ކާޅެއް
ކާޅެއް
ރިޕޯޓް 19 May 2025 | 11:52

ރާއްޖޭގައި އުޅޭ ވާލާއި ކާޅުގެ އަދަދު ހޯދުން: ތި ރަށުގައި ކިތަށް ކާޅާއި ވާ އުޅޭ

ކާޅާއި ވާލުގެ އުނދަގޫ ބޮޑުވެ އެކަމުގެ ޝަކުވާ އަކީ ދޭތެރެ ދޭތެރެއިން ގަދަވެ އެވެ. އާންމުކޮށް އެ ޝަކުވާ އެންމެ ބޮޑަށް ކުރަނީ އައްޑޫގެ ރައްޔިތުންނެވެ. އެއީ އެ ސިޓީގެ ފަހުރެއް ކަމުގައިވާ ދޮންދީނި އާލާވުމަށް ކާޅުގެ ސަބަބުން ކުރިމަތިވާ ހުރަސްތަކުގެ ސަބަބުންނެވެ.

މީގެ އިތުރުން ދަނޑުވެރި ރަށްރަށުން ވާލުގެ އުނދަގޫ ބޮޑުވެ އެކަމުގެ ޝަކުވާ ކުރެ އެވެ. ވާލުގެ ސަބަބުން މީހުންގެ ދަނޑުބިންތަކަށް ބޮޑެތި ގެއްލުން ވާތީ އެވެ. މި ދުވަސްވަރު ވެސް ކާޅާއި ވާލުގެ އުނދަގޫ ބޮޑުވެ އެ އަޑުތައް ވަނީ ގަދަވެފަ އެވެ.

އެންމެ ފަހުން ރައްޔިތުންގެ މަޖިލީހުގައި ވެސް އެ ބަހުސް ވަނީ ހިންގާފަ އެވެ. ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ވަޒީރު ޑރ މަރިޔަމް މާރިޔާ މަޖިލީހަށް ހާޒިރުވެވަޑައިގަތުމުން މެންބަރުން ވަނީ އެކަމާ ގުޅޭގޮތުން ސުވާލު ވެސް ކުރައްވާފަ އެވެ.

ކާޅާއި ވާލާއެކު އުޅެން ދަސްކުރަންޖެހޭ

ކާޅާއި ވާލުގެ އުނދަގޫ ބޮޑުވެ އެކަމަށް އޮތް ހައްލާއި ގުޅޭގޮތުން ސުވާލު ކުރުމުން ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ވަޒީރު ޑރ މަރިޔަމް މާރިޔާ ވިދާޅުވީ ކާޅާއި ވާ ދިރިއުޅެމުންދާ ތަން އިންސާނުންގެ އަމަލުތަކުގެ ސަބަބުން ކޮންމެވެސް ވަރަކަށް މިހާރު ހަލާކުވެފައިވާ ކަމަށެވެ. އޭގެ ސަބަބުން އެ އެއްޗެހި އަހަރެމެންގެ ގޭގޭގެ ގަސް ގަހުގައި ހުންނަ މޭވާތައް ކައިބޮއި ހަދާ ކަމަށެވެ.

”މީގެ ދޭހަވަނީ އަޅުގަނޑުމެން ދިރޭ ތަކެތީގެ މާހައުލު ރައްކާތެރިކޮށް ނުބަލަހައްޓަންޏާ، އެ އެއްޗެހިވެސް ދާނެ ތަނެއް ހޯދަންޖެހެއޭ. މިކަހަލަ ކަންކަމާހުރެ އަޅުގަނޑުމެން މި ދަންނަވަނީ ކާޅާއި ވާލުގެ ހެބިޓެޓް ރައްކާތެރިކުރަންޖެހެއޭ.“ ވަޒީރު އެ ދުވަހު ވިދާޅުވި އެވެ.

ވަޒީރު ވިދާޅުވި ގޮތުގައި، ސަރުކާރުން މަސައްކަތް ކުރަނީ ދޫނިސޫފާ ސޫފި މަރައިގެން މައްސަލަތައް ހައްލު ކުރާކަށް ނޫނެވެ. އޭގެ ބަދަލުގައި ”އެއާއެކު އުޅެ، އެއަށްވެސް އުޅެން ދަސްކޮށްދީގެން“ ކަންކަން ކުރުވަން މަސައްކަތް ކުރައްވާ ކަމަށެވެ.

ވާލެއް ގަހެއްގައި: ބައެއް ރަށްރަށުގައި ވާލުގެ އުނދަގޫ ބޮޑު

އެ ވާހަކަތަކާ އެކު އާންމުންްގެ މެދުގައި ބޮޑު ބަހުސެއް ވަނީ އުފެދިފަ އެވެ. އެކަން ބައެއް މީހުންނަށްވީ ބޮޑު މަޖާ ގަނޑަކަށެވެ. ކާޅާ ވާލާއެކު އުޅޭނީ ކިހިނަކުންތޯ ސުވާލުކޮށް ބައެއް މީހުން ކާޅާއި ވާލުގެ އުނދަގުލާއި އެ ސޮރުމެންގެ ސަބަބުން ލިބޭ ގެއްލުން ފެންނަ ފޮޓޯތައް އާންމުކޮށްފައިވެ އެވެ.

ދިރޭތަކެއްޗާ ބެހޭ ވުޒާރާ އިން ބުނި ގޮތުގައި އެ ސޮރުމެންގެ ސަބަބުން ރައްޔިތުންނަށް އުނދަގޫވާނަމަ އެކަމަށް އޮތް ހައްލެއް ބަލާނެ އެވެ. އެ ހައްލު ހޯދަން ކަމާބެހޭ އިދާރާތަކާއެކު ވަނީ މަޝްވަރާތަކެއް ފަށާފަ އެވެ.

ރާއްޖޭގައި އުޅޭ ވާލާއި ކާޅުގެ އަދަދު ބެލުން

ކާޅާއި ވާލުގެ މައްސަލަ ބޮޑުވެ އެކަން ހައްލު ކުރާނެ ގޮތެއް ހޯދުމަށް ކުރަމުންދާ މަސައްކަތަށް އެންވާރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވަނީ ލަފަައެއް ދީފަ އެވެ.

އެ ލަފާގައި މައްސަލަ ހައްލު ކުރުމަށް ކުރާނެ މަސައްކަތްތަކުގެ ތަރުތީބެއް ދީފައިވެ އެވެ. އެ މަސައްކަތް ފެށުމަށް ފުރަތަމަ ކުރަން ޖެހެނީ ވަރަށް އުނދަގޫ މަަސައްކަތެކެވެ. އެއީ ރާއްޖޭގައި އުޅޭ ވާލާއި ކާޅުގެ އަދަދު ބެލުމެވެ. އެ އަދަދު ބެލުމުން އެ ސޮރުމެން ގެންގުޅޭނެ ގޮތާމެދު ގޮތްތަކެއް ނިންމާން ފަސޭހަ ވާނެ ކަމަށް އީޕީއޭ އިން ދެކެ އެވެ.

ގެއެއްގެ ގޯތިތެރޭގައި ކާޅެއް 

އީޕީއޭ އިން ބުނާ ގޮތުން ކާޅާއި ވާލުގެ އުނދަގޫ އިންތިހާއަށް ބޮޑުނަމަ ދެން އޮންނާނީ ވަކި މިންވަރަކަށް އެތަކެތި މަދު ކުރުމެވެ. އެކަން ކުރަން އެ ސޮރުމެން މަރަން ޖެހެ އެވެ. އެކަމަކު އެއީ އެންމެ ފަހު ފިޔަވަޅުކަމަށް އީޕީއޭގެ ދެކެ އެވެ. އެކަން ކުރަން ވެސް ރާއްޖޭގައި އުޅޭ ވާލާއި ކާޅުގެ އަދަދު ބަލަން ޖެހެ އެވެ.

އީޕީއޭގެ މި ލަފަޔާއެކު ބަހުސް އިތުރަށް ބޮޑުވީ އެވެ. ބަހުސްގެ ފޯރު ގަދަވެ މަޖާވެސް ވީ އެވެ. މިހާރު އޮތީ އެ ރަށެއްގައި އުޅޭ ކާޅާއި ވާ ގުނުމެވެ. ބައެއް ރަށްރަށުގެ މީހުން މަޖަލަށް ހަދާ އެ ރަށްރަށުގައި އުޅޭ ކާޅާއި ވާލުގެ އާބާދީ ވަނީ ހާމަވެސް ކޮށްފަ އެވެ. އަންހެން ފިރިހެން އަދި އުމުރުވެސް އެނގޭ ގޮތަށެވެ. އުނދަގޫ ކޮށް ނުހުރޮއްޕާ ކުރާ ކާޅާއި ވާލުގެ އަދަދުވެސް އެނގޭ ގޮތަށެވެ.

އެ މަޖާގަނޑު ބޮޑުވެ މިއަދު އެންމެ ގިނަ މީހުން ކުރާ ސުވާލަކީ މިއީ އެވެ. ތި ރަށުގައި ކިހާ އަދަދެއްގެ ކާޅެއް އުޅޭ ހެއްޔެވެ. ތި ރަށުގައި އުޅޭ ވާލުގެ އާބާދީ ކިހާ ވަރެއް ހެއްޔެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ދަނޑުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދަން ޖެހޭ: ޝިޔާމް
17 Oct 2026 ހަބަރު

ދަނޑުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދަން ޖެހޭ: ޝިޔާމް

ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ޤައުމީ ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، އައްޑޫސިޓީ މީދޫގައި ބޭއްވި ޚާއްޞަ ފޯރަމް ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ދަނޑުވެރިކަމުގެ ދާއިރާގައި މީދޫއަކީ ފާހަގަކޮށްލެވޭ ފަދަ ދިގު މާޒީއެއް އޮތް ރަށެއް ކަމަށެވެ.

އަމާޒަކީ އެކަށައެޅިފައިވާ ބާވަތްތައް އިމްޕޯޓް ނުކޮށް ރާއްޖޭގައި އުފެއްދުން: ރައީސް ޑރ. މުޢިއްޒު
15 Oct 2026 ހަބަރު

އަމާޒަކީ އެކަށައެޅިފައިވާ ބާވަތްތައް އިމްޕޯޓް ނުކޮށް ރާއްޖޭގައި އުފެއްދުން: ރައީސް ޑރ. މުޢިއްޒު

ސަރުކާރުގެ އަމާޒަކީ ދަނޑުވެރިކަމުގެ ވަކި ބާވަތްތަކެއް ކަނޑައަޅައި، އެ ތަކެތި އިމްޕޯޓްކުރުމާ ނުލައި ރާއްޖެއަށް ބޭނުންވާ މިންވަރަށް އަމިއްލަ ފަސްގަނޑުގައި ހައްދައި ބާޒާރަށް ނެރެވޭނެ މަގުފަހިކޮށްދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
14 Sep 2026 ހަބަރު

ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް

އެގްރީކަލްޗާ މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި ޑރ. މަރިޔަމް މާރިޔާ, ފޮރިން މިނިސްޓްރީގެ  އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް އައްޔަނު ކުރައްވައިފި އެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މު...

ބުޅަލަށް ކާންދޭ މައްސަލަ ބޮޑު ބަހުސަކަށްވެ، ބުޅާތަކުގެ ހައްގުގައި އެއްވުމެއް!
07 Sep 2026 ރިޕޯޓް

ބުޅަލަށް ކާންދޭ މައްސަލަ ބޮޑު ބަހުސަކަށްވެ، ބުޅާތަކުގެ ހައްގުގައި އެއްވުމެއް!

މާލެ ސަރަޙައްދުގައި ބުޅާ ގިނަވެ، އެ ތަކެއްޗަށް ކާންދިނުމާއި ބެލެހެއްޓުމުގެ މައްސަލައަކީ އަބަދުވެސް އާންމުންގެ މެދުގައި ހޫނު ބަހުސެއް ހިނގާ ކަމެކެވެ. ނަމަވެސް، ފަހަކަށް އައިސް މީސްމީޑިއާގައި ދައުރުވި ވ...

ބުޅާތަކަށް ޚާއްޞަ ރަށެއް ތަރައްޤީކުރަނީ؛ ޝައުގުވެރިވާ ފަރާތްތަކުގެ ޕްރޮޕޯސަލް ލިބިއްޖެ: ޝިޔާމް
01 Sep 2026 ހަބަރު

ބުޅާތަކަށް ޚާއްޞަ ރަށެއް ތަރައްޤީކުރަނީ؛ ޝައުގުވެރިވާ ފަރާތްތަކުގެ ޕްރޮޕޯސަލް ލިބިއްޖެ: ޝިޔާމް

ބުޅާ ގެންގުޅުމަށް ވަކި ރަށެއް ތަރައްޤީކުރުމުގެ މަޝްރޫޢަށް ޝައުގުވެރިކަން ފާޅުކޮށް ބައިނަލްއަޤުވާމީ ފަރާތެއް ހިމެނޭ ގޮތަށް ޕްރޮޕޯސަލް ލިބިފައިވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަ...

ހުދުކޫޑި ކޮންޓްރޯލުކުރުމަށް ރުއްތަކަށް ބޭސްލުމުގެ ޕްރޮގުރާމެއް ފަށައިފި
22 Jul 2026 ހަބަރު

ހުދުކޫޑި ކޮންޓްރޯލުކުރުމަށް ރުއްތަކަށް ބޭސްލުމުގެ ޕްރޮގުރާމެއް ފަށައިފި

ރާއްޖޭގެ އަތޮޅުތަކުގައި ހުރި ރުއްތަކުގައި ހުދުކޫޑި އަޅައި ރުއްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ މައްސަލަ ޙައްލުކޮށްދިނުމަށްޓަކައި ހުދުކޫޑި ކޮންޓްރޯލުކުރުމުގެ މަސައްކަތެއް ހަނިމާދޫ އެގްރިކަލްޗަރ ...