އިސްރާއީލުން އިއްޔެ އެކަނިވެސް 71 މީހުން ޝަހީދުކޮށްލައިފި
ލިޔުންތެރިޔާ
ފާޠިމަތު އިނާ ސަވާދު
ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުން އިއްޔެ ޣައްޒާގެ އެކި ސަރަހައްދު ތަކަށްދިން ހަމަލާ ތަކުގައި 71 މީހުން ކޮށްލާފައިވާ ކަމަށް އަލް-ޖަޒީރާއިން ބުނެފިއެވެ.
ރިޕޯޠުތަކުން ދައްކާގޮތުގައި ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުން ޣައްޒާގެ މެދުތެރެއަށާއި ދެކުނަށްދޭ ހަމަލާތަށް ދަނީ އިތުރުކުރަމުންނެވެ.
އަދި އިއްޔެގެ ވަގުތެއްގައި އިސްރާއީލުގެ ނިރުބަވެރިންވަނީ ޚާން ޔޫނިސްގެ އިރުމަތީގައި އޮންނަ ޙަމަދު ސިޓީއިން ނުކުމެފައެވެ.
އެމީހުން އެތަނުން ނިކުމެފައިވަނީ ޣައްޒާ މިނިވަންކުރުމަށް ޖިހާދުކުރާ ހަމާސްގެ ހަތިޔާރުއެޅި ގުރޫޕުކަމުގައިވާ އަލް-ޤައްސާމް ބްރިގޭޑާއި ޣައްޒާގައި ޖިހާދުކުރަމުންދާ އެހެން ބްރިހޭޑުތަކުންދެމިންދިޔަ ހަމަލާތަކުގައި އިސްރާއީލަށް ބޮޑެތިގެއްލުން ތަކެއް ލިބުމުން ކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ.
އަދި މިހާރު މިސަރަހައްދުން ޝަހީދުންގެ ހަށިގަނޑިތައް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ޣައްޒާގެ ސިވިލްޑިފެންސް އިނަވަނީ ބުނެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް