N/A
N/A
ދީން 02 Dec 2022 | 09:01

އަނިޔާވެރިންނަށް ﷲ ދެއްވާ ޢުޤޫބާތުން ސަލާމަތެއް ނުވެވޭނެ: ޚުތުބާ

އަނިޔާވެރިންނަށް ﷲ ދެއްވާ ޢުޤޫބާތުން ސަލާމަތެއް ނުވެވޭނެ ކަމަށާ، މި ޢުޤޫބާތް ދުނިޔޭގައި ވެސް އަދި އާޚިރަތުގައި ވެސް ލިބިދާނެ ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ.

"އަނިޔާވެރިންނަށް މާތްﷲ މުހުލަތު ދެއްވައެވެ" މި މައުޟޫއަށް ހާއްސަކޮށްގެން މިއަދު ދިން ހުތުބާގައި ބުނީ އިސްލާމްދީނުގައި ހުރިހާ މާނައެއްގައިވެސް އަނިޔާވެރިކަން ހަރާމްކުރައްވާފައިވާ ކަމަށެވެ.

އަދި ބައެއްފަހަރު އަނިޔާވެރިންނަށް، އެ އަނިޔާވެރިވާ ވަގުތުގައި މާތް ﷲ އުގޫބާތް ނުދެއްވަނީ އޭނާ އިސްލާހުވެ ތައުބާވުމަށް ނުވަތަ އޭނާއަށް އިތުރަށް ދެއްކޭނެ ބަހަނާއެއް ތަނަވަސްކޮށް ނުދެއްވުމަށްޓަކައި ކަމަށް ހުތުބާގައި ބުންޏެވެ.

"މާތް ﷲ އެކަލާނގެއަށް އުރެދޭ މީހުންގެ ކިބައިން ބަދަލުހިއްޕެވުމުގައި އަވަސްވެ ވޮޑިއެއް ނުގަންނަވަތެވެ. އެހެނަސް އެކަލާނގެ ވަކި މުއްދަތަކަށް އެކަން ފަސްކުރައްވަތެވެ،" ހުތުބާގައި ބުންޏެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ، އަނިޔާވެރިންނަށް މުހުލަތު ދެއްވަނީ އެމީހުން އެ އަނިޔާވެރިކަމުގައި އިތުރަށް ކުރިއަށް ދިއުމަށްޓަކައޖ ކަމަށާ، އެމީހަކު އޫޅޭ ތަނެއްގެ ނުވަތަ ރަށެއްގެ ނުވަތަ ގައުމެއްގެ މީހުންނަށް އެކަން ފެނި އެނގިދެނި ވުމަށްޓަކައި ކަމަށެވެ. އަދި އެއީ އެމީހަކާ ދެކޮޅަށް އާޚިރަތް ދުވަހު ހިސާބު ބެލެވޭއިރު، ހެކިވެރީންގެ ގޮތުގައި ތިބުމަށްޓަކައި ކަމަށްވެސް ބުނެފައިވެއެވެ.

"މާތްﷲ ކަންހިންގަވާ ގޮތަށް ބަލާއިރު، އަނިޔާވެރިން މަޑުމަޑުން ހަލާކުގެ ތެރެއަށް ވައްޓައިލެއްވުން ވެއެވެ. އަނިޔާވެރިންނަށް ﷲ ދެއްވާ ޢުޤޫބާތުން ސަލާމަތެއް ނުވެވޭނެއެވެ. މި ޢުޤޫބާތް ދުނިޔޭގައި ވެސް ލިބިދާނެއެވެ. އަދި އާޚިރަތުގައި ވެސް ލިބިދާނެއެވެ. އަދި ދެ ދުނިޔޭގައި ވެސް ލިބިދާނެއެވެ. މާތްﷲވަނީ އަނިޔާވެރިކަމުގެ ސަބަބުން އެތައްއެތައް ޤައުމެއް ހަލާކުކުރައްވައިފައެވެ." ޚުތުބާގައި ބުނެފައިވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ރަޙިމު ގުޅުން ކަނޑައިލުމަކީ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަމެއް؛ އެމީހަކު ސުވަރުގެ ނުވަންނާނެ: ޚުތުބާ
30 Oct 2026 ދީން

ރަޙިމު ގުޅުން ކަނޑައިލުމަކީ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަމެއް؛ އެމީހަކު ސުވަރުގެ ނުވަންނާނެ: ޚުތުބާ

ޚުތުބާގައި ފާހަގަކުރި ގޮތުގައި، އިންސާނީ މުޖުތަމަޢެއް އުފެދެނީ ޢާއިލާތަކަކުން ކަމަށްވާތީ، ހަރުދަނާ މުޖުތަމަޢެއް ބިނާކުރެވޭނީ ޢާއިލާތައް ހަރުދަނާކުރެވިގެންނެވެ. ނަމަވެސް މިއަދު މުޖުތަމަޢުގެ އަޚުލާޤީ ފެންވަރު ދަށަށް ގޮސް، ޢާއިލާތައް ރޫޅި ވިއްސިވިހާލިވަމުންދާ ކަމުގެ ޝަކުވާ ބޮޑުވެފައިވާކަން ޚުތުބާގައި ބަޔާންކުރިއެވެ. މީގެ އެންމެ ބޮޑު އެއް ސަބަބަކީ ބޮޑުވަމުން އަންނަ ދަރިން ތަރުބިޔަތުކުރެވޭ ގޮތާއި އެ ކުދިންނަށް ދެވޭ ތަޢުލީމު ކަމަށް ޚުތުބާގައި ބުންޏެވެ.

”އިސްލާމް ދީން ޤަބޫލުކުރެއްވުމުން އަލިފާންގަނޑެއްގެ މަތީގައި ހަށިކޮޅު ދެމުމުންވެސް ސާބިތުވެ ހުންނެވި“
23 Oct 2026 ދީން

”އިސްލާމް ދީން ޤަބޫލުކުރެއްވުމުން އަލިފާންގަނޑެއްގެ މަތީގައި ހަށިކޮޅު ދެމުމުންވެސް ސާބިތުވެ ހުންނެވި“

އިސްލާމްދީން ޤަބޫލުކުރެއްވުމުން މައްކާގެ މުޝްރިކުން އަލިފާންގަނޑެއް ރޯކޮށް، އޭގެ މަތީގައި ހަށިކޮޅު ދެމުމުން ވެސް ޞަޙާބީ ޚައްބާބު ބިން އަލްއަރައްތު ރަޟިޔަالله ޢަންހު ދީނުގެ މަތީގައި ސާބިތުވެ ހުންނެވި ޢިބުރަތްތެރި ޙާދިސާ މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.

ޙަޤީޤީ މުސްލިމުންނަކީ ކޮންމެ ފަދަ ޤުރުބާނީއެއް ވާން ޖެހުނަސް ދީނާއި އަޤީދާގައި ސާބިތުވާ މީހުން: ޚުތުބާ
23 Oct 2026 ދީން

ޙަޤީޤީ މުސްލިމުންނަކީ ކޮންމެ ފަދަ ޤުރުބާނީއެއް ވާން ޖެހުނަސް ދީނާއި އަޤީދާގައި ސާބިތުވާ މީހުން: ޚުތުބާ

ޙަޤީޤީ މުސްލިމަކީ ކޮންމެ ފަދަ ޤުރުބާނީއެއް ވާން ޖެހުނަސް ނުވަތަ ކިތަންމެ ބޮޑު އަނިޔާއެއް ލިބުނަސް، އިސްލާމްދީން ނޫން އެހެން ދީނެއް ނޭދޭނެ މީހެއް ކަމަށާއި، ކޮންމެ ފަދަ ފިތުނައެއް ކުރިމަތިވި ނަމަވެސް އޭނާ ހުންނާނީ ދީނާއި އަޤީދާގައި ސާބިތުވެގެން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

"މީސްތަކުން ބޯކޮޅު ވަތަށް ނަރަކައަށް އެއްލައިލެވެނީ އެބައިމީހުން ދައްކާ ވާހަކަތަކުގެ ސަބަބުން ނޫންހެއްޔެވެ؟"
16 Oct 2026 ދީން

"މީސްތަކުން ބޯކޮޅު ވަތަށް ނަރަކައަށް އެއްލައިލެވެނީ އެބައިމީހުން ދައްކާ ވާހަކަތަކުގެ ސަބަބުން ނޫންހެއްޔެވެ؟"

"މުސްލިމުންގެ އަބުރާއި ޢިއްޒަތް" މި މައުޟޫޢަށް ޚާއްޞަކޮށްގެން މިއަދު އިއްވި ޚުތުބާގައި ބުނީ، މާތް الله އިންސާނާ މާތްކުރައްވައި، އޭނާގެ ޤަދަރާއި ޢިއްޒަތް ގެއްލިދާނެ ކޮންމެ ކަމެއް ނަހީކުރައްވާފައިވާ ކަމަށެވެ. އަދި އިސްލާމީ ޝަރީޢަތުގެ މައިގަނޑު ފަސް މަޤުޞަދުގެ ތެރޭގައި އިންސާނާގެ އަބުރު ރައްކާތެރިކުރުން ހިމެނޭކަން ޚުތުބާގައި ފާހަގަކުރިއެވެ.

އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން: ޚުތުބާ
09 Oct 2026 ދީން

އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން: ޚުތުބާ

އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތު...

ދިރިއުޅުމުގެ ދަތިތަކާއި ތަކުލީފުތަކަކަށް އޮތް އެންމެ ފުރިހަމަ ފަރުވާއަކީ ގިނަގިނައިން މާތް الله ހަނދުމަކުރުން: ޚުތުބާ
02 Oct 2026 ދީން

ދިރިއުޅުމުގެ ދަތިތަކާއި ތަކުލީފުތަކަކަށް އޮތް އެންމެ ފުރިހަމަ ފަރުވާއަކީ ގިނަގިނައިން މާތް الله ހަނދުމަކުރުން: ޚުތުބާ

މިއަދުގެ ދިރިއުޅުމުގައި ކުރިމަތިވާ ހާސްކަމާއި، ނަފުސާނީ އެކި ގޮންޖެހުންތަކާއި ތަކުލީފުތަކަށް އޮތް އެންމެ މަތިވެރި އަދި އެންމެ ފުރިހަމަ ފަރުވާއަކީ ގިނަގިނައިން މާތް الله ހަނދުމަކުރުން ކަމަށް މިއަދުގެ ހ...