ހުޅުމާލެ ސަރަހާގައި ފެން، މައްޔިތުން ވަޅުލުން މެދުކަނޑާލައިފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
މި ވަގުތަށް ހުޅުމާލެ ސަހަރާގައި މައްޔިތުން ވަޅުލެވެން ނެތް ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.
ކައުންސިލުން ބުނީ ކަށްވަޅުގައި 8 އިންޗި އާއި 9 އިންޗިއާއި ދެމެދު ފެން ހެދިފައިވާ ކަމަށެވެ.
"މިހެން ކަމުން މިއަދު މަޢްރިބް ނަމާދަށް ފަހު ހުޅުމާލެ ސަހަރާގައި ވަޅުލަން ހަމަޖެހިފައިވާ މައްޔިތާ ވަޅުލުން މިހާރު ވަނީ މާލެ އާސަހަރާއަށް ބަދަލު ކުރެވިފައި,"
މާލެ ސަރަހައްދަށް އިއްޔެއާ ރޭ ވަނީ ހުއްޓުމެއް ނެތި ވަރަށް ބޯކޮށް ވާރޭވެހިފަ އެވެ. މާލެއާ ހުޅުމާލޭގެ ބޮޑު ސަރަހައްދެއް ގައި ފެން ބޮޑުވި އެވެ. ބޯކޮށް ވާރޭވެހިއްޖެނަމަ ހުޅުމާލެ ސަހަރާގައި މައްޔިތުން ވަޅުލުން މެދުކަނޑާލަން ޖެހެ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް