ޓެލެގްރާމްގެ ބާނީ ޕާވެލް ޑުރޯވް
ޓެލެގްރާމްގެ ބާނީ ޕާވެލް ޑުރޯވް
ދުނިޔެ 30 Jul 2026 | 04:41

ޓެލެގްރާމްގެ ބާނީ ޕާވެލް ޑުރޯވްގެ މައްޗަށް ޓެރަރިޒަމަށް އެހީތެރިވުމުގެ ދައުވާ ރަޝިޔާއިން އުފުލައިފި

ރަޝިޔާގެ ފެޑެރަލް ސެކިއުރިޓީ ސާވިސް (އެފްއެސްބީ) އިން ޓެލެގްރާމް މެސެޖިން އެޕްގެ ކޯ-ފައުންޑަރު ޕާވެލް ޑުރޯވްގެ މައްޗަށް ޓެރަރިޒަމަށް އެހީތެރިވުމުގެ ކުށުގެ ދައުވާ އުފުލައި ބައިނަލްއަޤުވާމީ ހައްޔަރު އަމުރެއް ނެރެފިއެވެ.

އެފްއެސްބީން ބުދަ ދުވަހު ހާމަކުރި ގޮތުގައި ޔޫކްރެއިނުގެ ޚާއްޞަ ސާވިސްތަކާއި ޓެރަރިސްޓް އަދި ހަރުކަށި ޖަމާޢަތްތަކުން ރަޝިޔާގައި ހަމަލާތައް ރާވައި ވިލަރެސްކުރަން ބޭނުންކުރި ޗެނެލްތަކާއި ޗެޓްތަކާއި ބޮޓްތައް ނައްތައިލުމުގައި ޓެލެގްރާމް ކުންފުނި ފެއިލްވެފައިވާ ކަމަށެވެ. އެ ހަމަލާތަކުގެ ތެރޭގައި ޚަރާބުކުރުމާއި ޓެރަރިޒަމާއި ބޮޑެތި ގަތުލުޢާންމުތަކާއި ސައިބާ ފްރޯޑް ހިމެނޭ ކަމަށް ރަޝިޔާގެ ސެކިއުރިޓީ އިދާރާއިން ބުންޏެވެ.

މި ދައުވާ ހާމަކުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ޓެލެގްރާމްގެ ރަސްމީ އެކްސް އެކައުންޓުން ޑުރޯވް ފޮޓޯއެއް ޕޯސްޓުކުރިއެވެ. ރަޝިޔާ ސަރުކާރުން ޓެލެގްރާމަށް ރައްޔިތުންނަށް ވާސިލުވެވޭ ގޮތް ހަނިކުރުމަށް "އައު ބަހަނާތައް ހަދައިގެން" މަސައްކަތްކުރާ ކަމަށް ޑުރޯވް ކުރިންވެސް ތުހުމަތުކޮށްފައިވެއެވެ.

ރަޝިޔާގައި އެތައް މިލިއަން ބަޔަކު ޓެލެގްރާމް ބޭނުންކުރާ އިރު އެ ޤައުމުގެ ކަމާ ބެހޭ ފަރާތްތަކުން ދަނީ އިންޓަނެޓްގެ މިނިވަންކަން ހަނިކުރުމުގެ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. ޓެލެގްރާމާއި ވަޓްސްއެޕް ފަދަ މެސެޖިން އެޕްތައް ބޭނުންކުރުން ހުއްޓުވައި ރަޝިޔާ ސަރުކާރުގެ ފުރިހަމަ ބެލެހެއްޓުމުގެ ދަށުގައި އޮތް މެކްސް މެސެންޖާ ޕްރޮމޯޓުކުރުމަކީ ރަޝިޔާގެ މިހާރުގެ އެއް އެޖެންޑާއެވެ.

ޓެކް ތަޖުރިބާކާރުން ފާހަގަކުރައްވާ ގޮތުގައި ކަމާ ބެހޭ ފަރާތްތަކުން ހޯދައިފިނަމަ ޑޭޓާ ހިއްސާކުރާނެ ކަމަށް މެކްސް ސީދާ ޢިއުލާނުކޮށްފައިވާ އިރު އެ އެޕްގައި އެންޑް-ޓު-އެންޑް އެންކްރިޕްޝަން ބޭނުމެއް ނުކުރެއެވެ. ހަމައެއާ އެކު ޓްވިޓާ ފޭސްބުކް އަދި އިންސްޓަގްރާމް ރަޝިޔާގައި ބްލޮކްކޮށް ޔޫޓިއުބަށް ވެސް ދަތިކުރުންތައް އަންނަނީ ވަރުގަދަކުރަމުންނެވެ.

ޢުމުރުން 41 އަހަރުގެ ބިލިއަނަރު ޑުރޯވް އެތައް އަހަރެއް ކުރިން ރަޝިޔާ ދޫކޮށް ބޭރުގައި ދިރިއުޅެމުން އަންނަ އިރު އޭނާ އަތުގައި ފަރަންސޭސިވިލާތާއި ޔޫއޭއީގެ ޕާސްޕޯޓް އެބަ އޮތެވެ. 2014 ވަނަ އަހަރު އިދިކޮޅު ފަރާތްތަކުގެ ކޮމިއުނިޓީތައް ބަންދުކުރަން ރަޝިޔާ ސަރުކާރުން ކުރި ޑިމާންޑާ ދެކޮޅު ހެދުމަށް ފަހު އޭނާ ރަޝިޔާ ދޫކޮށްލީއެވެ. ރަޝިޔާގައި ފޭސްބުކާ އެއްފެންވަރުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ވީކޮންޓާކްތޭ ވެސް ވުޖޫދަށް ގެނައީ ޑުރޯވެވެ.

ދުނިޔޭގެ 950 މިލިއަނެއްހާ މީހުން ބޭނުންކުރާ ޓެލެގްރާމުން އަބަދުވެސް ބުނަމުން ދިޔައީ ޔޫޒަރުންގެ ޕްރައިވެސީ ހިމާޔަތްކުރުމަކީ އެ ޕްލެޓްފޯމުގެ އެންމެ މުހިންމު ލަނޑުދަނޑި ކަމަށެވެ. 2024 ވަނަ އަހަރު ފަރަންސޭސިވިލާތުގައި ކުށް މަދުކުރުމަށް އެޕް ރަނގަޅަށް ބެލެހެއްޓުމުގައި ޑްރޯވް ފެއިލްވި ކަމުގެ ތުހުމަތުގެ ދަށުން ރަސްމީ ތަޙުޤީޤެއް ހިންގައިފައިވެއެވެ. ފަރަންސޭސިވިލާތުން ޑުރޯވް ދޫކޮށްލި ނަމަވެސް އެ ތަޙުޤީޤު އަދިވެސް ކުރިއަށް އެބަދެއެވެ. ރަޝިޔާއިން ނެރުނު ބައިނަލްއަޤުވާމީ ހައްޔަރު އަމުރަށް އެހެން ޤައުމުތަކުން ޢަމަލުކުރާނެ ކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފެއް ނުވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އެމެރިކާގެ ފްލޮރިޑާއަށް ޕްރައިވެޓް ޖެޓެއް ވެއްޓި، އޭގައި ދަތުރުކުރި އެންމެން މަރުވެއްޖެ
02 Nov 2026 ދުނިޔެ

އެމެރިކާގެ ފްލޮރިޑާއަށް ޕްރައިވެޓް ޖެޓެއް ވެއްޓި، އޭގައި ދަތުރުކުރި އެންމެން މަރުވެއްޖެ

އެމެރިކާގެ ދެކުނު ފްލޮރިޑާގެ މީހުން ދިރިއުޅޭ އަވަށަކަށް ޕްރައިވެޓް ޖެޓެއް ވެއްޓި، އޭގައި ދަތުރުކުރި އެންމެން ހިމެނޭހެން ނުވަ މީހަކު މަރުވެއްޖެއެވެ.

ރަޝިއާގެ ޑީސަލް ގަތުމަށް ޓްރަމްޕް ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފި
10 Oct 2026 ދުނިޔެ

ރަޝިއާގެ ޑީސަލް ގަތުމަށް ޓްރަމްޕް ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފި

ރަޝިއާގެ ޑީސަލް ގަތުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ޤައުމުގެ ރައީސް ވްލަޑިމިއާ ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފިއެވެ. މި އެއްބަސްވުމަކީ، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން މޮސްކޯއާ...

ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި ފަސް މީހުން މަރުވެއްޖެ
07 Oct 2026 ދުނިޔެ

ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި ފަސް މީހުން މަރުވެއްޖެ

ރަޝިއާ ސިފައިން ރޭ ޔޫކުރެއިނުގެ އެކި ސަރަހައްދުތަކަށް 70 މިސައިލާއި ޑްރޯން ބޭނުންކޮށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެ ގިނަ އަދަދެއްގެ އިމާރާތްތައް ހަލާކުވެފައިވާ ކަމަށް ޔޫކުރެއިނުގެ ...

ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން ނުރައްކާތެރި "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
05 Oct 2026 ދުނިޔެ

ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން ނުރައްކާތެރި "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ

ރަޝިއާގެ ސައިބީރިއާ ސަރަހައްދުގައި ހުންނަ ސިއްހީ ތަހުލީލީ އިދާރާއެއްގެ ލެބޯޓްރީ ޓެކްނީޝަނަކު، ނުރައްކާތެރި "ޕްލޭގް" ބަލި ފަތުރާ ޖަރާސީމު ހުރި ޓިއުބެއް ތަޅާލި ކަމަށް ބުނާ ހާދިސާއަކަށްފަހު، އޭނާ ކުއްލި ...

ރަޝިއާއިން ހަމަލާއެއް ދީފާނެކަމުގެ ބިރު ބޮޑުވެ ޔޫރަޕް ދިފާޢީ ތައްޔާރީތައް ވަރުގަދަކޮށްފި
19 Sep 2026 ދުނިޔެ

ރަޝިއާއިން ހަމަލާއެއް ދީފާނެކަމުގެ ބިރު ބޮޑުވެ ޔޫރަޕް ދިފާޢީ ތައްޔާރީތައް ވަރުގަދަކޮށްފި

ރަޝިއާއިން ނޭޓޯ ޤައުމުތަކަށް ޑްރޯން ނުވަތަ މިސައިލް ހަމަލާއެއް ދީފާނެ ކަމުގެ ބިރު ބޮޑުވެ ޔޫރަޕްގެ އިސްވެރިން ރައްޔިތުން އެ ނުރައްކަލަށް ހޭލުންތެރިކުރުމުގެ މަސައްކަތް ފަށައިފިއެވެ. ޕޮލެންޑުގެ ބޮޑުވަޒީރ...

އިންޑިއާއިން ރަޝިޔާއަށް އެއް މިލިއަން ފީފާގެ ޕެޓްރޯލް ފޯރުކޮށްދީފި: ރިޕޯޓް
30 Aug 2026 ދުނިޔެ

އިންޑިއާއިން ރަޝިޔާއަށް އެއް މިލިއަން ފީފާގެ ޕެޓްރޯލް ފޯރުކޮށްދީފި: ރިޕޯޓް

ޔޫކްރެއިނުގެ ޑްރޯން ހަމަލާތަކުގައި ރަޝިޔާގެ ރިފައިނަރީތައް ހުއްޓުމަކަށް އައިސް އެ ޤައުމުގެ ޕެޓްރޯލް އުފެއްދުން ބޮޑުތަނުން ދަށްވުމާ ގުޅިގެން ވޭތުވެދިޔަ ދެ މަހު އިންޑިއާއިން ގާތްގަނޑަކަށް އެއް މިލިއަން ...

ފަތުރުވެރިކަމާއި ވައިގެ ދަތުރުތައް ފުޅާކުރުމަށް އެމްއޭސީއެލްގެ ޓީމެއް ރަޝިއާގައި
18 Aug 2026 ހަބަރު

ފަތުރުވެރިކަމާއި ވައިގެ ދަތުރުތައް ފުޅާކުރުމަށް އެމްއޭސީއެލްގެ ޓީމެއް ރަޝިއާގައި

ރަޝިއާ ނުވަތަ ރޫސީވިލާތުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު އިތުރުކޮށް ވައިގެ ދަތުރުފަތުރުގެ ގުޅުންތައް ހަރުދަނާކުރުމަށް ސަރުކާރާއި އަމިއްލަ ކުންފުނިތައް ހިމެނޭ ވަފުދެއް މޮސްކޯ އާއި ސެއިނ...