ފުޓްސަލް ޓީމް ފަރިތަކުރުންތަކުގައި.... ފޮޓޯ: އެފްއޭއެމް
ފުޓްސަލް ޓީމް ފަރިތަކުރުންތަކުގައި.... ފޮޓޯ: އެފްއޭއެމް
ކުޅިވަރު 13 Jan 2026 | 03:00

ފުޓްސަލްގައި ރާއްޖެ މިއަދު ނިކުންނާނީ، ބިލިއަންގެ އާބާދީއަކާ ދެކޮޅަށް

ސާފް ވުމެންސް ފުޓްސަލް މުބާރާތުގައި މިއަދު ދިވެހިރާއްޖެ އަވައްޓެރި އިންޑިއާ އާ ދެކޮޅަށް ނިކުންނާނެއެވެ.

ބިލިއަނަކަށްވުރެ އާބާދީގެ ގޮތުން ބޮޑު އިންޑިއާ އާ ދެކޮޅަށް ރާއްޖެ ނިކުންނަ މެޗް ފެށުމަށް ހަމަޖެހިފައިވަނީ، މެންދުރު 12 ޖަހާއިރުއެވެ. މިއީ މުބާރާތުގައި ރާއްޖޭގެ ކުޅުންތެރިންނަށް ކުރިމަތިވާނެ އެންމެބޮޑު އިމްތިހާނެވެ. އަދި އެންމެ އުނދަގޫވާނެ އެއް މެޗެވެ.

މެޗާއި ބެހޭގޮތުން މީޑިއާ އާ ވާހަކަދައްކަމުން ޤައުމީ ފުޓްސަލް ޓީމުގެ ކޯޗް އާތިފް މުޙައްމަދު (އާތީ) ބުނެފައިވަނީ، މިއަދުގެ މެޗަށް ނިކުންނައިރު، ޓީމް އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެގެން ކަމަށާއި، އެގޮތުން ޓީމް ތެރޭގައި އަނިޔާގެ އެއްވެސް މައްސަލައެއް ނެތްކަމަށެވެ. މިވަގުތަށް ނެގެން އޮތް އެންމެ ވަރުގަދަ ޓީމް ފައިނަލްކޮށްފައިވާއިރު، މުބާރާތުގައި އިތުރަށް ބަދަލެއް ގެންނާނީ މިއަދުގެ މެޗަށްފަހުކަމަށްވެސް އާތި ވަނީ ބުނެފައެވެ.

ސާފު ވުމެންސް ފުޓްސަލް މުބާރާތަކީ ރާއްޖޭގެ އަންހެން ޓީމް ކުރާ މިފެންވަރުގެ ފުރަތަމަ ތަޖުރިބާއެވެ. ރާއްޖެއާ ދެކޮޅަށް ނިކުންނަ އިންޑިއާ ފެނިގެންދާނީ މި މުބާރާތުގެ ފޭވަރިޓް ޓީމްގެ ގޮތުގައިކަން ގިނަބަޔަކު ފާހަގަކުރެއެވެ.

މުބާރާތުގެ މެޗްތައް ޖެނުއަރީ 25ގެ ނިޔަލަށް ކުރިއަށްދާއިރު މިފަހަރުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ، ތައިލެންޑްގެ ނޮންތަބުރީ ސްޓޭޑިއަމްގައެވެ. މުބާރާތުގައި އިންޑިއާގެ އިތުރުން ޕާކިސްތާން، ސްރީލަންކާ، ބޫޓާން، އަދި ބަނގްލަދޭޝް ވާދަކުރާއިރު، މުބާރާތުގެ ޗެމްޕިއަންކަން ލިބޭނީ ކުޅޭ މެޗްތަކަށްފަހު އެންމެގިނައިން ޕޮއިންޓް ލިބޭ ޓީމަކަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އަލަވޭސް ބަލިކޮށް، ބާސެލޯނާ ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
02 Nov 2026 ކުޅިވަރު

އަލަވޭސް ބަލިކޮށް، ބާސެލޯނާ ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

ބާސެލޯނާގެ ދަނޑުގައި ކުޅުނު މިމެޗް އަލަވޭސްގެ މައްޗަށް އެޓީމް ކުރި ހޯދީ 6-1 ގެ ނަތީޖާއިންނެވެ. ބާސާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ކުރީކޮޅު ރަފީނިއާގެ ލަނޑުން ބާސެލޯނާ ލީޑު ނެގިއިރު، މުޅި މެޗު ކޮންޓްރޯލް ކުރީ އެ ޓީމުންނެވެ.

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި
31 Oct 2026 ކުޅިވަރު

ފަލަސްތީނުން މިފަހަރުވެސް ރާއްޖެ ބަލިކޮށްފި

މީގެ ކުރިންވެސް ކުރި ކޭމްޕް ދަތުރުގައިވެސް ފަލަސްތީނުން ވަނީ ރާއްޖެއާ ދެކޮޅަށް މެޗެއް ކުޅެފައެވެ. އެމެޗް ފަލަސްތީނުން ކާމިޔާބުކުރީ 6-0 ގެ ނަތީޖާއިންނެވެ.

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް
27 Oct 2026 ކުޅިވަރު

ފަލަސްތީނު ފުޓްބޯޅަ ޓީމަށް ކ.ގުރައިދޫން ހޫނު މަރުހަބާއެއް

ފަލަސްތީނުގެ ޓީމްގެ މި ދަތުރުގެ ތެރެއިން ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މި މެޗުތައް އޮންނާނީ މި މަހުގެ 30 ވަނަ ދުވަހާއި، އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު މާލޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ
24 Oct 2026 ކުޅިވަރު

ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީޓީމް ރާއްޖޭގައި ކޭމްޕް ކުރަނީ

މި ތަމްރީނު ކޭމްޕްގައި ފަލަސްތީނު ޓީމު ގާއިމުވެ ތިބުމަށް ހަމަޖެހިފައިވަނީ ކ. ގުރައިދޫގައެވެ.

ފީފާ ފެސްޓިވަލްގައި ޒުވާން ޓީމް މިއަދު ނިކުންނާނީ ދެކުނު އެފްރިކާ އާ ދެކޮޅަށްެ
24 Oct 2026 ކުޅިވަރު

ފީފާ ފެސްޓިވަލްގައި ޒުވާން ޓީމް މިއަދު ނިކުންނާނީ ދެކުނު އެފްރިކާ އާ ދެކޮޅަށްެ

މިއީ މި ފެސްޓިވަލްގައި ރާއްޖެ ވާދަކުރާ ފުރަތަމަ މެޗެވެ. މި ފެސްޓިވަލްގައި ދެކުނު އެފްރިކާގެ އިތުރުން ރާއްޖެ ހިމެނޭ ގްރޫޕްގައި ވަރުގަދަ ޓީމްތައް ހިމެނެއެވެ. އޭގެ ތެރޭގައި ފްރާންސް، އެސްޓޯނިއާ އަދި ކޮސޯވޯ ހިމެނެއެވެ.

ޓީސީ އާ މާޒިޔާ ބައްދަލުކުރިމެޗް މާޒިޔާއަށް
15 Oct 2026 ކުޅިވަރު

ޓީސީ އާ މާޒިޔާ ބައްދަލުކުރިމެޗް މާޒިޔާއަށް

ދިރާގް ދިވެހި ޕްރިމިއާލީގްގައި މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބާއި މާޒިޔާ ބައްދަލުކުރިމެޗް ފަސޭހަކަމާއެކު މާޒުޔާ ކާމިޔާބުކޮށްފިއެވެ.

ބިސްބުރު ބަލިކުރުމަށްފަހު ވިކްޓްރީ ތާވަލްގެ އެއްވަނައަށް
14 Oct 2026 ކުޅިވަރު

ބިސްބުރު ބަލިކުރުމަށްފަހު ވިކްޓްރީ ތާވަލްގެ އެއްވަނައަށް

މި މެޗުން ލިބުނު މޮޅާއެކު ވިކްރީ މިހާރު އުޅެނީ ކުޅުނު 4 މެޗުން ލުބުނު 10 ޕޮއިންޓާއެކު ތާވަލްގެ އެއްވަނާގައެވެ. މެޗުން ބަލިބި ބިސްބުރު އުޅެނީ ތާވަލްގެ ފަސްވަނާގައެވެ.