މިލަދޫ އާއި ހޮޅުދޫ ވާދަކުރި މެޗުގެ ތެރެއިިން... ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން
މިލަދޫ އާއި ހޮޅުދޫ ވާދަކުރި މެޗުގެ ތެރެއިިން... ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން
ކުޅިވަރު 26 Jan 2024 | 10:19

ހޮޅުދުއާއި މިލަދޫގެ ކުރިމަތިލުން އެއްވަރު

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް "ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024" ގެ ނ. އަތޮޅުގެ އަތޮޅު ބުރުގައި މިލަދޫ އާއި ހޮޅުދޫ ވާދަކުރި މެޗު 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެއްޖެ އެވެ.

މުބާރާތުގައި މިލަދޫ އިން ކުޅުނު ފުރަތަމަ މެޗުގައި ވެލިދޫ އަތުން 3-1 ގެ ނަތީޖާއަކުން މޮޅުވިއިރު، ދެވަނަ މެޗުގައި 3-2 ގެ ނަތީޖާއަކުން އެޓީމު ވަނީ މާފަރު އަތުން ބަލިވެފައެވެ. އަދި ހޮޅުދޫގެ ފުރަތަމަ މެޗުގައި އެޓީމުން ވަނީ 2-0 ގެ ނަތީޖާއަކުން ވެލިދޫ އަތުން މޮޅުވެފައެވެ.

ހުޅުމާލޭ ރެހެންދި އެއް ނަންބަރު ފުޓްސަލް ދަނޑުގައި ކުޅެވުނު މި މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު މި މެޗުގެ ވަރަށް ކުރީކޮޅު މިލަދޫ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ.

މިލަނޑު މެޗު ފެށިގެން ފަސްވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ހަސަން އަބްދުލް ސަމަދު އެވެ. މިއީ ހޮޅުދޫގެ ޕެނަލްޓީ އޭރިއާ ރޮނގުމަތީހުރެ ތިރިތިރިން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން މިލަދޫ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ހޮޅުދޫ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 27 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން އިބްރާހިމް ރަޝީދު އަބޫބަކުރު އެވެ.

މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ. އަދި މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ މިލަދޫ ޓީމުގެ ކެޕްޓަން ހަސަން އަބްދުލް ސަމަދު އެވެ.

މިނަތީޖާއާއެކު ތިން މެޗުން މިލަދޫ އަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، މިމެޗުން ލިބުނު އެއް ޕޮއިންޓާއެކު ދެ މެޗުން ހޮޅުދޫ އަށް ވެސް ވަނީ ހަތަރު ޕޮއިންޓް ލިބިފައެވެ.

މިއަހަރުގެ މުބާރާތުގައި ޖުމްލަ 129 ޓީމު ބައިވެރިވެފައިވާއިރު، މުބާރާތުގައި 320 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި 2023 ވަނަ އަހަރު ބޭއްވުނު މުބާރާތުގައި ނ. އަތޮޅުން އެއްވެސް ޓީމެއް ބައިވެރިވެފައި ނުވި ނަމަވެސް މިއަހަރުގެ މުބާރާތުގައި ނ.އަތޮޅުން ފަސް ޓީމު ވަނީ ބައިވެރިވެފައެވެ. އަދި މިއަތޮޅުގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ އެއްފަހަރު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމު ފައިނަލަށް ހޮވޭގޮތަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ނިއުކާސަލް ޔުނައިޓެޑުން އާސެނަލް ހުއްޓުވައިފި
22 Nov 2026 ކުޅިވަރު

ނިއުކާސަލް ޔުނައިޓެޑުން އާސެނަލް ހުއްޓުވައިފި

އާސެނަލްއަށް މެޗުގެ ތެރެއިން ކުރިމަތިވި އެންމެ ބޮޑު ކަންބޮޑުވުމަކީ އެޓީމުގެ އިތުބާރު ގޯލްކީޕަރު ޑޭވިޑް ރާޔާގެ ކޮނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން ބަދަލުކުރަން ޖެހުމެވެ. ކޯޗު މައިކަލް އާޓެޓާ ބުނިގޮތުގައި ރާޔާގެ އަނިޔާގެ ސީދާ ތަފްސީލެއް އެނގޭނީ މެޑިކަލް ޓެސްޓުތަކަށް ފަހުގައެވެ

އެލައިޓް އެފްސީ ބަލިކޮށް، "ހަނދު ރުނބާ ޗެލެންޖް 2026"ގެ ޗެމްޕިއަންކަން އެމްޕަޔަރސް އެފްސީއަށް؛ މުބާރާތުގެ ކިންގް އަކީ ލޫކް
17 Nov 2026 ކުޅިވަރު

އެލައިޓް އެފްސީ ބަލިކޮށް، "ހަނދު ރުނބާ ޗެލެންޖް 2026"ގެ ޗެމްޕިއަންކަން އެމްޕަޔަރސް އެފްސީއަށް؛ މުބާރާތުގެ ކިންގް އަކީ ލޫކް

އދ. ދަނގެތީ، ޤަލަމް ސްޕޯޓްސް އެކަޑަމީ އިން އިންތިޒާމްކޮށްގެން ބޭއްވި "ހަނދު ރުނބާ ޗެލެންޖް2026" ފުޓްސަލް މުބާރާތުގެ ފައިނަލް މެޗުގައި 3-0 ގެ ނަތީޖާއަކުން އެލައިޓް އެފްސީ ބަލިކޮށް، މުބާރާތުގެ ޗެމްޕިއަންކަން އެމްޕަޔަރސް އެފްސީން ހޯދައިފިއެވެ.

އިންޑިއާ ސެމީއަށް، އެންމެ ޕޮއިންޓެއްވެސް ނުލިބި ރާއްޖެ ސާފް ޗެމްޕިއަންޝިޕް ނިންމާލައިފި
11 Nov 2026 ކުޅިވަރު

އިންޑިއާ ސެމީއަށް، އެންމެ ޕޮއިންޓެއްވެސް ނުލިބި ރާއްޖެ ސާފް ޗެމްޕިއަންޝިޕް ނިންމާލައިފި

އިންޑިއާ މެޗުން ރާއްޖެއަށް ލިބުނު ނާކާމިޔާބީއާއެކު މުބާރާތުގައި އެންމެ ޕޮއިންޓެއްވެސް ނުލިބި ރާއްޖެ ވަނީ ކަޓާފައެވެ

މަރުގެ މެޗަކަށް ދިވެހިރާއްޖެ މިއަދު އިންޑިއާ އާ ދެކޮޅަށް
11 Nov 2026 ކުޅިވަރު

މަރުގެ މެޗަކަށް ދިވެހިރާއްޖެ މިއަދު އިންޑިއާ އާ ދެކޮޅަށް

މިއަދު ރާއްޖެ އާއި އިންޑިއާގެ މެޗަކީ ދެޓީމަށްވެސް ވަރަށް މުހިންމު މެޗެކެވެ. މި މެޗުން ރާއްޖެ ބަލިވެއްޖެނަމަ މުބާރާތުން ކުރިއަށް ދިއުމުގެ ދޮރު ބަންދުވާނެއެވެ.

ބަލިވި ނަމަވެސް ރާއްޖެއިން ޗައިނާ ކޮޅަށް ތިން ލަނޑު
09 Nov 2026 ކުޅިވަރު

ބަލިވި ނަމަވެސް ރާއްޖެއިން ޗައިނާ ކޮޅަށް ތިން ލަނޑު

މި މުބާރާތުގައި ރާއްޖެއިން ވަނީ ހޮންކޮންގާ ބައްދަލުކޮށް 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފައެވެ. އެފްއޭއެމުން ވަނީ. މުޅި މުބާރާތުގައިވެސް ދިވެހި ޓީމުގެ ފަރާތުން ފެނިގެންދިޔަ ކުޅުން ފާހަގަކޮށްފައެވެ.

ޒުވާން ޤައުމީޓީމް ތައިލެންޑަށް ފުރައިފި
05 Nov 2026 ކުޅިވަރު

ޒުވާން ޤައުމީޓީމް ތައިލެންޑަށް ފުރައިފި

މި މުބާރާތުގައި ރާއްޖެ ހިމެނެނީ ގްރޫޕް 'ބީ' ގައެވެ. މި ގްރޫޕުގައި ރާއްޖެއާއެކު ދެން ހިމެނެނީ މުބާރާތް ބާއްވާ ޤައުމު ކަމަށްވާ ތައިލެންޑުގެ އިތުރުން އިރާޤާއި، ހޮންގްކޮންގް އަދި ޗައިނީޒް ތައިޕޭއެވެ

ސާފް ޗެމްޕިއަންޝިޕަށް ރާއްޖޭގެ ޤައުމީ ޓީމް ބަންގްލަދޭޝްއަށް ފުރައިފި
04 Nov 2026 ކުޅިވަރު

ސާފް ޗެމްޕިއަންޝިޕަށް ރާއްޖޭގެ ޤައުމީ ޓީމް ބަންގްލަދޭޝްއަށް ފުރައިފި

ރާއްޖެ ކުޅޭ ފުރަތަމަ މެޗް އޮންނާނީ މިމަހުގެ 8 ވަނަ ދުވަހުއެވެ. އެމެޗްގައި ރާއްޖެ ނިކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ. އެއށްފަހު ދެން ރާއްޖެ ނިކުންނާނީ އިންޑިއާ އާ ދެކޮޅަށެވެ. މިއަދު ފުރި ޤައުމީޓީމްގެ ސްކޮޑްގައި ހިމެނެނީ 24 ކުޅުންތެރިންނެވެ.