ޖޯލި މޯލްޑިވްސް އާއި އާރަށް ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: އިތާ ފޭސްބުކް
ޖޯލި މޯލްޑިވްސް އާއި އާރަށް ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: އިތާ ފޭސްބުކް
ކުޅިވަރު 13 Aug 2024 | 23:00

ފާރުފުށި މެޗު ދޫކޮށްލުމުން، ގުރޫޕްގެ އެއްވަނަ ޖޯލި މޯލްޑިވްސްއަށް!

ރ.މިދޫގައި މިހާރު ކުރިއަށްދާ "މައިލޯ އިތާ އިންޓަރ ރިސޯޓް ވޮލީބޯޅަ ޗެންޕިއަންޝިޕް 2024" ގައި އަންގާރަ ދުވަހުގެ ރޭ ގުރޫޕް ބީގެ އެމަރަލްޑް ފާރުފުށި ރިސޯޓް އެންޑް ސްޕާއި، ޖޯލި މޯލްޑިވްސް ކުޅެން ތާވަލުކޮށްފައި އޮތް މެެޗު ނުކުޅެން ފާރުފުށިން ނިންމުމުން، މެޗުން ޖޯލި މޯލްޑިވްސް މޮޅުވިކަމަށް ނިންމައިފިއެވެ.

މީއާއެކު ތިން މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޖޯލި މޯލްޑިވްސް ސެމީފައިނަލުން ޖާގަ ހޯދިއިރު، ކުޅުން ތިން މެޗުން ލިބުނު ހަ ޕޮއިންޓާއެކު ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީގެ ދެވަނަ ޖާގަ ހޯދީ ހެރިޓެންސް އާރަށެވެ. އަދި މިގުރޫޕްގެ ތިންވަނަ ތިން މެޗުން ހޯދި ދެ ޕޮއިންޓާއެކު ރީތިފަރު ހޯދިއިރު ފާރުފުށިން މުބާރާތް ނިންމާލީ ތިން މެޗުން ލިބުނު އެއް ޕޮއިންޓާއެކު ގުރޫޕް ފުލުގައި އޮވެއެވެ.

މުބާރާތުގައި ޖޯލި މޯލްޑިވްސް ކުޅުނު ފުރަތަމަ މެޗުގައި ހެރިޓެންސް އާރަށް އަތުން ސީދާ ތިން ސެޓުން މޮޅުވެފައިވާއިރު، ދެވަނަ މެޗުގައި ރީތިފަރު އަތުން އެޓީމު މޮޅުވީވެސް ފަސޭހަކަމާއެކު ސީދާ ތިން ސެޓުންނެވެ. އަދި ފާރުފުށީގެ ފުރަތަމަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު ތިން ސެޓް ދެ ސެޓުން، ރީތިފަރު އަތުން ބަލިވިއިރު، ދެވަނަ މެޗުގައި އާރަށް އަތުން އެޓީމު ބަލިވީ ސީދާ ތިން ސެޓުންނެވެ.

މުބާރާތުގެ ސެމީފައިނަލް ފުރަތަމަ މެޗުގައި ގުރޫޕް އޭގެ އެއްވަނަ އަދި އެންމެ ފަހުގެ ޗެންޕިއަން ޖޯލި ބީންގ ނުކުންނާނީ ގުރޫޕް ބީގެ ދެވަނަ ހެރިޓެންސް އާރަށާއި ދެކޮޅަށެވެ. އަދި ސެމީފައިނަލުގެ ދެވަނަ މެޗުގައި ގުރޫޕް ބީގެ އެއްވަނަ ޖޯލި މޯލްޑިވްސް ނުކުންނާނީ ގުރޫޕް އޭގެ ދެވަނަ އަދި އެންމެ ފަހުގެ ރަނަރަޕް ކުޑަފުށި މޯލްޑިވްސް އާއި ދެކޮޅަށެވެ.

މި މުބާރާތަކީ މީދޫގެ ކުލަބު ޖަމުއިއްޔާއެއް ކަމަށްވާ އެކުވެރި ކްލަބުން އިންތިޒާމުކޮށް، މި އަތޮޅުގައި ހިމެނޭ ރިސޯޓްތަކަށް ހުޅުވާލައިގެން 2023 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ. އަދި މިއަހަރުގެ މުބާރާތުގައި ޖުމްލަ އަށް ޓީމަކުން ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި އަށް ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ސެމީ ފައިނަލަށް ހޮވޭ ގޮތަށެވެ.

މީގެ އިތުރުން މިމުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކަށް މައިލޯ ހަމަޖައްސާފައިވާއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ވޮއިސް ސްޕޯޓްސް އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި
31 Oct 2026 ކުޅިވަރު

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި

މީގެ ކުރިންވެސް ކުރި ކޭމްޕް ދަތުރުގައިވެސް ފަލަސްތީނުން ވަނީ ރާއްޖެއާ ދެކޮޅަށް މެޗެއް ކުޅެފައެވެ. އެމެޗް ފަލަސްތީނުން ކާމިޔާބުކުރީ 6-0 ގެ ނަތީޖާއިންނެވެ.

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް
27 Oct 2026 ކުޅިވަރު

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް

ފަލަސްތީނުގެ ޓީމްގެ މި ދަތުރުގެ ތެރެއިން ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މި މެޗުތައް އޮންނާނީ މި މަހުގެ 30 ވަނަ ދުވަހާއި، އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު މާލޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ
24 Oct 2026 ކުޅިވަރު

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ

މި ތަމްރީނު ކޭމްޕްގައި ފަލަސްތީނު ޓީމު ގާއިމުވެ ތިބުމަށް ހަމަޖެހިފައިވަނީ ކ. ގުރައިދޫގައެވެ.

ފީފާ ފެސްޓިވަލްގައި ޒުވާން ޓީމް މިއަދު ނިކުންނާނީ ދެކުނު އެފްރިކާ އާ ދެކޮޅަށްެ
24 Oct 2026 ކުޅިވަރު

ފީފާ ފެސްޓިވަލްގައި ޒުވާން ޓީމް މިއަދު ނިކުންނާނީ ދެކުނު އެފްރިކާ އާ ދެކޮޅަށްެ

މިއީ މި ފެސްޓިވަލްގައި ރާއްޖެ ވާދަކުރާ ފުރަތަމަ މެޗެވެ. މި ފެސްޓިވަލްގައި ދެކުނު އެފްރިކާގެ އިތުރުން ރާއްޖެ ހިމެނޭ ގްރޫޕްގައި ވަރުގަދަ ޓީމްތައް ހިމެނެއެވެ. އޭގެ ތެރޭގައި ފްރާންސް، އެސްޓޯނިއާ އަދި ކޮސޯވޯ ހިމެނެއެވެ.

ޓީސީ އާ މާޒިޔާ ބައްދަލުކުރިމެޗް މާޒިޔާއަށް
15 Oct 2026 ކުޅިވަރު

ޓީސީ އާ މާޒިޔާ ބައްދަލުކުރިމެޗް މާޒިޔާއަށް

ދިރާގް ދިވެހި ޕްރިމިއާލީގްގައި މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބާއި މާޒިޔާ ބައްދަލުކުރިމެޗް ފަސޭހަކަމާއެކު މާޒުޔާ ކާމިޔާބުކޮށްފިއެވެ.

ބިސްބުރު ބަލިކުރުމަށްފަހު ވިކްޓްރީ ތާވަލްގެ އެއްވަނައަށް
14 Oct 2026 ކުޅިވަރު

ބިސްބުރު ބަލިކުރުމަށްފަހު ވިކްޓްރީ ތާވަލްގެ އެއްވަނައަށް

މި މެޗުން ލިބުނު މޮޅާއެކު ވިކްރީ މިހާރު އުޅެނީ ކުޅުނު 4 މެޗުން ލުބުނު 10 ޕޮއިންޓާއެކު ތާވަލްގެ އެއްވަނާގައެވެ. މެޗުން ބަލިބި ބިސްބުރު އުޅެނީ ތާވަލްގެ ފަސްވަނާގައެވެ.