އީރާނުގެ ސުޕްރީމް ލީޑަރު
އީރާނުގެ ސުޕްރީމް ލީޑަރު
ދުނިޔެ 19 Jul 2026 | 08:26

ޓްރަމްޕްގެ ސޮއިގެ އެއްވެސް އަގެއް ނެތް: މުޖުތަބާ ޚާމާނައީ

އީރާނާއި އެމެރިކާގެ ރައީސުން ސޮއިކުރި އެއްބަސްވުމާ ވޮޝިންގްޓަނުން ތަކުރާރުކޮށް ޚިލާފުވެފައިވާ ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސޮއިގެ އެއްވެސް އިތުބާރެއް ނެތް ކަމަށް އީރާނުގެ ރޫޙާނީ ލީޑަރު މުޖުތަބާ ޚާމަނައީ ބުނެފިއެވެ.

ޚާމަނައީ ނެރުނު ބަޔާނެއްގައި ބުނީ ދެ ޤައުމުގެ ރައީސުންގެ ދެމެދުގައި ސޮއިކުރެވުނު ފަހުމުނާމާ (މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން) އާ ޚިލާފަށް އެމެރިކާ ތަކުރާރުކޮށް ޢަމަލުކޮށްފައިވާ ކަމަށެވެ. އެކަމުން ދައްކުވައިދެނީ ޓްރަމްޕްގެ ސޮޔަކީ "މުޅިން ބޭކާރު އިތުބާރު ގެއްލިފައިވާ" އެއްޗެއް ކަމަށެވެ.

މީގެ އިތުރުން ޚާމަނައީ ވަނީ އެމެރިކާއަށް އިންޒާރެއް ދީފައެވެ. އެގޮތުން   ބުނީ އީރާނުގެ ރައްޔިތުންނާއި "ރެސިސްޓެންސް ފްރަންޓް"ގެ ފަރާތުން އެމެރިކާއަށް "ހަނދާން ނުނެތޭނެ ފިލާވަޅުތަކެއް" ދޭނެ ކަމަށެވެ.

މިދިޔަ ހަފުތާގައި ދެ ފަރާތުން ވެފައިވާ ހަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުން ރޫޅިގެން ދިޔުމާ ގުޅިގެން ވޮޝިންގްޓަނާއި ތެހެރާނުން ދަނީ ޙަމަލާ ބަދަލުކުރަމުންނެވެ. މި ޙާލަތުގެ ސަބަބުން ބޮޑު ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ވަނީ އިތުރުވެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ބިރުދައްކަމުން މަޝްވަރާ ކުރުމަކަށް އެމެރިކާއަށް އުންމީދެއް ނުކުރެވޭނެ: ޕެޒެޝްކިޔާން
21 Oct 2026 ދުނިޔެ

ބިރުދައްކަމުން މަޝްވަރާ ކުރުމަކަށް އެމެރިކާއަށް އުންމީދެއް ނުކުރެވޭނެ: ޕެޒެޝްކިޔާން

ޕެޒެޝްކިޔާންގެ މި ވާހަކަ ގެނެސްދީފައިވަނީ އީރާނުގެ ދައުލަތުގެ މީޑިއާއިންނެވެ. އީރާނަށް މަގުތައް ބަންދުކޮށް، ބިރުދައްކަމުން ދިއުމާއެކު ބައްދަލުވުމަކަށް ގޮވާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ.

އިރާގުގެ ބޮޑުވަޒީރަށް އަރާގްޗީ: ސިޔާސީ ގުޅުންތައް ހީނަރުކުރީ އެމެރިކާއިން
18 Oct 2026 ދުނިޔެ

އިރާގުގެ ބޮޑުވަޒީރަށް އަރާގްޗީ: ސިޔާސީ ގުޅުންތައް ހީނަރުކުރީ އެމެރިކާއިން

އަރާގްޗީ މިހެން ބުނެފައިވަނީ، ބަގްދާދުގައި ބާއްވަމުންދާ އޯއައިސީގެ ބައްދަލުވުމުގެ ސައިޑްލައިންގައި އިރާގުގެ ބޮޑުވަޒީރާ ކުރި ބައްދަލުވުމެއްގައި ވާހަކަދައްކަމުންނެވެ. އެގޮތުން، އޭނާ ވަނީ ހަނގުރާމަ ނިންމާލުމުގެ ސިޔާސީ މަސައްކަތްތައް އެމެރިކާއިން ހަލާކުކުރި ކަމަށް ތުހުމަތުކޮށްފައެވެ.

ތެޔޮ ފީފާއެއްގެ އަގު 102 ޑޮލަރަށްވުރެ މައްޗަށް އުފުލިއްޖެ
08 Oct 2026 ދުނިޔެ

ތެޔޮ ފީފާއެއްގެ އަގު 102 ޑޮލަރަށްވުރެ މައްޗަށް އުފުލިއްޖެ

މެދުއިރުމައްޗާއި ހޮރްމޫޒް ކަނޑުއޮޅީގައި ޝިޕިން ލައިންތަކަށް ދެމުންދާ ހަމަލާތައް އިތުރުވެ، ތެލުގެ ސަޕްލައިއަށް އޮތް ގޮންޖެހުންތަކާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުތަނުން މައްޗަށް ގޮސް، ފީފާއެއް...

އެމެރިކާއިން 3 ވަނަ އެއާކްރާފްޓް ކެރިއާއެއް މެދުއިރުމައްޗަށް ފޮނުވަނީ
02 Oct 2026 ދުނިޔެ

އެމެރިކާއިން 3 ވަނަ އެއާކްރާފްޓް ކެރިއާއެއް މެދުއިރުމައްޗަށް ފޮނުވަނީ

އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އެމެރިކާއިން 3 ވަނަ އެއާކްރާފްޓް ކެރިއާއެއް މެދުއިރުމައްޗަށް ފޮނުވަން ނިންމާފިއެވެ. އެމެރިކާގެ އޮފިޝަލަކާ ހަވާލާދީ އަލް ޖަޒީރާއިން ރިޕޯޓުކޮށްފައ...

އީރާނުގެ ވައިގެ ދަތުރުފަތުރަށް އެމެރިކާއިން ދަތިކުރާ މައްސަލަ އދ އަށް
28 Sep 2026 ދުނިޔެ

އީރާނުގެ ވައިގެ ދަތުރުފަތުރަށް އެމެރިކާއިން ދަތިކުރާ މައްސަލަ އދ އަށް

އީރާނުގެ ވައިގެ ދަތުރުފަތުރަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން އެޤައުމުން އެ މައްސަލަ އދ. އަށް ހުށަހަޅައިފިއެވެ. އީރާނުގެ ސިވިލް އޭވިއޭޝަންގެ ވެރިޔާ އަބޫޒާރް ޝީރޫދީ ވިދާޅުވި...

އިންޑިއާ ކަނޑުގައި ހުރި އެމެރިކާގެ މަނަވަރުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި
27 Sep 2026 ދުނިޔެ

އިންޑިއާ ކަނޑުގައި ހުރި އެމެރިކާގެ މަނަވަރުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި

އެމެރިކާއިން އީރާނާ ދެކޮޅަށް އައު ހަނގުރާމައެއް ފަށައިފި ނަމަ އިންޑިއާ ކަނޑުގައި ދުއްވާ އެމެރިކާގެ ހަނގުރާމަމަތީ އުޅަނދުތަކަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު އީރާނުގެ ރެވޮލިއުޝަނަރީ ގާޑުގެ ސިފައިން ދީފިއ...