ވިނަރެސް ފުލެޓްތައް: ފޮޓޯ/ ވޮއިސް
ވިނަރެސް ފުލެޓްތައް: ފޮޓޯ/ ވޮއިސް
ވިޔަފާރި 12 Jun 2025 | 10:42

ވިޔަފާރި ބޭނުމަށް ވިނަރެސް 4 ޔުނިޓެއް ކުއްޔަށް ދޫކުރަން ހުޅުވާލައިފި

ވިޔަފާރި ބޭނުމަށް ވިނަރެސް އިން 4 ޔުނިޓެއް ކުއްޔަށް ދޫކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފިއެވެ.

އެޗްޑީސީގެ އިޢުލާނުގައި ވާގޮތުން، ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ޔުނިޓްތަކަކީ:

• ވިނަރެސް 2 ގެ 1 ވަނަ ފަންގިފިލާގެ 05 ނަންބަރު ޔުނިޓް (755.95 އަކަފޫޓު)

• ވިނަރެސް 4 ގެ 1 ވަނަ ފަންގިފިލާގެ 06 ނަންބަރު ޔުނިޓް (1030.64 އަކަފޫޓު)

• ވިނަރެސް 6 ގެ ގްރައުންޑް ފްލޯގެ 01 ނަންބަރު ޔުނިޓް (652.51 އަކަފޫޓު)

• ވިނަރެސް 8 ގެ 1 ވަނަ ފަންގިފިލާގެ 08 ނަންބަރު ޔުނިޓް (2442.33 އަކަފޫޓު)

މި ޔުނިޓްތައް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ 2 ޖުލައި ވާ ބުދަ ދުވަހުގެ 14:00 ކަމަށް އެޗްޑީސީން ބުނެފައިވެއެވެ. އަދި ޕްރޮޕޯސަލްއާއެކު ބިޑް ސެކިއުރިޓީ ހުށަހަޅަންޖެހޭނެ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

މި ޕްރޮޖެކްޓާ ގުޅޭ އިތުރު މަޢުލޫމާތު އެޗްޑީސީގެ ވެބްސައިޓް www.hdc.mv އަދި properties.hdc.mv އިން ލިބެން ހުންނާނެ ކަމަށް އެޗްޑީސީން މަޢުލޫމާތު ދީފައިވެއެވެ. އަދި އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް އެޗްޑީސީގެ ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް ސޭލްސް ޑިޕާޓްމަންޓުން މަޢުލޫމާތު ސާފުކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ކުއްޔަށް ދޫކުރާ ޔުނިޓް ތަކުގައި ކުރުން މަނާ ވިޔަފާރިތައް؛

- ޖިމް ނުވަތަ ހަށިހެޔޮ ކަމާގުޅޭ ސެންޓަރު ހިންގުން

- ކާބޯތަކެތި ވިއްކުން

- ކްލިނިކް ހިންގުން

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުފެއްދުންތެރިކަމުގެ މައުރަޒުގައި ސަރުކާރު ކުންފުނިތަކުގެ އެއްވަނަ އެޗްޑީސީއަށް
25 Oct 2026 ހަބަރު

އުފެއްދުންތެރިކަމުގެ މައުރަޒުގައި ސަރުކާރު ކުންފުނިތަކުގެ އެއްވަނަ އެޗްޑީސީއަށް

ގައުމީ އުފެއްދުންތެރިކަމުގެ އެވޯޑުގައި 30 އަށްވުރެ ގިނަ ސަރުކާރު ކުންފުނިތަކާ ވާދަކޮށް އެޗްޑީސީން އެއްވަނަ ހޯދައިފިއެވެ. މި ފަހަރު ޖުމްލަ 298 އެވޯޑު ދީފައިވެއެވެ.

ހުޅުމާލޭ މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މަގުތަކުގައި ސްޕީޑް ބްރޭކަރުތައް ހަރުކުރަނީ
19 Oct 2026 ހަބަރު

ހުޅުމާލޭ މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މަގުތަކުގައި ސްޕީޑް ބްރޭކަރުތައް ހަރުކުރަނީ

އެޗްޑީސީން ބުނި ގޮތުގައި މި މަސައްކަތް ކުރިއަށް ގެންދަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަންނީ ލަފައާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އެގޮތުން، މި މަހުގެ 8 ވަނަ ދުވަހުން ފެށިގެން މި މަސައްކަތް ފަށާފައިވާއިރު، ބަންޕަރުތައް އަޅަމުންދަނީ ފުލުހުންގެ ދިރާސާތަކުން އެކްސިޑެންޓު ގިނައިން ހިނގާކަމަށް ފާހަގަކުރެވިފައިވާ ސަރަޙައްދުތަކުގައެވެ.

ހުޅުމާލޭގެ 220 އެޕާޓްމަންޓެއްގެ ކުޑަދޮރުތަކުގައި ރެއިލިން ހަރުކޮށްފި
18 Oct 2026 ހަބަރު

ހުޅުމާލޭގެ 220 އެޕާޓްމަންޓެއްގެ ކުޑަދޮރުތަކުގައި ރެއިލިން ހަރުކޮށްފި

އެޗްޑީސީން ބުނީ، މިހާތަނަށް ރެއިލިން ހަރުކޮށްދީފައިވަނީ 220 އެޕާޓްމަންޓެއްގެ ޖުމުލަ 273 ކުޑަދޮރުގައި ކަމަށެވެ. ބާކީ ހުރި އެޕާޓްމަންޓްތަކުގެ މަސައްކަތް ވެސް ކުރިއަށް ގެންދަމުންދާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދުވާރުމަތީ ގޮނޑި އާއި މޭޒު ބަހައްޓައިގެން ވިޔަފާރި ނުކުރުމަށް އެޗްޑީސީން އަނެއްކާވެސް އިލްތިމާސްކޮށްފި
08 Oct 2026 ހަބަރު

ދުވާރުމަތީ ގޮނޑި އާއި މޭޒު ބަހައްޓައިގެން ވިޔަފާރި ނުކުރުމަށް އެޗްޑީސީން އަނެއްކާވެސް އިލްތިމާސްކޮށްފި

ހުޅުމާލޭގައި ހިންގާ ހޮތާ، ކެފޭ އަދި ޓޭކްއަވޭ ތަކުން ގަވާއިދާ ހިލާފަށް ހުޅުމާލޭ ދުވާރުމަތީ ގޮނޑިއާއި މޭޒު ފަދަ ތަކެތި ބަހައްޓައިގެން ވިޔަފާރި ނުކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އި...

ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
07 Oct 2026 ހަބަރު

ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު

ހުޅުމާލެއިން ސޯޝަލް ހައުސިން ސްކީމްގެ ދަށުން ދޫކޮށްފައިވާ 12،000 އަށް ވުރެ ގިނަ ފްލެޓުގެ ތެރެއިން ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ދެބައިކުޅަ އެއްބައި ކުލި ނުދައްކާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ...