އެމްޖީ ފުޓްބޯޅަ ޓީމު މުބާރާތުގެ ޓްރޮފީއާއެކު އުފާފާޅުކުރަނީ... ފޮޓޯ: އެމްޖީ ސްޕޯޓްސް ކުލަބު
އެމްޖީ ފުޓްބޯޅަ ޓީމު މުބާރާތުގެ ޓްރޮފީއާއެކު އުފާފާޅުކުރަނީ... ފޮޓޯ: އެމްޖީ ސްޕޯޓްސް ކުލަބު
ކުޅިވަރު 30 Jun 2024 | 15:39

ޝަނާންގެ ހެޓްރިކާއެކު ވައިޕާސް ބަލިކޮށް އެމްޖީ ފުޓްބޯޅަ ޓީމު ޗެންޕިއަންކަން ހޯދައިފި

ކާށިދޫގައި މިހާރު ކުރިއަށްދާ "ކާށިދޫ ކައުންސިލް ފުޓްބޯޅަ ޗެލެންޖު 2024"ގެ ފައިނަލް މެޗުގައި މިއަދު ހަވީރު ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުން ވައިޕާސް ބަލިކޮށް އެމްޖީ ފުޓްބޯޅަ ޓީމުން މުބާރާތުގެ ޗެންޕިއަންކަން ހޯދައިފިއެވެ.

އެމްޖީ ފުޓްބޯޅަ ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލުގައި ކޮން އާއި ވާދަކުރި މެޗު 0-0 ގެ ނަތީޖާއަކުން އެއްވަރުވެ، ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި 4-1 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. އަދި ވައިޕާސް ފައިނަލުން ޖާގަ ހޯދީ ވާދަވެރި ކުޅުމަކަށްފަހު 1-0 ގެ ނަތީޖާއަކުން އެސްޕީ ބަލިކުރުމަށް ފަހުއެވެ.

މެޗުގެ ފުރަތަމަ ހާފުގައި އެމްޖީ ފުޓްބޯޅަ ޓީމުގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި އެޓީމުން ވަނީ ތިން ލަނޑުގެ ލީޑެއް ނަގާފައެވެ. އަދި އެޓީމުގެ ތިން ލަނޑުވެސް މިމެޗުގައި ކާމިޔާބުކޮ ކާމިޔާބުކޮށްދިނީ މިމުބާރާތުގައި މޮޅު ދެއްކި ޝަނާން ރަޝާދު އެވެ.

މެޗުގެ ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދެޓީމުންވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 3-0 ގެ ނަތީޖާއަކުން އެމްޖީ ފުޓްބޯޅަ ޓީމު ކުރީގައި އޮވެގެންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޓީމުގެ ޝަނާން ރަޝާދު އެވެ.

މިމަހުގެ 20 އިން 30 އަށް ކުރިއަށްދާ މި މުބާރާތުގެ ޗެންޕިއަން ޓީމަށް 30،000 އަދި ރަނަރަޕް ޓީމަށް 20،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައިވާއިރު މިއަހަރުގެ މުބާރާތުގައި ހަ ޓީމަކުން ވަނީ ބައިވެރިވެފައިވެފައެވެ. އަދި މުބާރާތް ކުރިއަށްދަނީ ބައިވެރިވި ހަޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ.

މިއަހަރުގެ މުބާރާތުގެ ޓްރަވަލް ޕާޓްނާއަކަށް މައިދޫ ސްޕީޑް އަދި ބެވަރޭޖް ޕާޓްނަރ އަކަށް އާރުވީ ސްޓޯރު ހަމަޖައްސާފައިވާއިރު، ޕްރިންޓިން ޕާޓްނަރަކީ ޔުނިކް އައިޑިއާ އެވެ. އަދި މީގެ އިތުރުން މި އަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ވޮއިސް ސްޕޯޓްސް އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި
31 Oct 2026 ކުޅިވަރު

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި

މީގެ ކުރިންވެސް ކުރި ކޭމްޕް ދަތުރުގައިވެސް ފަލަސްތީނުން ވަނީ ރާއްޖެއާ ދެކޮޅަށް މެޗެއް ކުޅެފައެވެ. އެމެޗް ފަލަސްތީނުން ކާމިޔާބުކުރީ 6-0 ގެ ނަތީޖާއިންނެވެ.

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް
27 Oct 2026 ކުޅިވަރު

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް

ފަލަސްތީނުގެ ޓީމްގެ މި ދަތުރުގެ ތެރެއިން ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މި މެޗުތައް އޮންނާނީ މި މަހުގެ 30 ވަނަ ދުވަހާއި، އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު މާލޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ
24 Oct 2026 ކުޅިވަރު

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ

މި ތަމްރީނު ކޭމްޕްގައި ފަލަސްތީނު ޓީމު ގާއިމުވެ ތިބުމަށް ހަމަޖެހިފައިވަނީ ކ. ގުރައިދޫގައެވެ.

ފީފާ ފެސްޓިވަލްގައި ޒުވާން ޓީމް މިއަދު ނިކުންނާނީ ދެކުނު އެފްރިކާ އާ ދެކޮޅަށްެ
24 Oct 2026 ކުޅިވަރު

ފީފާ ފެސްޓިވަލްގައި ޒުވާން ޓީމް މިއަދު ނިކުންނާނީ ދެކުނު އެފްރިކާ އާ ދެކޮޅަށްެ

މިއީ މި ފެސްޓިވަލްގައި ރާއްޖެ ވާދަކުރާ ފުރަތަމަ މެޗެވެ. މި ފެސްޓިވަލްގައި ދެކުނު އެފްރިކާގެ އިތުރުން ރާއްޖެ ހިމެނޭ ގްރޫޕްގައި ވަރުގަދަ ޓީމްތައް ހިމެނެއެވެ. އޭގެ ތެރޭގައި ފްރާންސް، އެސްޓޯނިއާ އަދި ކޮސޯވޯ ހިމެނެއެވެ.

ޓީސީ އާ މާޒިޔާ ބައްދަލުކުރިމެޗް މާޒިޔާއަށް
15 Oct 2026 ކުޅިވަރު

ޓީސީ އާ މާޒިޔާ ބައްދަލުކުރިމެޗް މާޒިޔާއަށް

ދިރާގް ދިވެހި ޕްރިމިއާލީގްގައި މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބާއި މާޒިޔާ ބައްދަލުކުރިމެޗް ފަސޭހަކަމާއެކު މާޒުޔާ ކާމިޔާބުކޮށްފިއެވެ.

ބިސްބުރު ބަލިކުރުމަށްފަހު ވިކްޓްރީ ތާވަލްގެ އެއްވަނައަށް
14 Oct 2026 ކުޅިވަރު

ބިސްބުރު ބަލިކުރުމަށްފަހު ވިކްޓްރީ ތާވަލްގެ އެއްވަނައަށް

މި މެޗުން ލިބުނު މޮޅާއެކު ވިކްރީ މިހާރު އުޅެނީ ކުޅުނު 4 މެޗުން ލުބުނު 10 ޕޮއިންޓާއެކު ތާވަލްގެ އެއްވަނާގައެވެ. މެޗުން ބަލިބި ބިސްބުރު އުޅެނީ ތާވަލްގެ ފަސްވަނާގައެވެ.