ރައީސް ސޯލިހް (ކ) ފައްޔާޒް (މ) ރައީސް ނަޝީދު (ވ)
ރައީސް ސޯލިހް (ކ) ފައްޔާޒް (މ) ރައީސް ނަޝީދު (ވ)
ރިޕޯޓް 02 Jun 2025 | 11:09

ސޯލިހްއާ ފައްޔާޒު ހިޔާލު ތަފާތުވެ, އަނެއްކާ އެމްޑީޕީ ބައިބައިވަނީ؟

ލިޔުންތެރިޔާ

އަހުމަދު ހަމީދު އާދަމް

މިވަގުތު އިދިކޮޅު މައި ޕާޓީއެއްގެ ގޮތުގައި އޮތް އެމްޑީޕީ އަކީ އަދިވެސް ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ސިޔާސީ ޕާޓީ އެވެ. އެންމެ ބޮޑު ބަދަހި ކަމެއް އޮތް ޕާޓީވެސް މެ އެވެ. މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިއާ ހަމައަށް އެމްޑީޕީ އޮތީ އާދަޔާ ހިލާފު ވަރުގަދަ ބަދަހި ކަމެއްގަ އެވެ. ނަމަވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި, ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ދެ ބޭފުޅުންގެ ގުޅުން ގޯސްވެ ބޮޑު ފެޅުމަކުން އެމްޑީޕީ ފެޅި ދެބައިވީ އެވެ.

އެންމެ ފަހުން ނަޝީދާއި އެމަނިކުފާނުގެ ވަފާތެރިން އެމްޑީޕީން ވަކިވެ, އާ ސިޔާސީ ޕާޓީއެއް އުފެއްދި އެވެ. ދަ ޑިމޮކްރެޓްސް ނަމުގައި އާ ޕާޓީއެއް އުފެއްދީ އެމްޑީޕީ ރޫޅާލުމުގެ އަޒުމާ އެކު އެވެ. އެކަމަކު އެކަން ކާމިޔާބުނުވެ, ޑިމޮކްރެޓްސްއަށް ވެސް ކުރިއަށް ދެވޭ ގޮތެއް ނުވި އެވެ. އެންމެފަހުން އެމްޑީޕީ ދޫކޮށްލި ބައެއް ބޭފުޅުން އަލުން އެ ޕާޓީއާ ގުޅުނެވެ.

އެެމްޑީޕީ އަލުން ބަދަހިކަމާއެކު ތެދުވެ ވަރުގަދަ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ފެނުމުގެ ފުރުސަތު ފަހިވީ އެވެ.

އެކަމަކު މިހާރު އޮތީ އާ ސުވާލެއް ކުރިމަތިވެފަ އެވެ. އެއީ ބަދަހިކަމާ އެކު އެމްޑީޕީއަށް ދެމި އޮވެވިދާނެތޯ އެވެ. ނޫނީ އިތުރު ހިޔާލު ތަފާތުވުންތަކެއްގެ ތެރޭގައި އެމްޑީޕީ އަލުން ފެޅި ބައިބައިވާނީ ތޯ އެވެ.

ފައްޔާޒުގެ ލީޑާޝިޕާމެދު ހިޔާލު ތަފާތުވުން

މި ފަހަރު އެމްޑީޕީގެ ކުރިމަގާ މެދު ސުވާލު އުފެދުނީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލްގެ ލީޑާޝިޕާމެދު ރައީސް ސޯލިހަށް ތާއީދު ކުރާ މެންބަރުން މެދުގައި އޮތް ހިތްހަމަނުޖެހުމާއި ގުޅިގެންނެވެ. ހަގީގަތުގައި އެ ހިތްހަމަނުޖެހުން އޮތީ އާންމު މެންބަރުންގެ މެދުގަ އެއް ނޫނެވެ.

އެ ހިތްހަަމަ ނުޖެހުން އޮތީ ރައީސް ސޯލިހާއި އެމަނިކުފާނަށް ތާއީދުކުރާ އެމްޑީޕީގެ އިސްވެރީންގެ އެވެ. އެކަން ޕާޓީގައި ތިބި ސޯލިހަށް ތާއިދު ކުރާ އެކްޓިވިސްޓުންނާއި ސަޕޯޓަރުންނާއި މިހާރު ވަނީ ރަސްމީކޮށް ހިއްސާވެސް ކޮށްފަ އެވެ. އެ ބައްދަލްވުމުގައި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބިގޭ) ވާހަކަ ދައްކާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ވަނީ އާންމުވެފަ އެވެ.

ބިގޭ އާއި ރައީސް ސޯލިހަކީ ދެ ޅިޔަނުންނެވެ. އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ގެންނަން ރައީސް ސޯލިހް ބޭނުންފުޅު ވަނީ ބިގޭ ކަމަށް އެނގިފައިވެ އެވެ. ދެން އޮންނަ އިންތިހާބަކަށް އެ މަސައްކަތް މިހާާރު ވަނީ ފަށާފަ އެވެ.

އެ ބައްދަލްވުމުގައި ބިގޭ ވިދާޅުވި ގޮތުގައި އެމްޑީޕީގެ ވަރުގަދަ މަގުމަތީ ހަރަކާތްތައް މިހާރު އޮތީ ވަޅުޖެހިފަ އެވެ. ފައްޔާޒާއި ޝާހިދުގެ ލީޑާޝިޕްގައި މަގުމަތީ ހަރަކާތްތައް ކުރިއަށް ނުދެ އެވެ. އެހެން ކަމުން އެ މަސައްކަތް ރައީސް ސޯލިހްގެ އިރުޝާދާ އެއްގޮތަށް ކުރިއަށް ގެންދަން ދަނީ މަސައްކަތް ކުރަމުންނެވެ.

އެއާއެކު އެމްޑީޕީގެ ބައެއް މެންބަރުން ވަނީ އެއީ ވަރަށް ފިތުނަވެރި ވާހަކަތަކެއް ކަމަށް ބުނެ އެކަމާއި ދެކޮޅަށް ވާހަކަ ދައްކަން ފަށާފަ އެވެ. އަދި އެ ފުރުސަތު ނުދޭނެ ކަމަށް ވެސް ބައެއް މީހުން ބުނެފައިވެ އެވެ.

އެ ހައިސިއްޔަތު ސޯލިހަށް އެބައޮތްތަ؟

އެމްޑީޕީގެ ކަންކަން ތަރުތީބުވެފައި އޮންނަ ގޮތުން ޕާޓީ ހިންގުމުގެ އެންމެ ބޮޑު ޒިންމާއެއް އޮންނަނީ ޗެއާޕާސަން އަށެވެ. އޭގެ ފަހުން ދެން ރައީސަށެވެ.

ރައީސް ސޯލިހަކީ މިވަގުތު އެމްޑީޕީގެ އެޑްވައިޒަރެެކެވެ. އެ ނޫން ހައިސިއްޔަތެއް އެމަނިކުފާނަކަށް ނެތެވެ. އެހެން ކަމުން އެމްޑީޕީގެ މިހާރުގެ ލީޑާޝިޕްގެ ބޭރުން ރައީސް ސޯލިހްގެ ސީދާ އިރުޝާދުގެ ދަށުން އެއްވެސް ހަރަކާތެއް ކުރިއަށް ގެންދިއުމުގެ ފުރުސަތެއް އޮންނާނެތޯ މިއީ ސުވާލެކެވެ.

މި މައްސަލާގައި ވާހަކަ ދެއްކި އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ކުރީގެ ރައީސަކަށް ވިޔަސް އެމްޑީޕީގައި އިންތިހާބު ކޮށްފައިވާ ލީޑާޝިޕެއް އޮއްވާ އަމިއްލަ އަމިއްލައަށް އެފަދަ ކަަމެއް ނުކުރެވޭނެ ކަމަށާ އެފަދަ އެއްވެސް ހައިސިއްޔަތެއް ނޯންނާނެ ކަމަށް ބުނެފަ އެވެ.

އެކަން އެގޮތަށް ކޮށްފިނަމަ ފައްޔާޒާއި ޝާހިދު މަޑުން ނުހުންނަވާނެ ކަން އެއީ ޔަގީން ކަމެކެވެ. އެހެން ވެއްޖެނަމަ އެމްޑީޕީގައި އޮތް ހަމަޖެހުން ގެއްލޭނެ އެވެ. ބައިބައިވުމަކަށް މަގުފަހިވާނެ އެވެ.

ރައީސް ސޯލިހަށް އެކަން ނުކުރެއްވޭނެ ކަމަށް އެ ދެބޭފުޅުން ފާޅުގައި ވިދާޅުވެ ދާނެ އެވެ. އެއާއެކު ސޯލިހްގެ ފަޅީން ރައްދު ދެއްވާނެ އެވެ. މިއިން ކޮންމެ ގޮތަކަށް ކަންވެގެން ދިޔަސް ބައިބައިވުން ނުއުފެދޭނެ ގޮތެއް އެއީ ދުރުގޮތެކެވެ.

އަސްލު ވާދަ އޮތީ ރިޔާސީ ޓިކެޓަށް

ކުރިއަށް އޮތްތާ އެމްޑީޕީގައި މި ނޫން ވެސް ކިތަންމެ ކަމެއްގައި ހިޔާލުތަފާތުވުންތައް އުފެދޭނެ އެވެ. މައްސަލަތައް ޖެހޭނެ އެވެ. އެކަމަކު މިއިން ކޮންމެ މައްސަލަ ޖެހެނީ ނުވަތަ ހިޔާލުތަފާތުވުމެއް އުފެދެނީ ޕާޓީގައި ރިޔާސީ ޓިކެޓަށް އޮތް ވާދަވެރި ކަމެއްގެ ސަބަބުންނެވެ.

އަސްލު ވާދަ އޮތީ އެމްޑީޕީގެ ރިޔާސީ ޓިކެޓަށެވެ. އެހެން ވީމަ އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ތުހުމަތުތައް ވެސް ކުރައްވާނެ އެވެ. މަގާމުގެ ޒިންމާއާ މަސްއޫލިއްޔަތު ނުއުފުލޭކަން ދައްކަން މަސައްކަތް ކުރާނެ އެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވަނީ ދެން އޮންނަ ރިޔާސީ އިންތިހާބެއް ގައި ވާދަ ކުރަން އެމްޑީޕީގެ ޓިކެޓް ހޯދުމަށް ޝައުގުވެރިކަން ފާޅު ކުރައްވާފަ އެވެ. އެކަމުގައި އެމްޑީޕީގެ މެންބަރުންގެ ތާއީދަށް ވެސް ރަސްމީކޮށް ވަނީ އެދިވަޑައިގެންފަ އެވެ. އެމްޑީޕީގެ ރައީސް, ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު ވެސް އެމްޑީޕީގެ ޓިކެޓަށް ޝައުގުވެރިވާ ކަމުގެ އަޑުތައް އެބަ އޮތެވެ.

ހުޅުމާލެ ތަމްސީލު ކުރައްވާ ކުރީގެ ޓްރާސްޕޯޓް މިނިސްޓަރު ޑރ. ޝަމްހީދު ވެސް ވަނީ އެމްޑީޕީގެ ޓިކެޓް ހޯއްދެވުމުގެ މަސައްކަތް ފައްޓަވާފަ އެވެ. ރިޔާސީ ރޭހުން ވަކިވެ ފެއަށް ޖެހިވަޑައިގަތުމުގެ ވިސްނުންފުޅެއް ރައީސް ސޯލިހްގެ ވެސް ނެތެވެ. އިންތިހާބުގައި އަދި ވާދަ ކުރައްވާނެ ކަމަށް އެމަނިކުފާނު ވަނީ އެންމެ އަރިސް ބޭފުޅުންނާއި ހިއްސާ ކުރައްވާފަ އެވެ.

އެހެން ކަމުން ހަގީގީ ވާދަ މި އޮތީ އެމްޑީޕީގެ ރިޔާސީ ޓިކެޓަށެވެ. އެ ވާދާގައި ކުރެވޭ މަސައްކަތާއި ދެކެވޭ ވާހަކަތަކުން ކުރިއަށް އޮތީ އެމްޑީޕީގައި ބައިބައިވުން ބޮޑުވާނެ ދުވަސްތަކެއް ކަމަށް ބެލެވެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
11 Oct 2026 ހަބަރު

ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލާން އެދޭ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި އެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދ...

އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި
10 Oct 2026 ހަބަރު

އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ނޮވެމްބަރު 27 ގައި ބޭއްވުމަށް ތާވަލުކޮށްފައިވާ ގައުމީ މަޖިލީހުގެ އިންތިހާބާއި އެ ނޫން ވެސް ބައެއް މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފ...

ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
09 Oct 2026 ރިޕޯޓް

ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟

އިއްޔެ ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައ...

ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިންމޭޓުން އިއުލާންކުރުމަކީ ކަންބޮޑުވާ ކަމެއް: ރައީސް ނަޝީދު
09 Oct 2026 ހަބަރު

ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިންމޭޓުން އިއުލާންކުރުމަކީ ކަންބޮޑުވާ ކަމެއް: ރައީސް ނަޝީދު

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުން، ރަނިންމޭޓުން އިޚްތިޔާރުކޮށް އިއުލާނުކުރަމުން ދިޔުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ރައްޔިތުންގެ ...

ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
08 Oct 2026 ހަބަރު

ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި

ސަގަރމަންތަން, ދަ ގްރޭޓް އޯޝަންސް ޑައިލޮގްގެ 3 ވަނަ އެޑިޝަންގައި ބައިވެރިވެވައިގެން ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ...

އެމްޑީޕީ ގައުމީ މަޖިލިސް އިންތިހާބު އަންނަ މަހު 27 ގައި؛ ޓައިމްލައިން އާންމުކޮށްފި
08 Oct 2026 ހަބަރު

އެމްޑީޕީ ގައުމީ މަޖިލިސް އިންތިހާބު އަންނަ މަހު 27 ގައި؛ ޓައިމްލައިން އާންމުކޮށްފި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އަންނަ ނޮވެމްބަރު މަހުގެ 27 ގައި ބޭއްވުމަށް ހަމަޖައްސާފައިވާ ކަން އިއުލާންކޮށް ގައުމީ މަޖިލިސް އިންތިހާބުގެ ޓައިމްލައިން މިއަދު އާންމުކޮށްފި އެވެ. އެ ތާވ...