމާފައެވެ.

މީީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ބޯޑަރު ހުޅުވާލުމުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރަން ބޭނުންވެފައި ތިބި ޗައިނާ ރައްޔިތުންނާއެކު ބައެއް އެއާލައިންތަކާއި ޓްރެވަލް ވެބްސައިޓް ތަކަށް ބާރު ބޮޑުވާނެއެވެ..

ޗައިނާއަކީ ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން އެންމެ ފުރަތަމަ ބޯޑަރު ބަންދުކޮށް، އަދި އެންމެ ފަހުން ބޯޑަރު ހުޅުވާލާނެ ގައުމެވެ.

ކޯވިޑް19 ގެ ކުރިން ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ މާކެޓެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން 2019 ވަނަ އަހަރު ޗައިނާއިން ރާއްޖެއަށް ދެ ލައްކަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޗައިނާގެ ބާޒާރަށް މަސް ބޭރުކުރުމަށް މިފްކޯއިން ތައްޔާރުވަނީ
28 Oct 2026 ހަބަރު

ޗައިނާގެ ބާޒާރަށް މަސް ބޭރުކުރުމަށް މިފްކޯއިން ތައްޔާރުވަނީ

މިފްކޯއިން ވަނީ ޗައިނާގެ ސައިނޯމެކް ހައިނާން ޑިވެލޮޕްމަންޓް ކޮމްޕެނީއާއެކު އެމްއޯޔޫއެއް އެއްގައި މިއަދު ސޮއިކޮށްފައެވެ. މިފްކޯއިން މަޢުލޫމާތު ދިން ގޮތުގައި މިއީ ރާއްޖޭގެ ކަނޑުމަސް ޗައިނާގެ ބާޒާރަށް އެކްސްޕޯޓްކުރުމުގެ ފުރުޞަތުތައް ފަހިކުރުމުގެ މަޤްޞަދުގައި ވެވުނު މުހިންމު އެއްބަސްވުމެކެވެ.

ފޯރަމްގައި ސޮއިކުރެވޭ އެއްބަސްވުންތަކުގެ ސަބަބުން އިގްތިސާދީ ގުޅުން އިތުރަށް ބަދަހިވެގެންދާނެ: ޗައިނާ ސަފީރު
28 Oct 2026 ހަބަރު

ފޯރަމްގައި ސޮއިކުރެވޭ އެއްބަސްވުންތަކުގެ ސަބަބުން އިގްތިސާދީ ގުޅުން އިތުރަށް ބަދަހިވެގެންދާނެ: ޗައިނާ ސަފީރު

ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު މީގެކުރިން ސޮއިކުރެވުނު އެއްބަސްވުންތަކާއި، "ޗައިނާ–މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް" ގެ ތެރެއިން ސޮއިކުރެވޭ އެއްބަސްވުންތަކުގެ ސަބަބުން ދެ ގައުމުގެ އިގްތިސާދީ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާ ވިދާޅުވެއްޖެއެވެ.

ޗައިނާ-ރާއްޖެ އިންވެސްޓްމަންޓް ފޯރަމް ފަށައިފި
28 Oct 2026 ހަބަރު

ޗައިނާ-ރާއްޖެ އިންވެސްޓްމަންޓް ފޯރަމް ފަށައިފި

ޤައުމީ އުފެއްދުންތެރިކަމުގެ މައުރަޒުގެ ހަވާސާގައި ބާއްވާ ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް ރައީސް ޑރ. މުޢިއްޒު ފައްޓަވައިދެއްވައިފިއެވެ. ޗައިނާގެ 40 އަށް ވުރެ ގިނަ ކުންފުނި ބައިވެރިވެ، ފަސް އެމްއޯޔޫއެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޗައިނާގެ ކުރީގެ ލީޑަރު މާއޯއަށް މަލާމާތްކުރި މައްސަލާގައި އެމްބާޕޭ މައާފަށް އެދިއްޖެ
27 Oct 2026 ކުޅިވަރު

ޗައިނާގެ ކުރީގެ ލީޑަރު މާއޯއަށް މަލާމާތްކުރި މައްސަލާގައި އެމްބާޕޭ މައާފަށް އެދިއްޖެ

މި މައްސަލަ ފެންމަތިވީ ފަރަންސޭސި ޓޯކް ޝޯއެއް ކަމަށްވާ "ދަ ބްރިޖް" ގައި ވާހަކަދައްކަމުން، އިންޓަނެޓްގައި ދައުރުވާ މަޖާ ވީޑިއޯއަކަށް އިޝާރާތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެންނެވެ.

ޗައިނާގެ ބެއިޖިންގައި މޯލްޑިވިއަންއިން އާ އޮފީހެއް ރަސްމީކޮށް ހުޅުވައިފި
26 Oct 2026 ހަބަރު

ޗައިނާގެ ބެއިޖިންގައި މޯލްޑިވިއަންއިން އާ އޮފީހެއް ރަސްމީކޮށް ހުޅުވައިފި

މޯލްޑިވިއަންއިން ބުނީ މި އޮފީސް ހުޅުވުމަކީ ޗައިނާގެ މާކެޓުގައި އެ އެއާލައިންގެ ހަރަކާތްތައް އިތުރަށް ވަރުގަދަކޮށް، އެ ޤައުމުގައި ތިބި ވިޔަފާރި ބައިވެރިންނާއި ކަސްޓަމަރުންނާ އޮންނަ ގުޅުން ބަދަހިކުރުމަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ

ޗައިނާއިން ރާއްޖެއަށް 880 ސޯލާ މަގުބައްތި ހަދިޔާކޮށްފި
20 Oct 2026 ހަބަރު

ޗައިނާއިން ރާއްޖެއަށް 880 ސޯލާ މަގުބައްތި ހަދިޔާކޮށްފި

ޗައިނާ ސޯލާ ލައިޓްސް މޯލްޑިވްސް މަޝްރޫޢުގެ ދަށުން 880 ސޯލާ މަގުބައްތި ރާއްޖެއާ ހަވާލުކޮށްފި އެވެ. މިނިސްޓަރު މުއްޠަލިބާއި ސަފީރު ކޮންގް އެއްބަސްވުމުގައި ސޮއިކުރެއްވި އެވެ.