ވޮއިސް މީޑިއާ ގުރޫޕްގެ ސީއީއޯ މުހައްމަދު ސައުޒަމް (ކ) އަދި ރާޅު އާޓްސްގެ ފައުންޑާ އަހުމަދު ނަދީމް.... ފޮޓޯ: ވޮއިސް ސްޕޯޓްސް
ވޮއިސް މީޑިއާ ގުރޫޕްގެ ސީއީއޯ މުހައްމަދު ސައުޒަމް (ކ) އަދި ރާޅު އާޓްސްގެ ފައުންޑާ އަހުމަދު ނަދީމް.... ފޮޓޯ: ވޮއިސް ސްޕޯޓްސް
ކުޅިވަރު 07 Nov 2024 | 08:26

ބާބާ ގާޑިޔާ ފުޓްސަލް ޗެލެންޖް 2024ގެ މިޑިއާ ޕާޓްނަރަކަށް ވޮއިސް ސްޕޯޓްސް

މިމަހުގެ 11 ވަނަ ދުވަހު ފުވައްމުލަކު ސިޓީގައި ފެށުމަށް ހަމަޖެހިފައިވާ "ބާބާ ގާޑިޔާ ފުޓްސަލް ޗެލެންޖް 2024" ގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް ސްޕޯޓްސް ހަމަޖައްސައިފިއެވެ.

މުބާރާތުގެ މީޑިއާ ޕާޓްނަރާއެކު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވޮއިސް ސްޕޯޓްސްގެ ފަރާތުން ސޮއިކުރެއްވީ ވޮއިސް މީޑިއާ ގުރޫޕްގެ ސީއީއޯ މުހައްމަދު ސައުޒަމް އެވެ. އަދި ބާބާ ގާޑިޔާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އަހުމަދު ނަދީމް އެވެ.

މިމުބާރާތާއި ބެހޭގޮތުން ވޮއިސް ސްޕޯޓްސްއަށް މައުލޫމާތު ދެމުން ބާބާ ގާޑިޔާގެ ވެރިޔާ ހަސަން އަތީޤް (ބާބާ) ބުނީ މިއީ ފުވައްމުލަކު ސިޓީގެ ޒުވާނުންގެ މެދުގައި އެކުވެރިކަމާ އެއްބައިވަންތަކަން އާލަކުރުމުގެ އިތުރުން ދުޅަހެޔޮ މުޖުތަމައެއް ބީނާކުރުމުގެ މަގުސަދުގައި 2023 ވަނަ އަހަރު ބާއްވަން ފެށި މުބާރާތެއް ކަމަށެވެ.

މިއަހަރުގެ މުބާރާތުގައި 12 ޓީމަކުން ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި 12 ޓީމު ތިން ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމުގެ އިތުރުން ތިން ގުރޫޕުން ދެވަނަ ހޯދާ ތިން ޓީމުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ދެޓީމަށް ވެސް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ލިބިގެންދާނެއެވެ.

11 ނޮވެމްބަރު 2024 އިން 20 ނޮވެމްބަރު 2024 ގެ ނިޔަލަށް ފުވައްމުލަކު ސިޓީގައި ކުރިއަށްދާ މިމުބާރާތުގެ ޗެންޕިއަން ޓީމަށް 30،000 އަދި ރަނަރަޕް ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، މިމުބާރާތުގެ އެންމެ ފަހުގެ ޗެންޕިއަން ޓީމަކީ ދަނޑިމަގު ސްޕޯޓްސް ރެކްރިއޭޝަން ކުލަބެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި
31 Oct 2026 ކުޅިވަރު

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި

މީގެ ކުރިންވެސް ކުރި ކޭމްޕް ދަތުރުގައިވެސް ފަލަސްތީނުން ވަނީ ރާއްޖެއާ ދެކޮޅަށް މެޗެއް ކުޅެފައެވެ. އެމެޗް ފަލަސްތީނުން ކާމިޔާބުކުރީ 6-0 ގެ ނަތީޖާއިންނެވެ.

ފުވައްމުލަކުގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ދެމީހުން ހައްޔަރުކޮށްފި
29 Oct 2026 ހަބަރު

ފުވައްމުލަކުގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ދެމީހުން ހައްޔަރުކޮށްފި

ފުލުހުން ބުނީ، އޮކްޓޫބަރު 27 ވަނަ ދުވަހުން ފެށިގެން ފުވައްމުލަކުގައި ކުރިއަށް ގެންދާ މި އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށް، އެ މީހުންނާ ގުޅުންހުރި ކަމަށް ބެލެވޭ ތަންތަން ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 181 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށެވެ

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް
27 Oct 2026 ކުޅިވަރު

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް

ފަލަސްތީނުގެ ޓީމްގެ މި ދަތުރުގެ ތެރެއިން ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މި މެޗުތައް އޮންނާނީ މި މަހުގެ 30 ވަނަ ދުވަހާއި، އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު މާލޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.

ބާބާ ގާޑިޔާގެ އޯނަރު، އަތީޤުއަށް ހާޓްއެޓޭކެއް ޖެހި ފަރުވާދެނީ
27 Oct 2026 ހަބަރު

ބާބާ ގާޑިޔާގެ އޯނަރު، އަތީޤުއަށް ހާޓްއެޓޭކެއް ޖެހި ފަރުވާދެނީ

މަޝްހޫރު ސްޓްރީޓް ފުޑް ޓްރަކް "ބާބާ ގާޑިޔާ" ގެ އޯނަރު، ހަސަން ޢަތީޤް )ބާބާ( އަށް ހާޓް އެޓޭކެއް ޖެހިގެން ފުވައްމުލައް ހޮސްޕިޓަލްގައި ފަރުވާދެމުންދާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ
24 Oct 2026 ކުޅިވަރު

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ

މި ތަމްރީނު ކޭމްޕްގައި ފަލަސްތީނު ޓީމު ގާއިމުވެ ތިބުމަށް ހަމަޖެހިފައިވަނީ ކ. ގުރައިދޫގައެވެ.

ފީފާ ފެސްޓިވަލްގައި ޒުވާން ޓީމް މިއަދު ނިކުންނާނީ ދެކުނު އެފްރިކާ އާ ދެކޮޅަށްެ
24 Oct 2026 ކުޅިވަރު

ފީފާ ފެސްޓިވަލްގައި ޒުވާން ޓީމް މިއަދު ނިކުންނާނީ ދެކުނު އެފްރިކާ އާ ދެކޮޅަށްެ

މިއީ މި ފެސްޓިވަލްގައި ރާއްޖެ ވާދަކުރާ ފުރަތަމަ މެޗެވެ. މި ފެސްޓިވަލްގައި ދެކުނު އެފްރިކާގެ އިތުރުން ރާއްޖެ ހިމެނޭ ގްރޫޕްގައި ވަރުގަދަ ޓީމްތައް ހިމެނެއެވެ. އޭގެ ތެރޭގައި ފްރާންސް، އެސްޓޯނިއާ އަދި ކޮސޯވޯ ހިމެނެއެވެ.