ފޮޓޯ: ވޮއިސް
ފޮޓޯ: ވޮއިސް
ރިޕޯޓް 01 Sep 2026 | 16:57

ދިވެހި ވަޠަނީ ޚިދުމަތް: ޤައުމީ ޖީލެއް ބިނާކުރުމުގެ ކާމިޔާބު އެއް އަހަރު

"ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމް" އަކީ ފަހުގެ ތާރީޚެއްގައި ދިވެހި ދައުލަތުން އިސްނަގައިގެން ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރެއިން، ރައްޔިތުންގެ އެންމެ ބޮޑު ތަރުޙީބަކާއި އެއްބާރުލުމެއް ލިބިގެންދިޔަ އެއް މަޝްރޫޢެވެ. މިއީ ސިޔާސީ އެންމެހައި ފިކުރުތަކުން އެއްކިބާވެ، ޤައުމީ ލޯތްބާއި އެއްބައިވަންތަކަމުގެ މަތިވެރި ބިންގަލުގެ މައްޗަށް އެކުލަވާލާފައިވާ މުހިންމު ޕްރޮގްރާމެކެވެ. ޒަމާނަށް އަންނަމުންދާ ބަދަލުތަކާއެކު ޒުވާނުންނާއި ފުރާވަރުގެ ކުދިންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލުތަކާ ގުޅިގެން، މަސައްކަތުގެ ޢަމަލީ މައިދާނަށް އަހުލުވެރި، އަޚްލާޤު ރަނގަޅު ޖީލެއް ބިނާކުރުމުގެ ބޭނުންތެރިކަން ދިވެހި މުޖުތަމަޢަށް އޮތީ އިންތިހާއަށް ޖެހިފައެވެ.

ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި އުޞޫލުތަކުގައި ސާބިތުވެތިބޭ، އަދި ޖިސްމާނީ، ނަފްސާނީ އަދި ރޫޙާނީ ގޮތުން ދުޅަހެޔޮ ޒިންމާދާރު ޖީލެއް ބިނާކުރެއްވުމުގެ މަޤްޞަދުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން މި ޚިދުމަތް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ 2025 އޮކްޓޫބަރު 01 ގައި، އެމް.އެން.ޑީ.އެފް ކޮމްޕޮސިޓް ޓްރޭނިންގ ސެންޓަރ (ޅ. މާފިލާފުށި) ގައެވެ. މިއަދު މި ޚިދުމަތަށް ކާމިޔާބު އެއް އަހަރު ފުރިހަމަވެގެން ގޮސްފައިވާއިރު، މިއީ ޤައުމުގެ ތަރައްޤީއަށާއި ޒުވާނުން ބާރުވެރިކުރުވުމަށް އެޅުނު ވަރުގަދަ ބިންގަލެކެވެ.

މި ޕްރޮގްރާމުގެ ދަށުން މައިގަނޑު ދެ ދާއިރާއަކުން ވަނީ ބައިވެރިންނަށް ތަމްރީން ދީފައެވެ. އެއީ ޅ. މާފިލާފުށީގައި ހިންގުނު "ނޭޝަނަލް ސަރވިސް އިނީޝަލް ޓްރޭނިންގ" އާއި، ބ. ކިހާދޫގައި ހިންގުނު "ނޭޝަނަލް ސަރވިސް ސްކިލް ޓްރޭނިންގ" އެވެ. ވަތަނީ ޕްރޮގްރާމްގެ ތިން ބެޗެއްގައި މިހާތަނަށް ތަމްރީނު ފެށި 1,117 ކުދިންގެ ތެރެއިން 1,091 ކުދިން ވަނީ ކާމިޔާބުކަމާއެކު ދަސްވިފައެވެ. މީގެ ތެރޭގައި ހިމެނެނީ ފިރިހެން890 ދަރިވަރުންނާއި އަންހެން 201 އަންހެން ދަރިވަރުންނެވެ. މި ޕްރޮގްރާމްގައި ރާއްޖޭގެ 20 އަތޮޅަކުން ޒުވާނުން ބައިވެރިވިއެވެ. ދަސްވެނިވުނު ދަރިވަރުންނަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދެމުން އަންނަކަންވެސް ފާަހަގަކޮށްލެވެއެވެ

ވަތަނީ ހިދުމަތުގެ ތެރެއިން ނިކުތް ކުދިންނަށް ވަޒީފާގެ ފުރުސަތު؛

ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމައި، ވަޒީފާއަށް ކުރިމަތިލި 543 ބައިވެރިންގެ ތެރެއިން 402 ފަރާތަކަށް، 30 ސެޕްޓެމްބަރު 2026 ގެ ނިޔަލަށް އެކި މުއައްސަސާތަކާއި ކުންފުނިތަކުން ވަނީ ވަޒީފާގެ ފުރުޞަތު ހަމަޖައްސައިދެވިފައެވެ. މީގެ ތެރޭގައި ހިމެނެނީ އެމް.އެން.ޑީ.އެފާއި، ފުލުހުންގެ ހިދުމަތުގެ އިތުރުންއޭވިއޭޝަން ސެކިއުރިޓީ ކޮމާންޑެވެ

- އެމް.އެން.ޑީ.އެފަށް: 300 ބައިވެރިން

- ދިވެހި ފުލުހުންގެ ޚިދުމަތަށް: 58 ބައިވެރިން

- އޭވިއޭޝަން ސެކިއުރިޓީއަށް: 23 ބައިވެރިން

އިޖުތިމާޢީ އަދި އިޤްތިޞާދީ ނަތީޖާ

މި ޕްރޮގްރާމުގެ ސަބަބުން ޒުވާނުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އީޖާބީ ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ބެލެނިވެރިން ފާހަގަކުރެއެވެ. ޚާއްޞަކޮށް ވަގުތަށް ކަމޭހިތުމާއި، ދީނީ ކަންކަމަށް ދޭ އަހައްމިއްޔަތުކަން އިތުރުވެ، ޒިންމާދާރު ބަޔަކަށް ޒުވާނުން ވަނީ ވެފައެވެ. އާއިލާތަކަށް ކުރިމަތިވާ މާލީ ދަތިތަކަށް ލުޔެއް ލިބުމުގެ އިތުރުން، ބައިވެރިންގެ އާއިލާތަކަށް އެމް.އެން.ޑީ.އެފް މެދުވެރިކޮށް ޞިއްޙީ އިންޝުއަރެންސް ލިބިގެންދިއުމަކީ މި މަޝްރޫޢުން ލިބުނު ބޮޑު ކުރިއެރުމެކެވެ.

ކުރިއަށް އޮތީ ކޮންކަންތައްތަކެއް؟

2026 ވަނަ އަހަރުގެ އޮކްޓޫބަރު މަހު މި ޕްރޮގްރާމުގެ އިތުރު ބެޗުތައް ފެށުމަށް ވަނީ ތާވަލުކުރެވިފައެވެ. ސަރުކާރުގެ އަމާޒަކީ މި ޚިދުމަތުގެ ތެރެއަށް ފަންނީ އައު ދާއިރާތަކާއި އިންޓަރންޝިޕް ފުރުޞަތުތައް ތަޢާރަފްކޮށް، "ނޭޝަނަލް ކެރިއަރ ސަރވިސް" މެދުވެރިކޮށް ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް އިތުރަށް ފަހިކޮށްދިނުމެވެ.

ނިންމުންވޭތުވެދިޔަ އެއް އަހަރު ދުވަހަކީ "ދިވެހި ވަޠަނީ ޚިދުމަތް" މުޖުތަމަޢުގައި ބަލައިގަނެވި، އޭގެ ނަތީޖާ ފެނިގެންދިޔަ އަހަރެކެވެ. މިއީ ޤައުމަށް ވަފާތެރި، ހުނަރުވެރި ޖީލެއް ބިނާކުރުމަށް އެޅުނު ވަރުގަދަ ބިންގަލެކެވެ. މިކަމާ ގުޅޭގޮތުން ރައީސް ޑރ.މުއިއްޒު މިއަދު ވަނީ  ނޭޝަނަލް ސަރވިސްގެ ތެރެއަށް ފަންނީ އިތުރު ދާއިރާތައް ތަޢާރަފްކުރައްވާނޭކަމަށް ވިދާޅުވެފައެވެ.

މި ޚިދުމަތަށް މިއަދު އެއް އަހަރު ފުރުމާއި ގުޅިގެން ރައީސް މުޢިއްޒު އެކްސްގައި ކުރެއްވި މި ޕޯސްޓުގައި ވަނީ ކުރިއަށް އޮތް ތަނުގައި މި ޚިދުމަތުގެ ތެރެއަށް ފަންނީ އައު ދާއިރާތަކާއި އިންޓަރންޝިޕް ޕްރޮގްރާމްތައް ތަޢާރަފްކުރެވޭނެ ކަމަށެވެ. އަދި ތަމްރީނު ފުރިހަމަކުރާ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށްޓަކައި، ނޭޝަނަލް ކެރިއަރ ސަރވިސްގެ ދައުރު ފުޅާކުރުމަކީވެސް ސަރުކާރުގެ މުހިންމު އަމާޒެއް ކަމުގައި ރައީސް ވިދާޅުވިއެވެ.

ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި "ދިވެހި ވަޠަނީ ޚިދުމަތް" ވެގެން ގޮސްފައިވަނީ ދިވެހި ޒުވާނުންގެ ވިސްނުމަށާއި ދިރިއުޅުމަށް އިންޤިލާބީ ހެޔޮ ބަދަލުތަކެއް ގެނެސްދިން، ނަތީޖާ ފެންނަމުންދާ ކާމިޔާބު ޕްރޮގްރާމަކަށެވެ. ޤައުމަށް ދިމާވާ ކޮންމެ ކަމެއްގައި ސާބިތުކަމާއެކު ކުރިމަތިލާނެ، ހުނަރުވެރި، ދީނާއި ޤައުމިއްޔަތަށް ލޯބިކުރާ ޒުވާން ޖީލެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ފެއްޓެވި މި ޤައުމީ މަސައްކަތްޕުޅަކީ މުޅި ދިވެހިރާއްޖޭގެ މުސްތަޤްބަލް އުޖާލާކޮށްދޭނޭ އަގުހުރި މަޝްރޫޢެއްކަމަށް ގިނަ ބަޔަކު ދެކެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޑްރޯނަކީ އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ލިބުނު ވަރަށްބޮޑު ކުރިއެރުމެއް-  ޗީފް އޮފް ޑިފެންސް ފޯސް
03 Nov 2026 ހަބަރު

ޑްރޯނަކީ އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ލިބުނު ވަރަށްބޮޑު ކުރިއެރުމެއް- ޗީފް އޮފް ޑިފެންސް ފޯސް

ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމަކީ ދިވެހި އަސްކަރިއްޔާ ތަރައްޤީ ކުރުމަށްޓަކައި އެންމެ ގިނަ މަސައްކަތްތަކެއް ކޮށް، އެންމެ ބޮޑު ހޭދައެއް ކުރަމުންދާ ދައުރު ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވިދާޅުވެއްޖެއެވެ. މިގޮތުން ޑްރޯންތަކަކީ ދިވެހި އަސްކަރިއްޔާއަށް ލިބިގެންދިޔަ ވަރަށް މުހިންމު ވަސީލަތެއްކަން އެމަނިކްފާނު ފާހަގަކުރެއްވިއެވެ.

މިނިވަންކަން ދެމިއޮތުމުގައި ސިފައިންގެ ހިތްވަރާއި ޖިހާދުން ފިލާވަޅު ލިބިގަންނަންޖެހޭ: ރައީސް ޑރ.މުއިއްޒުު
03 Nov 2026 ހަބަރު

މިނިވަންކަން ދެމިއޮތުމުގައި ސިފައިންގެ ހިތްވަރާއި ޖިހާދުން ފިލާވަޅު ލިބިގަންނަންޖެހޭ: ރައީސް ޑރ.މުއިއްޒުު

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ.މުއިއްޒު ވިދާޅުވީ، އަޅުގަނޑުމެންގެ މި ދިވެހި ފަސްގަނޑު މިނިވަންކަން މަތީ ދެމިއޮތުމުގައި ދިވެހި ސިފައިންގެ ހިތްވަރާއި ކުރެއްވި މަތިވެރި ޖިހާދަކީ އެއިން އިބުރަތް ލިބިގަންނަންޖެހޭ ފިލާވަޅުތަކެއް ކަމަށެވެ

ނަޞްރުގެ ދުވަހުގެ ދިދަ ޖެހުމާއި ގާޑު މައުންޓް ކުރުމުގެ ރަސްމިއްޔާތު ބާއްވައިފި
03 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ދިދަ ޖެހުމާއި ގާޑު މައުންޓް ކުރުމުގެ ރަސްމިއްޔާތު ބާއްވައިފި

ހަނދާނީ ބިނާ ސަރަހައްދުގައި ބޭއްވި މި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަޑައިގެންނެވުމުން މަރުޙަބާ ދެންނެވީ ޑިފެންސް މިނިސްޓަރު ޙަސަން ރަޝީދެވެ.

ފޯޅަވަހި މައްސަލާގައި ރާއްޖެއިން ޢަމަލުކުރި ގޮތް ތަޙުޤީޤުކުރަން ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ ކޮމިޝަނެއް އުފައްދައިފި
01 Nov 2026 ހަބަރު

ފޯޅަވަހި މައްސަލާގައި ރާއްޖެއިން ޢަމަލުކުރި ގޮތް ތަޙުޤީޤުކުރަން ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ ކޮމިޝަނެއް އުފައްދައިފި

ދިވެހިރާއްޖެއާ ފޯޅަވައްސާ ދެމެދު ކަނޑުގެ ސަރަޙައްދު އަދި ކޮންޓިނެންޓަލް ޝެލްފްގެ އިންތައް ކަނޑައެޅުމަށް މޮރިޝަސްއިން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހެޅި މައްސަލައިގައި ރާއްޖެއިން ޢަމަލުކުރި ގޮތް ތަޙުޤީޤުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ ކޮމިޝަނެއް މިއަދު އުފައްދަވައިފިއެވެ.

އިންތިހާބުން އެނގިގެން ދިޔައީ ސަރުކާރުގެ މަސައްކަތްތައް ރައްޔިތުން އަގުވަޒަންކުރާކަން: ރައީސް ޑރ.މުއިއްޒު
31 Oct 2026 ހަބަރު

އިންތިހާބުން އެނގިގެން ދިޔައީ ސަރުކާރުގެ މަސައްކަތްތައް ރައްޔިތުން އަގުވަޒަންކުރާކަން: ރައީސް ޑރ.މުއިއްޒު

އެލްޖީއޭގެ ބޯޑަށް އިންތިޚާބުކުރާ މެންބަރުން ހޮވުމަށް މިއަދު ކުރިއަށްދިޔަ މި އިންތިޚާބު ކާމިޔާބުކޮށްފައިވަނީ ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓުންނެވެ. މި ކާމިޔާބީއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ޚިދުމަތްތަކާއި ފުރުސަތުތައް ލާމަރުކަޒުކޮށްގެން ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ރައްޔިތުން ދިން ވަރުގަދަ ތާއީދެއް ކަމަށެވެ.

ސްޕެއިންގައި ހިނގި ރޭލު އެކްސިޑެންޓާ ގުޅިގެން ރައީސުލްޖުމްހުރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ
30 Oct 2026 ހަބަރު

ސްޕެއިންގައި ހިނގި ރޭލު އެކްސިޑެންޓާ ގުޅިގެން ރައީސުލްޖުމްހުރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ

ސްޕެއިންގެ ދެކުނުބިތުގައި ހިނގި ރޭލު އެކްސިޑެންޓެއްގައި ގިނަ ބަޔަކު މަރުވެ، އެތައް ބަޔަކު ޒަޚަމްވި ހިތާމަވެރި ހާދިސާއާ ގުޅިގެން، ސްޕެއިންގެ ބޮޑުވަޒީރު ހިޒް އެކްސަލަންސީ ޕެޑްރޯ ސަންޗޭޒަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.