ހިފާފައިވާ ފަލަސްޠީނާއި ޖޯޑެން އާއި ދެމެދު އޮންނަ ބޯޑަރުގައި އިސްރާއީލިގެ 3 ނިރުބަވެރިން މަރާލައިފި
ލިޔުންތެރިޔާ
ފާޠިމަތު އިނާ ސަވާދު
ހިފާފައިވާ ފަލަސްޠީނާއި ޖޯޑެން އާއި ދެމެދު އޮންނަ ބޯޑަރުގައި އިސްރާއީލިގެ 3 ނިރުބަވެރިން މަރާލާފައިވާކަމަށް އިޒްރާއީލުގެ މީޑިއާތަކުން ބުނެފިއެވެ.
މީޑިއާތަކުން ރިޕޯޓުކޮށްފައިވާގޮތުން ޖޯޑަންގެ ޓްރަކް ޑްރައިވަރަކު ކަރަމާ ކްރޮސިންއަށް އައިސް ޒީރޯ ރޭންޖުން އޭނާގެ ފިސްތޯލަ އެ ކްރޮސިންގައި މަސައްކަތް ކުރަންތިބި 3 އިސްރާއީލުގެ ނިރުބަވެރިންގެ ބޮލަށްވަޑިޖެހީކަމަށެވެ.އަދި އެ އިސްރާއީލުގެ ތިން މީހަކު މަރުވެފަ ވާކަމަށްވެސްވަނީ ބުނެފައެވެ.
ހަމަލާ ދިން ޖޯޑަންގެ ޓްރަކް ޑްރައިވަރު ވަނީ ނިރުބަވެރިން މަރާލާފައެވެ.
އިޒްރޭލުގެ އިސްތިއުމާރީ އަސްކަރިއްޔާ އިން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެ ކޮމްބިން އޮޕަރޭޝަނެއް ވެސް ހިންގާފަ އެވެ. މިހާރުވަނީ އެ ބޯޑަރުބަންދުކޮށްފައެވެ.
އަދި މިމަހު ފުރަތަމަ ދުވަހުގައި ހިފާފައިވާ ފަލަސްޡީނުގެ ޚަލީލްގެ ޗެކްޕޮއިންޓެއްގައި 3 އިޒްރާއީލުގެ ނިރުބަވެރިން ވަނީ މަރާލާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް