ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ވާދަކުރާ ފައިނުގެ ފުޓްސަލް ޓީމު
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ވާދަކުރާ ފައިނުގެ ފުޓްސަލް ޓީމު
ކުޅިވަރު 12 Jan 2024 | 17:11

ފައިނު ޓީމުގެ އަމާޒަކީ އަތޮޅު ބުރުގައި ރަނގަޅު ނަތީޖާއެއް ހޯދުން

ގޯލްޑަން ފުޓްސަލް ޗެލެންޖު 2024 ގައި ވާދަކުރާ ރ. އަތޮޅު ފައިނު ފުޓްސަލް ޓީމުގެ ފުރަތަަމަ އަމާޒަކީ މުބާރާތުގެ އަތޮޅު ބުރުގައި ރަނގަޅު ނަތީޖާއެއް ހޯދައި، ފައިނުގެ ރައްޔިތުން ފަޚުރުވެރިވާ ފަދަ ކަމިޔާބެއް މުބާރާތުގައި ހޯދުން ކަމަށް އެޓީމުން ބުނެފިއެވެ.

ފައިނު ފުޓްސަލް ޓީމުގެ އޮފިޝަލަކު ވޮއިސް އަށް މައުލޫމާތު ދެމުން ބުނީ މިއަހަރުގެ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އެޓީމުން ވަރަށް ދުރާލައި ތައްޔާރުވަމުން އަންނަކަމަށެވެ. އެގޮތުން މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ޕްރެކްޓިސް ފެށި ނަމަވެސް ޓީމަށް ކޯޗަކު ހަމަޖައްސައި ރަސްމީކޮށް ފަރިތަކުރުންތައް ފަށާފައި ވަނީ ޑިސެމްބަރ ދޭއް ގައެވެ. އަދި މުބާރާތުގައި ވާދަކުރާ ފައިނަލް ސްކޮޑް ފައިނަލް ކުރީ ޖެނުއަރީމަހުގެ 9 ވަނަ ދުވަހު އެވެ.

މިޓީމުގައި ހިމެނެނީ ވަރަށް ޒުވާން ހުނަރުވެރި ކުޅުންތެރިންތަކެއް އަދި ޓީމާއި މެދު ވަރަށް އިތުބާރު އެބައޮތް. އަޅުގަނޑުމެން ޓީމުގެ ވަރަށް ބޮޑު އެދުމެއް މަާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅޭ މިރަށުގެ ވީހާވެސް ގިނަ ރައްޔިތުން ފައިނު ކުޅޭ މެޗުތަކަށް ދަނޑަށް ހާޒިރުވެ މިޓީމަށް ސަޕޯޓްކޮށް ދިނުމަކީ..

މިއަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ރ. އަތޮޅުން 7 ޓީމު ބައިވެރިވެފައިވާއިރު، އަތޮޅު ބުރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން އެއް ގުރޫޕްގައި ތިން ޓީމު ހިމެނޭއިރު އަނެއް ގުރޫޕްގައި ހަތަރު ޓީމު ހިމެނޭ ގޮތަށެވެ. އަދި ކޮންމެ ގުރޫޕަކުން އެންމެ ރަގަޅު ނަތީޖާއެއް ހޯދާ ދެޓީމު ސެމީ ފައިނަލަށް ހޮވޭގޮތަށެވެ. އަދި އަތޮޅު ބުރުގެ ފައިނަލުގައި ކުޅޭ ދެޓީމަށް މުބާރާތުގެ ޒޯނު ބުރުން ފުރުސަތު ލިބިގެންދާނެ އެވެ.

މުބާރާތުގައި ފައިނު ހިމެނުނީ ރ.އަތޮޅު ގުރޫޕް ދޭއްގައެވެ. މިގުރޫޕްގައި ފައިނުގެ އިތުރުން ދެން ހިމެނެނީ އިނގުރައިދޫގެ އިތުރުން ހުޅުދުއްފާރު އެވެ. އަދި ފުރަތަަމަ މެޗުގައި މިމަހުގެ 16 ވަނަ ދުވަހުގެ ރޭ 22:00 ގައި ފައިނު ނުކުންނާނީ އިނގުރައިދޫ ޓީމާއި ދެކޮޅަށެވެ. އަދި ދެވަނަ މެޗުގައި މިމަހުގެ 24 ވަނަ ދުވަހުގެ ރޭ 22:00 ގައި ފައިނު ނުކުންނާނީ ހުޅުދުއްފާރު ޓީމައި ދެކޮޅަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި
31 Oct 2026 ކުޅިވަރު

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި

މީގެ ކުރިންވެސް ކުރި ކޭމްޕް ދަތުރުގައިވެސް ފަލަސްތީނުން ވަނީ ރާއްޖެއާ ދެކޮޅަށް މެޗެއް ކުޅެފައެވެ. އެމެޗް ފަލަސްތީނުން ކާމިޔާބުކުރީ 6-0 ގެ ނަތީޖާއިންނެވެ.

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް
27 Oct 2026 ކުޅިވަރު

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް

ފަލަސްތީނުގެ ޓީމްގެ މި ދަތުރުގެ ތެރެއިން ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މި މެޗުތައް އޮންނާނީ މި މަހުގެ 30 ވަނަ ދުވަހާއި، އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު މާލޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ
24 Oct 2026 ކުޅިވަރު

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ

މި ތަމްރީނު ކޭމްޕްގައި ފަލަސްތީނު ޓީމު ގާއިމުވެ ތިބުމަށް ހަމަޖެހިފައިވަނީ ކ. ގުރައިދޫގައެވެ.

ފީފާ ފެސްޓިވަލްގައި ޒުވާން ޓީމް މިއަދު ނިކުންނާނީ ދެކުނު އެފްރިކާ އާ ދެކޮޅަށްެ
24 Oct 2026 ކުޅިވަރު

ފީފާ ފެސްޓިވަލްގައި ޒުވާން ޓީމް މިއަދު ނިކުންނާނީ ދެކުނު އެފްރިކާ އާ ދެކޮޅަށްެ

މިއީ މި ފެސްޓިވަލްގައި ރާއްޖެ ވާދަކުރާ ފުރަތަމަ މެޗެވެ. މި ފެސްޓިވަލްގައި ދެކުނު އެފްރިކާގެ އިތުރުން ރާއްޖެ ހިމެނޭ ގްރޫޕްގައި ވަރުގަދަ ޓީމްތައް ހިމެނެއެވެ. އޭގެ ތެރޭގައި ފްރާންސް، އެސްޓޯނިއާ އަދި ކޮސޯވޯ ހިމެނެއެވެ.

ޓީސީ އާ މާޒިޔާ ބައްދަލުކުރިމެޗް މާޒިޔާއަށް
15 Oct 2026 ކުޅިވަރު

ޓީސީ އާ މާޒިޔާ ބައްދަލުކުރިމެޗް މާޒިޔާއަށް

ދިރާގް ދިވެހި ޕްރިމިއާލީގްގައި މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބާއި މާޒިޔާ ބައްދަލުކުރިމެޗް ފަސޭހަކަމާއެކު މާޒުޔާ ކާމިޔާބުކޮށްފިއެވެ.

ބިސްބުރު ބަލިކުރުމަށްފަހު ވިކްޓްރީ ތާވަލްގެ އެއްވަނައަށް
14 Oct 2026 ކުޅިވަރު

ބިސްބުރު ބަލިކުރުމަށްފަހު ވިކްޓްރީ ތާވަލްގެ އެއްވަނައަށް

މި މެޗުން ލިބުނު މޮޅާއެކު ވިކްރީ މިހާރު އުޅެނީ ކުޅުނު 4 މެޗުން ލުބުނު 10 ޕޮއިންޓާއެކު ތާވަލްގެ އެއްވަނާގައެވެ. މެޗުން ބަލިބި ބިސްބުރު އުޅެނީ ތާވަލްގެ ފަސްވަނާގައެވެ.