ކުލަބް ޖީއެސް އާއިކު ވޮއިސް އިން ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިިން
ކުލަބް ޖީއެސް އާއިކު ވޮއިސް އިން ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިިން
ކުޅިވަރު 11 Jan 2024 | 03:54

"ޖީއެސް އަންހެން ވޮލީބޯޅަ ޓޯނަމަންޓް 2024" ގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް

ކުލަބު ޖީއެސްގެ ފަރާތުން އިންތިޒާމްކޮށްގެން ހއ.ހޯރަފުށީ މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ "ޖީއެސް އަންހެން ވޮލީބޯޅަ ޓޯނަމަންޓް 2024" ގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް ހަމަޖައްސައިފިއެވެ.

ފެބުރުއަރީ 10 ގައި ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތަކީ ހއ. ހޯރަފުށީގައި ހަރަކާތްތެރިވާ ކުލަބު ޖަމިއްޔާތަކާއި، ސަރުކާރުގެ އޮފީސްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، އަމިއްލަ ކުންފުނިތަކުގެ އިތުރުން އަމިއްލަ ވިޔަފާރިތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ.

ކުލަބް ޖީއެސްގެ ފަރާތުން ވޮއިސްއަށް މައުލޫމާތު ދެއްވިގޮތުގައި ޗެންޕިއަން ޓީމަށް 10,000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 5,000 ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މިމުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މަދުވެގެން ހަތަރު ޓީމު ބައިވެރިވާނަމައެވެ.

މުބާރާތުގައި ޓީމްތައް ރަޖިސްޓަރީކުރުމުގެ ފުރުސަތު މިމަހު 8 ވަނަ ދުވަހު ހުޅުވާލާފައި ވާއިރު، ޓީމުތައް ރަޖިސްޓަރީ ކުރުމަށް ފޯމު ހުށަހެޅުމަށް ކަނޑައެޅިފައިވާ އެންމެ ފަހުގެ ތާރީޚަކީ 2024 ޖެނުއަރީ މަހުގެ 13 ވަނަ ދުވަހެވެ.

މީގެ އިތުރުން މުބާރާތުގައި ބައިވެރިވާ ޓީމުތަކުން ޓީމު ލިސްޓު ހުށަހެޅުމަށް ހުޅުވާލުމަށް ހަމަޖެހިފައި ވަނީ ޖެނުއަރީމަހުގެ 14 ވަނަ ދުވަހުއެވެ. އަދި ޓީމު ލިސްޓް ހުށަހެޅޭނެ އެންމެ ފަހު ދުވަހަކީ 2024 ފެބުރުއަރީ މަހުގެ ތިންވަނަ ދުވަހެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި
31 Oct 2026 ކުޅިވަރު

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި

މީގެ ކުރިންވެސް ކުރި ކޭމްޕް ދަތުރުގައިވެސް ފަލަސްތީނުން ވަނީ ރާއްޖެއާ ދެކޮޅަށް މެޗެއް ކުޅެފައެވެ. އެމެޗް ފަލަސްތީނުން ކާމިޔާބުކުރީ 6-0 ގެ ނަތީޖާއިންނެވެ.

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް
27 Oct 2026 ކުޅިވަރު

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް

ފަލަސްތީނުގެ ޓީމްގެ މި ދަތުރުގެ ތެރެއިން ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މި މެޗުތައް އޮންނާނީ މި މަހުގެ 30 ވަނަ ދުވަހާއި، އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު މާލޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ
24 Oct 2026 ކުޅިވަރު

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ

މި ތަމްރީނު ކޭމްޕްގައި ފަލަސްތީނު ޓީމު ގާއިމުވެ ތިބުމަށް ހަމަޖެހިފައިވަނީ ކ. ގުރައިދޫގައެވެ.

ފީފާ ފެސްޓިވަލްގައި ޒުވާން ޓީމް މިއަދު ނިކުންނާނީ ދެކުނު އެފްރިކާ އާ ދެކޮޅަށްެ
24 Oct 2026 ކުޅިވަރު

ފީފާ ފެސްޓިވަލްގައި ޒުވާން ޓީމް މިއަދު ނިކުންނާނީ ދެކުނު އެފްރިކާ އާ ދެކޮޅަށްެ

މިއީ މި ފެސްޓިވަލްގައި ރާއްޖެ ވާދަކުރާ ފުރަތަމަ މެޗެވެ. މި ފެސްޓިވަލްގައި ދެކުނު އެފްރިކާގެ އިތުރުން ރާއްޖެ ހިމެނޭ ގްރޫޕްގައި ވަރުގަދަ ޓީމްތައް ހިމެނެއެވެ. އޭގެ ތެރޭގައި ފްރާންސް، އެސްޓޯނިއާ އަދި ކޮސޯވޯ ހިމެނެއެވެ.

ޓީސީ އާ މާޒިޔާ ބައްދަލުކުރިމެޗް މާޒިޔާއަށް
15 Oct 2026 ކުޅިވަރު

ޓީސީ އާ މާޒިޔާ ބައްދަލުކުރިމެޗް މާޒިޔާއަށް

ދިރާގް ދިވެހި ޕްރިމިއާލީގްގައި މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބާއި މާޒިޔާ ބައްދަލުކުރިމެޗް ފަސޭހަކަމާއެކު މާޒުޔާ ކާމިޔާބުކޮށްފިއެވެ.

ބިސްބުރު ބަލިކުރުމަށްފަހު ވިކްޓްރީ ތާވަލްގެ އެއްވަނައަށް
14 Oct 2026 ކުޅިވަރު

ބިސްބުރު ބަލިކުރުމަށްފަހު ވިކްޓްރީ ތާވަލްގެ އެއްވަނައަށް

މި މެޗުން ލިބުނު މޮޅާއެކު ވިކްރީ މިހާރު އުޅެނީ ކުޅުނު 4 މެޗުން ލުބުނު 10 ޕޮއިންޓާއެކު ތާވަލްގެ އެއްވަނާގައެވެ. މެޗުން ބަލިބި ބިސްބުރު އުޅެނީ ތާވަލްގެ ފަސްވަނާގައެވެ.