މައިދާން އެސްސީގެ ކުޅުންތެރިން މުބާރާތުގެ ޓްރޮފީއާއެކު އުފާފާޅުކުރަނީ.. ފޮޓޯ: ބްރަދާސް އެކަޑަމީ
މައިދާން އެސްސީގެ ކުޅުންތެރިން މުބާރާތުގެ ޓްރޮފީއާއެކު އުފާފާޅުކުރަނީ.. ފޮޓޯ: ބްރަދާސް އެކަޑަމީ
ކުޅިވަރު 13 Jun 2025 | 16:03

"ކުޑަހުވަދޫ ބޮޑު ޢީދު ފުޓްސަލް ޗެލެންޖު 1446" ގެ ޗެންޕިއަންކަން މައިދާން އެސްސީ އިން ހޯދައިފި

ބުރަދާސް އެކަޑަމީގެ ފަރާތުން އިންތިޒާމުކޮށް ބާއްވާ "ކުޑަހުވަދޫ ބޮޑު ޢީދު ފުޓްސަލް ޗެލެންޖު 1446" ގެ ފައިނަލުގައި މައިދާން އެސްސީ އާއި ޑްރީމް އެފްސީ ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މައިދާން އެސްސީ އިން މުބާރާތުގެ ޗެންޕިއަންކަން ހޯދައިފިއެވެ.

ޑްރީމް އެފްސީ މުބާރާތުގެ ފައިނަލުން ޖާގަހޯދީ ސެމީފައިނަލްގެ ފުރަތަމަ މެޗުގައި 3-1 ގެ ނަތީޖާއަކުން ވަޑައިގަތްމަގު ބަލިކުރުމަށްފަހު އެވެ. އަދި މައިދާން އެސްސީ ފައިނަލުން ޖާގަހޯދީ ސެމީފައިނަލްގެ ދެވަނަ މެޗުގައި ޕެނަލްޓީ ޖަހައިގެން 6-5 ގެ ނަތީޖާއަކުން ރޯޔަލް ސިޓީ ބަލިކުރުމަށްފަހު އެވެ. އަދި މިދެޓީމު މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ވާދަކުރި މެޗު 5-3 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޓްރީމް އެފްސީ އިންނެވެ.

މުބާރާތުގެ ކިންގް އޮފް ދަ ޑޯނަމެންޓް އަޔާޒް އަހުމަދު.. ފޮޓޯ: ބްރަދާސް އެކަޑަމީ

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ފޯރިގަދަ ފައިނަލް މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ މައިދާން އެސްސީ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 17 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މުހައްމަދު އަރީޝް އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން މައިދާން އެސްސީ ކުރީގައި އޮވެގެންނެވެ.

މުބާރާތުގެ ކިންގް އޮފް ދަ ޑޯނަމެންޓް އަޔާޒް އަހުމަދު.. ފޮޓޯ: ބްރަދާސް އެކަޑަމީ

މެޗުގެ ދެވަނަ ހާފު ވެސް ވަރުގަދަކޮށް ފެށީ މައިދާން އެސްސީ އިންނެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފެށިގެން ފުރަތަމަ މިނެޓުގައި އެޓީމުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށަފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަޔާޒް އަހުމަދު އެވެ.

މައިދާން އެސްސީގެ ކެޕްޓަން އާދަމް ސާލިމް މުބާރާތުގެ ޓްރޮފީއާއެކު.. ފޮޓޯ: ބްރަދާސް އެކަޑަމީ

ޑްރީމް އެފްސީ އިން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު ދެވަނަ ހާފުގެ 35 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމު އާމިލް އަލީ އެވެ. އަދި މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-1 ގެ ނަތީޖާއަކުން މައިދާން އެސްސީ ކުރީގައި އޮވެގެންނެވެ. އަދި ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މައިދާ އެސްސީގެ މުހައްމަދު އަރީޝް އެވެ.

މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ވަޑައިގަތްމަގު އެސްސީ ހޮވުނުއިރު އެންމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވުނީ އާން އަހުމަދު (ބޮއްކުރާ އެފްސީ) އެވެ. އަދި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔަކީ އަޔާޒް އަހުމަދު (މައިދާން އެސްސީ) އެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ އަހުމަދު ޝައިހާން (ޑްރީމް އެފްސީ)، އަޔާޒް އަހުމަދު (މައިދާން އެސްސީ)، މުހައްމަދު އަރީޝް (މައިދާން އެސްސީ)، އަލީ އަލްސަން (ރޯޔަލް ސިޓީ) އަދި އާދަމް ސާލިމް (މައިދާން އެސްސީ) އެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އަޔާޒް އަހުމަދު މައިދާ(އެސްސީ) އެވެ.

6 ޖޫން 2025 އިން 13 ޖޫން 2025 ގެ ނިޔަލަށް ގެންދިޔަ މިމުބާރާތުގައި މިއަހަރު ޖުމްލަ ނުވަ ޓީމަކުން ވާދަކުރިއިރު، މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ބައިވެރިވި ނުވަ ޓީމު ދެގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕްކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ދެޓީމަށް މުބާރާތުގެ ސެމީފައިނަލުން ވަނީ ފުރުސަތު ލިބިފައެވެ.

ޗެންޕިއަން ޓީމަށް 25،000 އަދި ރަނަރަޕް ޓީމަށް 12،000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވާ މިމުބާރާތުގެ ސިލްވަރ ސްޕޮންސްރ އަކަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ހަމަޖައްސާފައިވާއިރު، ޑިޖިޓަލް ޕާޓްނަރަކީ އުރިދޫ އެވެ. އަދި ކިޓް ޕާޓްނަރަކަށް ޖާޒިޔާ ހަމަޖައްސާފައިވާއިރު، ޑިޒައިން ޕާޓްނަރަކީ މޮނޮކްސް ސްޓޫޑިއޯ އެވެ. މީގެ އިތުރުން މުބާރާތުގެ ޕްރިންޓިންގ ޕާޓްނަރަކަށް އިންކް މޯލްޑިވްސް ހަމަޖައްސާފައިވާއިރު، މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ ވޮއިސް ސްޕޯޓްސް އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި
31 Oct 2026 ކުޅިވަރު

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި

މީގެ ކުރިންވެސް ކުރި ކޭމްޕް ދަތުރުގައިވެސް ފަލަސްތީނުން ވަނީ ރާއްޖެއާ ދެކޮޅަށް މެޗެއް ކުޅެފައެވެ. އެމެޗް ފަލަސްތީނުން ކާމިޔާބުކުރީ 6-0 ގެ ނަތީޖާއިންނެވެ.

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް
27 Oct 2026 ކުޅިވަރު

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް

ފަލަސްތީނުގެ ޓީމްގެ މި ދަތުރުގެ ތެރެއިން ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މި މެޗުތައް އޮންނާނީ މި މަހުގެ 30 ވަނަ ދުވަހާއި، އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު މާލޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ
24 Oct 2026 ކުޅިވަރު

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ

މި ތަމްރީނު ކޭމްޕްގައި ފަލަސްތީނު ޓީމު ގާއިމުވެ ތިބުމަށް ހަމަޖެހިފައިވަނީ ކ. ގުރައިދޫގައެވެ.

ފީފާ ފެސްޓިވަލްގައި ޒުވާން ޓީމް މިއަދު ނިކުންނާނީ ދެކުނު އެފްރިކާ އާ ދެކޮޅަށްެ
24 Oct 2026 ކުޅިވަރު

ފީފާ ފެސްޓިވަލްގައި ޒުވާން ޓީމް މިއަދު ނިކުންނާނީ ދެކުނު އެފްރިކާ އާ ދެކޮޅަށްެ

މިއީ މި ފެސްޓިވަލްގައި ރާއްޖެ ވާދަކުރާ ފުރަތަމަ މެޗެވެ. މި ފެސްޓިވަލްގައި ދެކުނު އެފްރިކާގެ އިތުރުން ރާއްޖެ ހިމެނޭ ގްރޫޕްގައި ވަރުގަދަ ޓީމްތައް ހިމެނެއެވެ. އޭގެ ތެރޭގައި ފްރާންސް، އެސްޓޯނިއާ އަދި ކޮސޯވޯ ހިމެނެއެވެ.

ޓީސީ އާ މާޒިޔާ ބައްދަލުކުރިމެޗް މާޒިޔާއަށް
15 Oct 2026 ކުޅިވަރު

ޓީސީ އާ މާޒިޔާ ބައްދަލުކުރިމެޗް މާޒިޔާއަށް

ދިރާގް ދިވެހި ޕްރިމިއާލީގްގައި މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބާއި މާޒިޔާ ބައްދަލުކުރިމެޗް ފަސޭހަކަމާއެކު މާޒުޔާ ކާމިޔާބުކޮށްފިއެވެ.

ބިސްބުރު ބަލިކުރުމަށްފަހު ވިކްޓްރީ ތާވަލްގެ އެއްވަނައަށް
14 Oct 2026 ކުޅިވަރު

ބިސްބުރު ބަލިކުރުމަށްފަހު ވިކްޓްރީ ތާވަލްގެ އެއްވަނައަށް

މި މެޗުން ލިބުނު މޮޅާއެކު ވިކްރީ މިހާރު އުޅެނީ ކުޅުނު 4 މެޗުން ލުބުނު 10 ޕޮއިންޓާއެކު ތާވަލްގެ އެއްވަނާގައެވެ. މެޗުން ބަލިބި ބިސްބުރު އުޅެނީ ތާވަލްގެ ފަސްވަނާގައެވެ.