އދ.ގެ ވެހިކަލް ތަކެއް
އދ.ގެ ވެހިކަލް ތަކެއް
ދުނިޔެ 10 Sep 2024 | 09:06

ޣައްޒާގައި އިސްރާއީލް ސިފައިން ހިފެހެއްޓި އދ.ގެ މުވައްޒަފުން 8 ގަޑިއިރު ފަހުން ދޫކޮށްލައިފި

ޣައްޒާގައި އިސްރާއީލް ސިފައިން ހިފެހެއްޓި އދ.ގެ މުވައްޒަފުން 8 ގަޑިއިރު ފަހުން ދޫކޮށްލައިފިއެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާގައި ހުންނަ އދ.ގެ ގާފިލާއެއް ހުއްޓުވީ، އެ ވެހިކަލްތަކުގައި "ފަލަސްތީނުގެ ޝައްކުކުރެވޭ" ގިނަ ބަޔަކު ތިބި ކަމަށް ބުނެއެވެ.

ގާފިހާ ހުއްޓުވީ އެމީހުންނާ ސުވާލު ކުރުމުގެ ބޭނުމުގައި ކަމަށް އިސްރާއީލުގެ ދިފާއީ ބާރު (އައިޑީއެފް) އިން ވަނީ ބުނެފައެވެ.

އދ.ގެ ގާފިލާ ހުއްޓުވާފައި


އަންރުވާގެ ކޮމިޝަނަރ-ޖެނެރަލް ފިލިޕް ލަޒަރީނީ ވިދާޅުވީ މި ގާފިލާ ހުއްޓުވާފައިވަނީ ބަޑިދޮށުން، ވާދީ ޣައްޒާ ޗެކްޕޮއިންޓް ހުރަސްކުރުމަށްފަކަމަށާއި އދ.ގެ މުވައްޒަފުން ހިފަހައްޓާނެކަމުގެ އިންޒާރުވެސް ދީފައިވާ ކަމަށެވެ.

އެ ގާފިލާގައި ހިމެނެނީ ޣައްޒާ ސިޓީއާއި އުތުރު ޣައްޒާގެ ކުޑަކުދިންނަށް ޕޯލިއޯ ވެކްސިންދިނުމުގެ ކެމްޕޭނެއް ހިންގުމަށް ދަތުރުކުރި ޤައުމީ އަދި ބައިނަލްއަޤްވާމީ މުވައްޒަފުންނެވެ.

މި ހާދިސާގެ ސަބަބުން އަންގާރަ ދުވަހު އުތުރު ޣައްޒާގައި ޕޯލިއޯ ކެމްޕޭން ކުރިއަށްގެންދެވޭނެކަން ކަށަވަރުކުރެވިފައެއް ނުވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިއީ އދ.ގެ މުވައްޒަފުންނާ ދެކޮޅަށް ހިންގާފައިވާ އެތައް ހާދިސާއެއްގެ ތެރެއިން އެންމެ ފަހުގެ ހާދިސާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
ލަޒަރީނީ އިތުރަށް ވިދާޅުވީ އދ.ގެ މުވައްޒަފުންނަށް އެމީހުންގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ރައްކާތެރިކަމާއެކު ފުރުޞަތު ދޭންޖެހޭނެ ކަމަށާއި، ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން އެމީހުން ރައްކާތެރިކުރަންޖެހޭނެ ކަމަށެވެ. އަދި މިކަން ޣައްޒާގައިވެސް ތަންފީޒުކުރަންޖެހޭނެ ކަމަށެވެ.

މި ހާތަނަށް ޣައްޒާގައި މަސައްކަތް ކުރަމުންދާ އދ.ގެ 200 އަށްވުރެ ގިނަ މީހުން ވަނީ މަރާލާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މުސާރަައިގެ މައްސަލަ ހޫނުވެ، ބަންގްލަދޭޝްގެ ފޭރާން ސިނާއަތް ހުއްޓުމަކަށް
02 Nov 2026 ދުނިޔެ

މުސާރަައިގެ މައްސަލަ ހޫނުވެ، ބަންގްލަދޭޝްގެ ފޭރާން ސިނާއަތް ހުއްޓުމަކަށް

މުސާރަ ކުޑަވުމާއި ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް އުފުލުމާ ގުޅިގެން، ބަންގްލަދޭޝްގެ އަންނައުނު އުފައްދާ ކާރުޚާނާތަކުގެ އެތައް ހާސް މުވައްޒަފުންނެއް މަގުތަކަށް ނުކުމެ ކުރަމުންދާ ވަރުގަދަ މުޒާހަރާތަކުގެ ސަބަބުން، އެ ޤައުމުގެ އިޤްތިޞާދުގެ މައިނާރު ކަމަށްވާ އަންނައުނު އުފެއްދުމުގެ ސިނާއަތް މުޅިން ހުއްޓުމަކަށް އަތުވެއްޖެއެވެ.

ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ރަޔަންއެއާގެ ފައިދާ ދަށަށް ހިނގައްޖެ
02 Nov 2026 ދުނިޔެ

ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ރަޔަންއެއާގެ ފައިދާ ދަށަށް ހިނގައްޖެ

ކުންފުނިން ބުނި ގޮތުގައި ފައިދާ ދަށަށް ދިޔަ މައިގަނޑު ސަބަބަކީ ބައިނަލްއަގުވާމީ މާކެޓުގައި ތެލުގެ އަގު އުފުލުމާއި، އެމެރިކާއާއި އިސްރާއީލުން އިރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ޓިކެޓުގެ އަގުތަކަށް އައި ބަދަލުތަކެވެ.

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި
31 Oct 2026 ކުޅިވަރު

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި

މީގެ ކުރިންވެސް ކުރި ކޭމްޕް ދަތުރުގައިވެސް ފަލަސްތީނުން ވަނީ ރާއްޖެއާ ދެކޮޅަށް މެޗެއް ކުޅެފައެވެ. އެމެޗް ފަލަސްތީނުން ކާމިޔާބުކުރީ 6-0 ގެ ނަތީޖާއިންނެވެ.

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް
27 Oct 2026 ކުޅިވަރު

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް

ފަލަސްތީނުގެ ޓީމްގެ މި ދަތުރުގެ ތެރެއިން ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މި މެޗުތައް އޮންނާނީ މި މަހުގެ 30 ވަނަ ދުވަހާއި، އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު މާލޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.

އިޒްރޭލާ ހެދި ފަލަސްޠީނު ދަރިވަރުންގެ ތަޢުލީމީ ހައްޤަށް ބޮޑެތި ހުރަސްތަކެއް
27 Oct 2026 ދުނިޔެ

އިޒްރޭލާ ހެދި ފަލަސްޠީނު ދަރިވަރުންގެ ތަޢުލީމީ ހައްޤަށް ބޮޑެތި ހުރަސްތަކެއް

އެ ޖަމިއްޔާއިން ބުނީ ހުޅަނގު އައްސޭރީގައި ދިރިއުޅޭ އެތައް ހާސް ކުޑަކުދިންނަށް ތަޢުލީމު ޙާޞިލުކުރުމުގެ ޙައްޤުން މަޙްރޫމުވެ، ސްކޫލަށް ދިއުމަކީ ނުރައްކާތެރި ކަމަކަށް ވެފައިވާ ކަމަށެވެ

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ
24 Oct 2026 ކުޅިވަރު

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ

މި ތަމްރީނު ކޭމްޕްގައި ފަލަސްތީނު ޓީމު ގާއިމުވެ ތިބުމަށް ހަމަޖެހިފައިވަނީ ކ. ގުރައިދޫގައެވެ.

އިސްރާއީލުގެ ޤަތުލުއާންމު؛ ގައްޒާގައި ޝަހީދުވި މީހުންގެ އަދަދު 74،494 އަށް
21 Oct 2026 ދުނިޔެ

އިސްރާއީލުގެ ޤަތުލުއާންމު؛ ގައްޒާގައި ޝަހީދުވި މީހުންގެ އަދަދު 74،494 އަށް

އެ މިނިސްޓްރީން ހާމަކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން މިހާތަނަށް އިސްރާއީލުގެ ހަމަލާތަކުގައި 175،604 މީހަކަށް އަނިޔާވެފައިވެއެވެ.

އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް އިޒްރޭލުގެ ކުޅުންތެރިއަކު ކުޅުޖެހި މައްސަލަ ޔުއެފާއިން ބަލަން ފަށައިފި
07 Oct 2026 ކުޅިވަރު

އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް އިޒްރޭލުގެ ކުޅުންތެރިއަކު ކުޅުޖެހި މައްސަލަ ޔުއެފާއިން ބަލަން ފަށައިފި

ޔޫއެފާ ނޭޝަންސް ލީގުގައި ރިޕަބްލިކް އޮފް އަޔަލެންޑާއި އިޒްރޭލު ބައްދަލުކުރި މެޗުގެ ހާފްޓައިމްގައި، އިޒްރޭލުގެ ކުޅުންތެރިއަކު އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް ކުޅުޖެހި ކަމަށް ބުނާ މައްސަލައެއް ޔޫރަޕ...