ޤައުމީ ފުޓްސަލް ޓީމާއި އޮފިޝަލުންގެ އިތުރުން އެފްއޭއެމްގެ އިސްވެރިން.. ފޮޓޯ: އެފްއޭއެމް
ޤައުމީ ފުޓްސަލް ޓީމާއި އޮފިޝަލުންގެ އިތުރުން އެފްއޭއެމްގެ އިސްވެރިން.. ފޮޓޯ: އެފްއޭއެމް
ކުޅިވަރު 17 Sep 2025 | 11:47

އޭޝިއަންކަޕް ކޮލިފައިންގައި ވާދަކުރާ ޤައުމީ ފުޓްސަލް ޓީމް ފުރައިފި

އޭޝިއަންކަޕް ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމް މިއަދު މިޔަންމާއަށް ފުރައިފިއެވެ.

މުބާރާތުގެ ކޮލިފައިން މެޗްތައް މިމަހުގެ 24 ވަނަ ދުވަހު ކުރިއަށްގެންދިއުމަށް ތާވަލްކޮށްފައިވާއިރު، ރާއްޖެ ކުޅޭ ފުރަތަމަ މެޗް އޮންނާނީ މިމަހުގެ 20 ވަނަ ދުވަހު އަފްޢާނިސްތާނާ ދެކޮޅަށެވެ. އޭގެފަހުން ރާއްޖެ ނިކުންނާނީ މިޔަންމާއާ ދެކޮޅަށެވެ.

ގައުމީ ފުޓްސަލް ސްކޮޑްގައި މިފަހަރު ހިމެނޭ ކުޅުންތެރިންނަކީ އަހްމަދު އަޔާޒް، ޝާމިން މުހައްމަދު، އަލީ ޝިޔާހް، އިސްމާއިލް ވަޖީހް، ހުސެއިން ސުހެއިލް، އަހުމަދު ޝަމާލް، ހުޒެއިފަތު ރަޝީދު، އިޝާން އިބްރާހިމް، މުހައްމަދު އިމްރާން، އަލީ ހާފިޒް، އަބްދުالله ޒިމާމް އަދި އަބްދުالله ނާސިހްއެވެ.

ޤައުމީ ފުޓްސަކް ސްކޮޑް... ފޮޓޯ: އެފްއޭއެމް

ކޮލިފައިނުގައި ރާއްޖޭގެ ޓީމުގެ ކޯޗަކީ އަހުމަދު ނިޔާޒް (ނިޔާ) އެވެ. ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ މުހައްމަދު ފުހެއިދެވެ. ޓީމުގެ މެނޭޖަރަކީ، މުހައްމަދު އުމެއިރެވެ.

އޭޝިއަން ފުޓްސަލްކަޕް ބޭއްވުމަށް ހަމަޖެހިފައިވަނީ އިންޑޮނޭޝިއާގައި އަންނަ ޖެނުއަރީމަހުގެ 27 ހުން ފެށިގެން ފެބްރުއަރީމަހުގެ 7 ވަނަ ދުވަހާ ހަމަޔަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އަލަވޭސް ބަލިކޮށް، ބާސެލޯނާ ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
02 Nov 2026 ކުޅިވަރު

އަލަވޭސް ބަލިކޮށް، ބާސެލޯނާ ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

ބާސެލޯނާގެ ދަނޑުގައި ކުޅުނު މިމެޗް އަލަވޭސްގެ މައްޗަށް އެޓީމް ކުރި ހޯދީ 6-1 ގެ ނަތީޖާއިންނެވެ. ބާސާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ކުރީކޮޅު ރަފީނިއާގެ ލަނޑުން ބާސެލޯނާ ލީޑު ނެގިއިރު، މުޅި މެޗު ކޮންޓްރޯލް ކުރީ އެ ޓީމުންނެވެ.

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި
31 Oct 2026 ކުޅިވަރު

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި

މީގެ ކުރިންވެސް ކުރި ކޭމްޕް ދަތުރުގައިވެސް ފަލަސްތީނުން ވަނީ ރާއްޖެއާ ދެކޮޅަށް މެޗެއް ކުޅެފައެވެ. އެމެޗް ފަލަސްތީނުން ކާމިޔާބުކުރީ 6-0 ގެ ނަތީޖާއިންނެވެ.

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް
27 Oct 2026 ކުޅިވަރު

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް

ފަލަސްތީނުގެ ޓީމްގެ މި ދަތުރުގެ ތެރެއިން ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މި މެޗުތައް އޮންނާނީ މި މަހުގެ 30 ވަނަ ދުވަހާއި، އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު މާލޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ
24 Oct 2026 ކުޅިވަރު

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ

މި ތަމްރީނު ކޭމްޕްގައި ފަލަސްތީނު ޓީމު ގާއިމުވެ ތިބުމަށް ހަމަޖެހިފައިވަނީ ކ. ގުރައިދޫގައެވެ.

ފީފާ ފެސްޓިވަލްގައި ޒުވާން ޓީމް މިއަދު ނިކުންނާނީ ދެކުނު އެފްރިކާ އާ ދެކޮޅަށްެ
24 Oct 2026 ކުޅިވަރު

ފީފާ ފެސްޓިވަލްގައި ޒުވާން ޓީމް މިއަދު ނިކުންނާނީ ދެކުނު އެފްރިކާ އާ ދެކޮޅަށްެ

މިއީ މި ފެސްޓިވަލްގައި ރާއްޖެ ވާދަކުރާ ފުރަތަމަ މެޗެވެ. މި ފެސްޓިވަލްގައި ދެކުނު އެފްރިކާގެ އިތުރުން ރާއްޖެ ހިމެނޭ ގްރޫޕްގައި ވަރުގަދަ ޓީމްތައް ހިމެނެއެވެ. އޭގެ ތެރޭގައި ފްރާންސް، އެސްޓޯނިއާ އަދި ކޮސޯވޯ ހިމެނެއެވެ.

ޓީސީ އާ މާޒިޔާ ބައްދަލުކުރިމެޗް މާޒިޔާއަށް
15 Oct 2026 ކުޅިވަރު

ޓީސީ އާ މާޒިޔާ ބައްދަލުކުރިމެޗް މާޒިޔާއަށް

ދިރާގް ދިވެހި ޕްރިމިއާލީގްގައި މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބާއި މާޒިޔާ ބައްދަލުކުރިމެޗް ފަސޭހަކަމާއެކު މާޒުޔާ ކާމިޔާބުކޮށްފިއެވެ.

ބިސްބުރު ބަލިކުރުމަށްފަހު ވިކްޓްރީ ތާވަލްގެ އެއްވަނައަށް
14 Oct 2026 ކުޅިވަރު

ބިސްބުރު ބަލިކުރުމަށްފަހު ވިކްޓްރީ ތާވަލްގެ އެއްވަނައަށް

މި މެޗުން ލިބުނު މޮޅާއެކު ވިކްރީ މިހާރު އުޅެނީ ކުޅުނު 4 މެޗުން ލުބުނު 10 ޕޮއިންޓާއެކު ތާވަލްގެ އެއްވަނާގައެވެ. މެޗުން ބަލިބި ބިސްބުރު އުޅެނީ ތާވަލްގެ ފަސްވަނާގައެވެ.