ފޮޓޯ: އިންޓަރނެޓް
ފޮޓޯ: އިންޓަރނެޓް
ރިޕޯޓް 13 Jul 2025 | 03:00

ނަފްސާނީ ދުޅަހެޔޮކަން: މިކަން ވެސް ބޮޑު ވިޔަފާރިއަކަށްތަ؟

ލިޔުންތެރިޔާ

ޢާއިޝަތު ނީޝާން

ނަފްސާނީ ދުޅަހެޔޮކަން މާނަކުރަނީ ކިހިނެއް ހެއްޔެވެ. ނަފްސާނީ ދުޅަހެޔޮކަން އެކި މީހުން މާނަ ކުރާނީ އެކި ގޮތަށެވެ. އެއްބަޔަކަށް އެއީ އަމިއްލަ ނަފްސު ފިޔަވައި އެހެން އެއްވެސް މީހެއް އަދި ކަމެއް މުހިއްމު ނުވުމެވެ. އަނެއްބަޔަކަށް އެއީ އެހެންމީހުންނާއިމެދު އޯގާތެރިކޮށް އަމަލުކުރުމުން އެލިބޭ ހިތްހަމަޖެހުމާއި އުފާވެރި ކަމެވެ. ނުވަތަ އެކަނި ރެސްޓޯރަންޓަކަށް ގޮސް މީރު ކާއެއްޗެއް ކާލުމެވެ. މީރުވަސްދުވާ ސެންޓުފުޅިއެއް، ރީތި ހެދުމެއް، "ސްކިން ކެއާރ ރޫޓީން" ފުރިހަމަކޮށްލުމަށް މޫނުގައި އުނގުޅާ ކްރީމް ފުޅިއެއް ގަނެލުން ނުވަތަ ހިތްހަމަ ޖައްސާލުމަށް ޕިކްނިކް ގޮސްލުމަކީ ވެސް ނަފްސާނީ ދުޅަހެޔޮކަމަށްޓަކައި، މީހުން ކޮށްއުޅޭ ކަންކަމެވެ.

މީގެ އިތުރުން މީރު ވަސްދުވާ އުއްބައްތި، ތެރަޕިއުޓިކް އެއާ ފްރެޝްނާ އާއި ތެޔޮ، އަދި އެކިކަހަލަ މޮޅެ އެހާމެ ރީތި އިބާރާތްތައް ލިޔެފައި ހުންނަ ކުރެހުންތަކާއި، ފޯނު ކަވަރާއި، ފޮތާއި ދަބަހާއި, މިއީ ހައްތާވެސް ނަފްސާނީ ދުޅަހެޔޮކަން ރަނގަޅު ކުރުމަށް މިހާރު އަހަރުމެން އާންމުކޮށް ބޭނުންކުރާ ތަކެއްޗެވެ. އަހަރެމެންގެ ސޯޝަލް މީޑިއާ ފީޑް ބަލައިލިނަމަވެސް ފާހަގަކުރެވިގެންދަނީ، އަމިއްލަ ނަފްސަށް އަޅާލުމަކީ މިހާރު ކޮންމެވެސް އަގެއް ކަނޑައެޅިފަވާ ކަމެއް ކަމެވެ. ބައެއް ހާލަތްތަކުގައި ވަރަށް ބޮޑު އަގެކެވެ.

ހަގީގަތަށް ބުނާނަމަ "އަމިއްލަ ނަފްސަށް އަޅާލުން" މިހާރު ވެފައިވަނީ މާކެޓިން ސްޓްރެޓެޖީއަކަށެވެ. ޖުމްލަކޮށް "އަމިއްލަ ނަފްސަށް އަޅާލުން" މާނަކުރެވެނީ އަމިއްލަ ނަފްސު ދުޅަހެޔޮ ކުރުމަށް ކުރާ ކަންކަމަށެވެ. ނަމަވެސް މި އިބާރާތްކޮޅު މިހާރު ވެފައިވަނީ 1.5 ޓްރިލިއަން ޑޮލަރުގެ ދުނިޔޭގެ ސިނާއަތަކަށެވެ. މި އިބާރާތްކޮޅު އިތުރަށް ވިޔަފާރީގެ ގޮތުގައި ބޭނުންކުރެވެމުންދާއިރު، އުފެދޭ ސުވާލަކީ އަމިއްލަ ނަފްސަށް އަޅާލުމަކީ އަދިވެސް ދުޅަހެޔޮކަމާ ބެހޭ ކަމެއްތޯ، ނުވަތަ އެއީ ހަމައެކަނި ފައިސާ ހޭދަކުރުމަށް އޮތް އެހެން ބަހަނާއެއްތޯއެވެ؟

މިއަދު އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭ ހަގީގަތަކީ އަމިއްލަ ނަފްސަށް އަޅާލުމަކީ ކުންފުނިތަކުގެ ބްރޭންޑިންގއަށް ބަދަލުވެފައިވާ އުކުޅެއް ކަމެވެ. އެކަށީގެންވާ ފަރުވާ ނުވަތަ ތެރަޕީ ހޯދުމުގެ ބަދަލުގައި، ހިތްހަމަ ޖައްސާލުމުގެ ނިޔަތުގައި ގިނަފަހަރު އަހަރެމެންނަށް ވެސް ގޮސް ގަނެވެނީ ނަފްސާނީ ދުޅަހެޔޮ ކަމަށް ޚާއްސަކޮށް ބްރޭންޑްކޮށް އިޝްތިހާރު ކޮށްފައިވާ ކޮންމެވެސް އެއްޗެކެވެ.

ފޮޓޯ: އިންޓަރނެޓް

ޓިކްޓޮކް އަދި އިންސްޓަގްރާމް ފަދަ ޕްލެޓްފޯމްތަކުގައި، #selfcare ހޭޝްޓެގަކީ ވީޑިއޯތަކާއި ޕޯސްޓްތަކުން ދައްކުވައިދޭ ޚަރަދުބޮޑު ސްކިން ކެއާ ރޫޓީންތަކާއި، ޖާނަލްތަކާއި، އަދި އަގުބޮޑެތި މޭވާ އާއި ތަރުކާރީ ހިމެނޭ "ޑައެޓް" ކެއުންތަކެވެ. ގައުމުން ބޭރު "ޑްރީމް ޑެސްޓިނޭޝަން" ތަކަށް މަހަކު އެއްފަހަރު ޗުއްޓީ ހޭދަކޮށްލަން ދިއުމެވެ. އަދި މިކަންކަމަށް ޚަރަދުކުރުމަކީ އަމިއްލަ ނަފްސު ބާރުވެރިވުމެއްގެ ގޮތުގައި ބުނެދީ ޕްރޮމޯޓް ކޮށްހަދަ އެވެ.

ބައެއް ހާލަތްތަކުގައި މީހުންގެ ދިރިއުޅުމަށް މިކަމުގެ ސަބަބުން ރަނގަޅު ބަދަލުތަކެއް އަންނަކަމަށް ބެލެވެއެވެ. ބޭރުފުށުން ނަމަވެސްމެއެވެ. ސަބަބަކީ، ރީޓެއިލް ތެރަޕީއަކީ ހަގީގަތަކަށް ވުމެވެ. ދިރާސާތަކުން ދައްކާގޮތުގައި ދުޅަހެޔޮކަމާ ގުޅުވާފައި އެއްޗެއް ގަތުމުން ޑޯޕަމިން ރެސްޕޮންސްއެއް އުފެދި، ވަގުތީގޮތުން ނަމަވެސް އެ މީހަކު އުފާވެއެވެ. ޑޯޕަމިންއަކީ އުފާވެރިކަން އިހުސާސްވުމަށް ވަރަށް ބޮޑު ދައުރެއް އަދާކުރާ ހޯމޯންއެކެވެ.  އެހެންކަމުން، ނަފްސާނީ ދުޅަހެޔޮކަމަށް ޚާއްސަކޮށް ޕްރޮމޯޓްކޮށްފައި ހުންނަ ތަކެތި ގަތުމަކީ ހިތްހަމަޖެހުކަށް ހަދާ އެތަކެއްޗަށް ބަރޯސާވެވެއެވެ.

ފޮޓޯ: އޭ.އައި/އިންޓަރނެޓް

މައްސަލައަކީ ހަމައެކަނި މި އަގުބޮޑެތި ސާމާނުތަކާއި ރޫޓީންތަކެއް ނޫނެވެ. މައްސަލައަކީ މިކަމުގެ ސަބަބުން ފޯރުކޮށްދެވޭ މެސެޖެވެ. އަމިއްލަ ނަފްސަށް އަޅާލާ އަދި ނަފްސާނީ ދުޅަހެޔޮކަމަކީ، އެތައް ބައިވަރު ފައިސާއެއް ޚަރަދުކޮށްގެން ހޯދާ އަގުބޮޑެތި ސާމާނުތަކެއް ކަމުގަވާނަމަ، އެކަން ކުރުމުގެ ތަނަވަސްކަން ނެތް މީހުންނަށް ވާނީ ކިހިނަކުން ހެއްޔެވެ.

މިޒަމާނުގައި މި ބޭނުންކުރާ ނަފްސާނީ ދުޅަހެޔޮކަމުގެ އާދަތައް، މިހާރުގެ މާލީ ހަގީގަތްތައް ވަރަށް ބަޔަކަށް ނޫނީ ގަބޫލެއް ނުކުރެވެ އެވެ. ފަހަރުގައި އެއީ ތިބާގެ ނަފްސާނީ ދުޅަހެޔޮ ކަމަށް އޮތް ކޮންމެވެސް ވަރެއްގެ ވަގުތީ ހައްލަކަށް ވެދާނެއެވެ. އެހެނަސް އެއީ އެންމެންނަށް ލިބޭ އެއްޗެއްސެއް ނޫނެވެ. ޔަގީނުންވެސް އެންމެނަށް ނުހޯދޭނެ އެވެ. ގިނަ ބަޔަކަށް ނުހޯދޭނެ ކަން ޔަގީނެވެ.

ނަތީޖާއަކީ ކޮބައިތޯއެވެ؟ އެންމެ ބޮޑަށް އެކަމަށް ބޭނުންވާ މީހުން އެކަހެރިކުރާ ފަރުވާއަކަށް މިކަން ވުމެވެ. ޓޮކްސިކް މަސައްކަތު މާހައުލުގައި މަސައްކަތްކުރާ މަސައްކަތްތެރިންނާއި، ސިކުނޑި ވަރުބަލިވެފައިވާ މަންމައިންނާއި ބައްޕައިން، އެކިކަހަލަ ބުލީގެ ޝިކާރައަށް ވެފައިވާ މީހުން އަދި ތެރަޕީއަށް ވާސިލުވުމުގެ ފުރުސަތު ނެތި ދާއިމީ ނަފްސާނީ ބަލިތަކާއި ސްޓްރެސްއާ ކުރިމަތިލާ މީހުންގެ ގިނަ ބަޔަކު ތިބީ ހަގީގީ ފަރުވާ ނުލިބި ބާކީވެފައި ކަމުގެ އިހުސާސްކުރަން ޖެހިފަ އެވެ.

ހަގީގަތުގައި އަމިއްލަ ނަފްސަށް އަޅާލުމަކީ ކޮބައިހެއްޔެވެ؟

ނަފްސަށް އަޅާލުމަކީ، ކަމުގެ މާހިރުން ބުނާ ގޮތުގައި، ގިނަފަހަރަށް:

• ތިބާ ކަންބޮޑުވެފައިވާ ހިނދު ސޯޝަލް މީޑިއާއިން ލޮގްއައުޓްވުން

• ތެރަޕީއަށް ދިއުން

• ވަރުބަލިވެފައިވާ ހިނދު ރޭވިފައިވާ ކަންތައްތަކަށް ނޫނެކޭ ބުނުން

• އެކަށީގެންވާ މިންވަރަށް ފެން ބުއިމާއި، ހަށިގަނޑަށް ފައިދާހުރި ކާނާ ކެއުން

• ނުރަނގަޅު އާދަތަކާއި ދުރުވުން

• އެހެންމީހުން ހިތްހަމަ ޖައްސައިދިނުމަށް އަމިއްލަ އުފާތައް ޤުރުބާން ނުކުރުން

ކުރުކޮށް ބުނާނަމަ އަމިއްލަ ނަފްސަށް އަޅާލުމަކީ އަބަދު އެއްގޮތަކަށް އެއްއުސޫލުތަކެއް އޮންނަ ކަމެއް ނޫނެވެ. އެއީ އަބަދަކު އެހާ ފަސޭހަ ކަމެއް ވެސް ނޫނެވެ. ބައެއް ހާލަތްތަކުގައި، އަމިއްލަ ނަފުސަށް އަޅާލުމަށް ވަރަށް އުނދަގޫ ނިންމުންތައް ވެސް ނިންމަން ޖެހޭނެ އެވެ. ބައެއްހާލަތްތަކުގައި ހިތާ ދެކޮޅަށްވެސް އަމިއްލަ ނަފުސު އިސްކުރަންޖެހޭ ހާލަތްތައް އަންނާނެއެވެ. މިކަންތަކަކީ އެއްތައް ބައިވަރު ފައިސާ ޙަރަދު ނުކޮށްވެސް ކުރެވޭނެ ކަންކަމެވެ.

ޙައްލަކީ ކޮންމެހެން އަގުބޮޑެތި ސާމާނުތަކާއި ރޫޓީންތަކެއް ދޫކޮށްލުމެއް ވެސް ނޫނެވެ. މީރުވަސްދުވާ އުއްބައްތިއެއް، ސެންޓުފުޅިއެއް، ނުވަތަ ހެދުމެއް ގަނެލުމަކީ އެއީ ރަނގަޅު ނޫން އާދައެއް ނޫނެވެ. ކޮންމެ ދުވަހެއްގެ ސްކިން ކެއަރ ރޫޓިންއަކީ ހިތްހަމަޖެހުން ގެނެސްދޭ ކަމަކަށް ވެދާނެއެވެ. އަދި ބައެއްފަހަރު، އެއްޗެއް ގަތުމަކީ އަމިއްލަ ނަފްސަށް އަޅާލުމުގެ ބައެއް ކަމުގައި ވެދާނެއެވެ. ހާއްސަކޮށް އެއިން ހަގީގީ ހިތްހަމަޖެހުމެއް ލިބޭނަމަ އެވެ.

ނަމަވެސް މަގްސަދަކަށް ވާންޖެހޭނީ ވަކި ހަމަތަކެއްގެ ދަށުން އަމަލުކުރުމެވެ. އަބަދުވެސް އަމިއްލަ ނަފްސާ ސުވާލުކޮށްލާށެވެ.

• ގަންނަން ބޭނުންވާ އެއްޗެއް މި ގަންނަނީ އޭގެ ބޭނުން އޮތީމަތޯ ނުވަތަ އެއީ ގަންނަންޖެހޭ އެއްޗެއްކަމަށް މީހުން ބުނާތީތޯ؟

• މިއަދު އަހަރެންނަށް ފައިސާ ޚަރަދުނުކޮށް އަމިއްލަ ނަފްސަށް އަޅާލެވޭނީ ކިހިނެއްތޯ؟

• ދުޅަހެޔޮކަމުގެ ނަމުގައި ފައިސާ ޚަރަދުކުރާއިރު ފައިދާވަނީ ކާކަށްތޯ؟

އަމިއްލަ ނަފްސަށް އަޅާލުން ބިނާވެފައިވަނީ ޒަމާނީ ޓްރެންޑްތަކުގެ ބަދަލުގައި އަމިއްލަ ނަފްސު ދެނެގަތުމުގެ މައްޗަށް ކަމުގައިވާނަމަ، އެކަން ވެގެންދަނީ މާނަހުރި ކަމަކަށެވެ. އަދި ދިގު މުއްދަތަކަށް އޭގެ ފައިދާ ކުރާނެ ކަމަކަށެވެ. އަދި ނަފްސާނީ ގޮތުންނާއި މާލީ ގޮތުންވެސް ފައިދާ ކުރާނެ ކަމަކަށެވެ.

ފޮޓޯ: އިންޓަރނެޓް

ހަގީގީ މާނާގައި އަމިއްލަ ނަފްސަށް އަޅާލުމަކީ، ގިނަ ފައިސާ ހަރަދުކޮށްގެން ހޯދާ އަގުބޮޑެތި އެއްޗިއްސައްވުރެ، އެމީހެއްގެ އަމިއްލަ ދިރިޅުން ބައްޓަންކޮށް، ބިނާކުރާ ގޮތެވެ. ހަގީގީ ދުޅަހެޔޮކަމަކީ ކޮބައިކަން ހަނދާންނައްތާ ނުލާށެވެ. ބައެއްފަހަރު ނަފްސާނީ ދުޅަހެޔޮކަން ހާސިލްކުރުމަށް ނޫނެކޭ ބުނަންޖެހޭ ހާލަތްތަކުގައި ނޫނެކޭ ބުނަން ދަސްކުރާށެވެ. އަދި އެއްފަރާތް ވެލަން ޖެހޭ ހާލަތްތަކުން އެއްފަރާތް ވެލަން ދަސްކުރާށެވެ. އެއްވެސް ފައިސާއެއް ހޭދަނުކޮށް ދުނިޔޭގެ ގުދުރަތީ ހިތްހަމަ ޖެހުންތަކުން އުފާ ހާސިލްކުރަން ދަސްކުރާށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޤާނޫނެއް ފަރުމާކުރުމުގެ މަސައްކަތް ފަށައިފިން: ރައީސް ޑރ. މުއިއްޒު
10 Oct 2026 ހަބަރު

ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޤާނޫނެއް ފަރުމާކުރުމުގެ މަސައްކަތް ފަށައިފިން: ރައީސް ޑރ. މުއިއްޒު

ރާއްޖޭގައި ނަފްސާނީ ބަލީގެ ހާލަތު ރަނގަޅުކުރުމަށްޓަކައި ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޚާއްޞަ ޤާނޫނެއް ފަރުމާކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވި...

އުރަމަތީގެ ކެންސަރު ދެނެގަނުމުގެ ގާބިލުކަން އިތުރަށް ވަރުގަދަ ކުރަންޖެހޭ: މެޑަމް ސާޖިދާ
08 Oct 2026 ހަބަރު

އުރަމަތީގެ ކެންސަރު ދެނެގަނުމުގެ ގާބިލުކަން އިތުރަށް ވަރުގަދަ ކުރަންޖެހޭ: މެޑަމް ސާޖިދާ

އުރަމަތީގެ ކެންސަރު ދެނެގަނުމުގެ ގާބިލުކަން އިތުރަށް ވަރުގަދަ ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ. އުރަމަތީގެ ކެންސަރާ ބެހޭ ހަތް ވަނަ ސިމްޕޯޒިއަމ...

ޒަމާނީ ދިރިއުޅުމުގައި ކަރަށް ލިބޭ ގެއްލުންތަކުން ރައްކާތެރިވާނީ ކިހިނެއް؟
08 Oct 2026 ލައިފްސްޓައިލް

ޒަމާނީ ދިރިއުޅުމުގައި ކަރަށް ލިބޭ ގެއްލުންތަކުން ރައްކާތެރިވާނީ ކިހިނެއް؟

އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ތަކުލީފެއް އުފުލަންޖެހިފައިވާ އެއް ގުނަވަނަކީ އަޅުގަނޑުމެންގެ ކަރެވެ. ސްމާޓްފޯނުތަކާއި ކޮމްޕިއުޓަރުތަކުގެ އިސ...

އަރިދަފުސް ރޯގާ ޖެހިފައި ހުންނައިރު އައިސްކްރީމް ކެވިދާނެތަ؟
07 Oct 2026 ލައިފްސްޓައިލް

އަރިދަފުސް ރޯގާ ޖެހިފައި ހުންނައިރު އައިސްކްރީމް ކެވިދާނެތަ؟

އަރިދަފުސް ރޯގާ ޖެހުމުން އެންމެ އާންމުކޮށް އިވޭ އެއް ނަސޭހަތަކީ ފިނި އެއްޗެހި ނުބުއިމަށާއި، ހާއްސަކޮށް އައިސްކްރީމް ފަދަ ތަކެތި ނުކެއުމަށެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ފިނި އެއްޗެހި ކެއުމަކީ ރޯގ...

ހަށިގަނޑުގައި ސަރުބީ ހުރުން ކޮންމެހެން މުހިންމުވަނީ ކީއްވެ؟
04 Oct 2026 ލައިފްސްޓައިލް

ހަށިގަނޑުގައި ސަރުބީ ހުރުން ކޮންމެހެން މުހިންމުވަނީ ކީއްވެ؟

މިއަދުގެ މުޖުތަމަޢުގައި ސޯޝަލް މީޑިއާ ހުޅުވާލުމާއެކު ފެންނަނީ ހަށިގަނޑުން ސަރުބީ ނައްތާލައި، މަސްތައް ރީތިކޮށް އެނގޭނޭހެން "ޝްރެޑް" ވެފައިވާ ހަށިގަނޑެއް ހޯދުމަށް މަސައްކަތްކުރާ މަންޒަރެވެ. ޑައިޓް ކަލް...

ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ގޮތުން އަމްފާއިން ކުރިއަށްގެންދިޔަ ވެބިނާ ކާމިޔާބުކަމާ އެކު ނިންމާލައިފި
02 Oct 2026 ހަބަރު

ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ގޮތުން އަމްފާއިން ކުރިއަށްގެންދިޔަ ވެބިނާ ކާމިޔާބުކަމާ އެކު ނިންމާލައިފި

ދުނިޔޭގެ ނަފްސާނީ ޞިއްޙަތުގެ ދުވަހާ ގުޅުވައިގެން އޮސްޓްރޭލީއާ މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަން (އަމްފާ) އިން ކުރިއަށްގެންދިޔަ ޚާއްޞަ ވެބިނާ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. "މައިންޑް މެޓާސް: ވާރ...