ައެމެރިކާގެ އަސްކަރިއްޔާ
ައެމެރިކާގެ އަސްކަރިއްޔާ
ދުނިޔެ 20 Mar 2026 | 10:52

އެމެރިކާގެ އަސްކަރީ ބޯޓުތަކަކަށް ލަންކާއިން ހުއްދައެއް ނުދިން

އެމެރިކާގެ ދެ ހަނގުރާމަމަތީ މަތިންދާބޯޓު ސްްރީލަންކާގެ މަޓަލާ އެއާޕޯޓަށް ޖެއްސުމުގެ ހުއްދައަށް އެދުމުން، ލަންކާ ސަރުކާރުން އެކަމަށް އިންކާރުކޮށްފިއެވެ.

މިކަން ރަސްމީކޮށް އިއުލާންކުރެއްވީ އެ ޤައުމުގެ ރައީސް އަނޫރާ ކުމާރަ ދިސާނަޔަކަ، މިއަދު މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ލަންކާ ސަރުކާރުން ބުނިގޮތުގައި، ޖިބޫޓީގައި އޮތް އެމެރިކާގެ ބޯޓުތަކަކަށް ލަންކާއަށް ޖެއްސުމުގެ ހުއްދައަށް އެދުނީ މި މަހުގެ 4 އަދި 8 ވަނަ ދުވަހުއެވެ. ނަމަވެސް، ޤައުމުގެ ސިޔާސަތުތަކަށް ބަލައި ސްރީލަންކާއިން ވަނީ އެ ދެ ފަހަރުވެސް އެމެރިކާގެ އެދުމަށް ނޫނެކޭ ބުނެފައެވެ.

މި ނިންމުމަކީ ބައިނަލްއަޤުވާމީ މައްސަލަތަކުގައި ސްްރީލަންކާއިން އެއްވެސް ފަރާތަކަށް ނުޖެހި އޮތުމަށް ނިންމި ނިންމުމެކެވެ. ސްރީލަންކާގެ ރައީސް ވިދާޅުވީ، އެކި ޤައުމުތަކުގެ ފިއްތުންތައް ހުރި ނަމަވެސް، މެދުއިރުމަތީގެ ހަނގުރާމައިގެ ތެރޭގައި ސްރީލަންކާ އޮންނާނީ ވަކި ފަރާތަކަށް އެހީތެރިނުވާ މިނިވަން ޤައުމެއްގެ ގޮތުގައެވެ.

އެމެރިކާއިން ޖައްސަން އުޅުނު މި ދެ ބޯޓަކީ ބޯޓުފަހަރަށް ހަމަލާދޭ އަށް މިސައިލް ހަރުކޮށްފައިވާ ދެ ބޯޓު ކަމަށް ސްރީލަންކާގެ ދިފާއީ ބާރުތަކުން މައުލޫމާތުދެއެވެ. ހަތިޔާރު ހުރި އަސްކަރީ ބޯޓުތަކަކަށް ސްރީލަންކާގެ އެއާޕޯޓު ބޭނުންކުރުމުގެ ފުރުސަތު ނުދިނުމަކީ ޤައުމުގެ ސަލާމަތަށްޓަކައި ނިންމި މުހިންމު ނިންމުމެކެވެ.

މި ނިންމުން ހާމަކޮށްފައިވަނީ އެމެރިކާގެ ހާއްސަ މަންދޫބަކާއެކު ސްރީލަންކާ ސަރުކާރުން މުހިންމު ބައްދަލުވުމެއް ބޭއްވިތާ އެއްދުވަސް ފަހުންނެވެ. އެ ބައްދަލުވުމުގައި ވިޔަފާރީގެ ވާހަކަތައް ދެކެވުނު ނަމަވެސް، އަސްކަރީ ކަންކަމުގައި ސްރީލަންކާގެ ބިން ބޭނުންކުރަން ދޫނުކުރާނެކަން މިހާރު މިވަނީ ސާފުވެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މިޑްޓާމް އިންތިހާބާ ދިމާކޮށް އެމެރިކާއިން އީރާނަށް އަނެއްކާވެސް ހަމަލާތަކެއް ދީފި
03 Nov 2026 ދުނިޔެ

މިޑްޓާމް އިންތިހާބާ ދިމާކޮށް އެމެރިކާއިން އީރާނަށް އަނެއްކާވެސް ހަމަލާތަކެއް ދީފި

އެމެރިކާގެ އޮފިޝަލުން ކޭބީއެސް ނިއުސްއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ހޮރްމުޒް ކަނޑުއޮޅީގައި އޮންނަ އިރާނުގެ ގޭޝްމް ރަށަށް އެމެރިކާގެ އަސްކަރިއްޔާއިން ހަމަލާތަކެއް ދީފައިވާ ކަމަށެވެ. އިރާނުގެ ދައުލަތުގެ މީޑިއާ އައިއާރުއެންއޭ އިން ވެސް ވަނީ އިއްޔެ އެ ރަށުގައި ވަރުގަދަ ގޮވުންތަކެއްގެ އަޑު އިވިފައިވާ ކަން ކަށަވަރުކޮށްދީފައެވެ.

ސްރީލަންކާގެ ބައެއް ސަރަހައްދުތަކަށް މާދަމާ ހޫނު ގަދަވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
31 Oct 2026 ދުނިޔެ

ސްރީލަންކާގެ ބައެއް ސަރަހައްދުތަކަށް މާދަމާ ހޫނު ގަދަވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

އެ ގައުމުގެ މޫސުމާ ބެހޭ ގައުމީ އިދާރާއިން ނެރުނު ރީނދޫ ސަމާލުގައި ބުނެފައިވަނީ، ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހު އުތުރު-މެދުތެރެ، އިރުމަތި އަދި އުތުރު-ހުޅަނގު ޕްރޮވިންސްތަކުގެ އިތުރުން މަންނާރާއި ވަވުނިޔާ ސަރަހައްދުގައި ހޫނުމިން އިތުރުވާނެ ކަމަށެވެ.

ތާރު ތައްޔާރުކުރުމަށް ބޭނުންވާ މާއްދާއެއް ނުލިބިގެން ސްރީލަންކާގެ މަގުތައް ހެދުން މަޑުޖެހުމަކަށް
31 Oct 2026 ދުނިޔެ

ތާރު ތައްޔާރުކުރުމަށް ބޭނުންވާ މާއްދާއެއް ނުލިބިގެން ސްރީލަންކާގެ މަގުތައް ހެދުން މަޑުޖެހުމަކަށް

މިކަން ކުރިމަތިވާން ދިމާވި މައިގަނޑު ސަބަބަކީ މެދުއިރުމަތީގެ މަސްރަހު ގޯސްވެ، އެ ސަރަހައްދުން ތަކެތި އެތެރެކުރުމަށް ހުރަސްތަކެއް ކުރިމަތިވުމެވެ. ޚާއްސަކޮށް، ސްރީލަންކާއަށް އެންމެ ގިނައިން ބިޓުމަން ސަޕްލައިކުރާ އީރާނުން ތަކެތި ގެނައުމުގައި ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.

އިމްތިހާނަށް ވިސްނައިގެން ކިޔަވައިދެމުން އައިގޮތް ސްރީލަންކާއިން ބަދަލުކޮށްލަނީ
28 Oct 2026 ދުނިޔެ

އިމްތިހާނަށް ވިސްނައިގެން ކިޔަވައިދެމުން އައިގޮތް ސްރީލަންކާއިން ބަދަލުކޮށްލަނީ

ޕްރައިމަރީ ގްރޭޑްތަކުގެ މަންހަޖު އަލުން މުރާޖަޢާކޮށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. އެގޮތުން މި އަހަރު އެންމެ ފުރަތަމަ ފިޔަވަހީގެ ދަށުން ގްރޭޑް 1 ގެ ދަރިވަރުންނަށް އަމާޒުކޮށް މި މަސައްކަތް ފަށާފައިވާއިރު، އަންނަ އަހަރު ގްރޭޑް 2 ކުން ފެށިގެން 6 ގެ ދަރިވަރުންނަށް މި އައު މަންހަޖު ތަޢާރަފްކުރެވިގެންދާނެ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.

ލަންކާއިން ރާއްޖެއަށް 5 މިލިއަނަށްވުރެ ގިނަ ރުޕީސްގެ ބޭސް ހަދިޔާކޮށްފި
24 Oct 2026 ހަބަރު

ލަންކާއިން ރާއްޖެއަށް 5 މިލިއަނަށްވުރެ ގިނަ ރުޕީސްގެ ބޭސް ހަދިޔާކޮށްފި

ސްރީލަންކާ ސަރުކާރުން ދިވެހިރާއްޖެއަށް ފަސް މިލިއަނަށްވުރެ ގިނަ ރުޕީސްގެ އަގުހުރި އަސާސީ ބޭސް ހަދިޔާކޮށްފިއެވެ. މި އެހީ ރަސްމީކޮށް ހަވާލުކުރުން އޮތީ މިދިޔަ ބުރާސްފަތި ދުވަހު ލަންކާގެ މިނިސްޓްރީ އޮފް ހެލްތު އެންޑް މާސް މީޑިއާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ބިރުދައްކަމުން މަޝްވަރާ ކުރުމަކަށް އެމެރިކާއަށް އުންމީދެއް ނުކުރެވޭނެ: ޕެޒެޝްކިޔާން
21 Oct 2026 ދުނިޔެ

ބިރުދައްކަމުން މަޝްވަރާ ކުރުމަކަށް އެމެރިކާއަށް އުންމީދެއް ނުކުރެވޭނެ: ޕެޒެޝްކިޔާން

ޕެޒެޝްކިޔާންގެ މި ވާހަކަ ގެނެސްދީފައިވަނީ އީރާނުގެ ދައުލަތުގެ މީޑިއާއިންނެވެ. އީރާނަށް މަގުތައް ބަންދުކޮށް، ބިރުދައްކަމުން ދިއުމާއެކު ބައްދަލުވުމަކަށް ގޮވާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ.